Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޖީ އޮފީހުގެ މާރޗް މަހުގެ ތަފާސްހިސާބު

މިއަހަރުގެ މިހާތަނަށް ޕީޖީ އޮފީހުން އެންމެ ގިނަ މައްސަލަ ނިންމީ މާރޗް މަހު

12 އެޕްރީލު 2022 | އަންގާރަ 14:07

މާރޗް މަހު 149 މައްސަލައެއް ވަނީ ބަލައި ނިންމާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 12 އެޕްރީލު 2022 | އަންގާރަ 14:07
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

މިއަހަރުގެ މިހާތަނަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އެންމެ ގިނަ މައްސަލަ ނިންމާފައިވަނީ މިދިޔަ މާރޗް މަހުގައި ކަމަށް އެ އޮފީހުން ހާމަކޮށްފިއެވެ.

ޕީޖީ އޮފީހުން އާންމުކޮށްފައިވާ އެ އޮފީހުގެ މާރޗް މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މާރވް މަހު އެ އޮފީހުން ވަނީ 149 މައްސަލައެއް ބަލައި ނިންމާފައެވެ. މީގެ ތެރެއިން 113 މައްސަލައެއް ސާބިތުވެފައިވެއެވެ. ސާބިތުނުވާ 31 މައްސަލަ ހިމެނެއެވެ. މަދަނީ މިންގަނޑުން ދައުވާ ބާތިލުކުރެވިފައިވާ 5 މައްސަލައެއް ހިމެނޭކަމަށް ޕީޖީ އޮފީހުން ހާމަކޮށްފައިވެއެވެ.

Advertisement - newsAdvertisement

ޕީޖީ އޮފީހުން ބުނީ މާރޗް މަހު ދައުވާކުރުމަށް އެދި އެ އޮފީހުގެ ޑިއުޓީ ޕްރޮސެކިއުޝަންއަށް 244 މައްސަލައެއް ހުށަހަޅާފައިވާކަމަށެވެ. މީގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކެވެ. މި ބާވަތުގެ 62 މައްސަލައެއް ހިމެނެއެވެ. އެހެނިހެން 56 މައްސަލައެއް ހުށަހަޅާފައިވާއިރު، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 51 މައްސަލައެއް ހުށަހަޅާފައިވެއެވެ. ވައްކަމުގެ މައްސަލަތަކުގެ ގޮތުގައި 27 މައްސަލައެއް ހުށަހަޅާފައިވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. ކުޑަކުދިންނާއެކު ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ 15 މައްސަލައެއް ހުށަހަޅާފައިވާއިރު، މާރާމާރީ ހިންގުމުގެ 12 މައްސަލައެއް، މަކަރާއި ހީލަތުގެ 11 މައްސަލައެއްގެ އިތުރުން ބަނގުރަލުގެ 10 މައްސަލައެއް ހުށަހަޅާފައިވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މާރޗް މަހު އެންމެ ގިނަ ދައުވާތައް ހުށަހެޅިފައިވަނީ ކްރިމިނަލް ކޯޓަށެވެ. ކްރިމިނަލް ކޯޓަށް 69 މައްސަލައެއް ހުށަހަޅާފައިވާއިރު، އެހެނިހެން ކޯޓުތަކަށް 52 މައްސަލައެއް އަދި ޑްރަގް ކޯޓަށް 47 މައްސަލައެއް ހުށަހަޅާފައިވެއެވެ. މާފުށި މެޖިސްޓްރޭޓް ކޯޓަށް 15 މައްސަލައެއް ހުށަހަޅާފައިވާއިރު، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް 12 މައްސަލައެއް، މާމިގިލީ މެޖިސްޓްރޭޓް ކޯޓަށް 7 މައްސަލަ، ތިމަރަފުށި މެޖިސްޓްރޭޓް ކޯޓަށް 7 މައްސަލަ އަދި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް 5 މައްސަލަ ހުށަހަޅާފައިވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މަރޗް މަހު 214 މައްސަލައެއް ދައުވާކުރުމަށް ކޯޓުތަކަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެއްޗާ ގުޅުންހުރި 52 މައްސަލައަކާއި، މުދަލާއި ގުޅުންހުރި 54 މައްސަލައެއް، އެހެނިހެން 32 މައްސަލަ، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ 26 މައްސަލަ، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ 11 މައްސަލައަކާއި، އަނިޔާއާ ގުޅުންހުރި 9 މައްސަލަ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. މި މައްސަލަތަކުގައި ޖުމްލަ 168 މީހަކަށް ދައުވާ ލިބޭކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މި މައްސަލަތަކުގެ ތެރޭގައި އަލަށް ދައުވާކުރެވުނު 101 މައްސަލައެއް ހިމެނެއެވެ. އެނޫން 113 މައްސަލައެއް ހިމެނެއެވެ.

ޕީޖީ އޮފީސް

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
27 އޮކްޓޯބަރު 2025

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

27 އޮކްޓޯބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި
15 އޮކްޓޯބަރު 2025

ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

15 އޮކްޓޯބަރު 2025
ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
14 އޮކްޓޯބަރު 2025

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި

14 އޮކްޓޯބަރު 2025
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި
16 އެޕްރީލު 2025

އެމްޓީސީސީ ޓަވަރުތަކުގެ މައްސަލާގައި ފަސް މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

16 އެޕްރީލު 2025
އެމްޓީސީސީ ޓަވަރުތަކުގެ މައްސަލާގައި ފަސް މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
02 ފެބުރުއަރީ 2025

"ބަންދު ފޯރަމް"ގައި ކޯޓުތައް ނުހިމެނުމުން ޕީޖީ އޮފީހަށް ފާޑުކިޔުން

02 ފެބުރުއަރީ 2025
"ބަންދު ފޯރަމް"ގައި ކޯޓުތައް ނުހިމެނުމުން ޕީޖީ އޮފީހަށް ފާޑުކިޔުން
25 ޖެނުއަރީ 2025

އުމުރާ އަށް ގެންދިއުމުގައި މަކަރުހެދި މަޝްއަރު ގްރޫޕާއި ބައިވެރިންނަށް ހިޔާނާތުގެ ދައުވާކުރަން ފޮނުވައިފި

25 ޖެނުއަރީ 2025
އުމުރާ އަށް ގެންދިއުމުގައި މަކަރުހެދި މަޝްއަރު ގްރޫޕާއި ބައިވެރިންނަށް ހިޔާނާތުގެ ދައުވާކުރަން ފޮނުވައިފި
22 ޑިސެމްބަރު 2024

އެފްއޭއެމް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައްސާމުގެ އަތުން އެއް މިލިއަން ދެލައްކަ ޑޮލަރު ނަގައިދިނުމަށް އެދިއްޖެ

22 ޑިސެމްބަރު 2024
އެފްއޭއެމް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައްސާމުގެ އަތުން އެއް މިލިއަން ދެލައްކަ ޑޮލަރު ނަގައިދިނުމަށް އެދިއްޖެ
22 ޑިސެމްބަރު 2024

ކުރީގެ ރައީސް ސާލިހާއި، ފައްޔާޒުގެ މައްޗަށް އަވަސް ޖިނާއީ ތަހުގީގެއް ހިންގަން އޭސީސީ އަށް ޕީޖީ އަންގައިފި

22 ޑިސެމްބަރު 2024
ކުރީގެ ރައީސް ސާލިހާއި، ފައްޔާޒުގެ މައްޗަށް އަވަސް ޖިނާއީ ތަހުގީގެއް ހިންގަން އޭސީސީ އަށް ޕީޖީ އަންގައިފި
01 އޮކްޓޯބަރު 2024

ދައުވާތަކާއި ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖަޢާކުރުމަށް އެދި ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

01 އޮކްޓޯބަރު 2024
ދައުވާތަކާއި ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖަޢާކުރުމަށް އެދި ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް