Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްރޮގްރެސިވް ކޯލިޝަންގެ ނިއުސް ކޮންފަރެންސް

އިދިކޮޅުން ހުށައަޅާ މައްސަލަތައް މަޖިލީހުން ބަލައި ނުގަތުމުގެ ކަންބޮޑުވުން އިދިކޮޅު ކޯލިޝަނުން ފައުޅުކޮށްފި

12 އެޕްރީލު 2022 | އަންގާރަ 14:28

އޮޑިޓް ރިޕޯޓުގައި ހުރީ ގޮސް މައުލޫމާތުތަކެއް ނޫން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 12 އެޕްރީލު 2022 | އަންގާރަ 14:28
އިދިކޮޅު ކޯލިޝަނުން މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އިދިކޮޅު ކޯލިޝަނުން މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގެ ކަންބޮޑުވުމާއެކު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ މައްސަލަތައް މަޖިލީހުން ބޭރުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ޕްރޮގްރެސިވް ކޯލިޝަނުން މިހަފްތާގައި ހުށައެޅި ރައްޔިތުންނާ ގުޅުން ހުރި ދެ މައްސަލަވެސް މަޖިލީހުން ބޭރުކޮށްލާފައިވާ ކަމަށާއި، މި ދެ މައްސަލައަކީވެސް ރައްޔިތުންނާ ގުޅުންހުރި ދެ މައްސަލަ ކަމަށެވެ. އެމްޑީޕީގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށް އެ އަޑުތައް ފަނޑުކޮށްލުމަށް މަސައްކަތް ކުރަނީ ކަމަށް އާދަމް ޝަރީފް ތުހުމަތު ކުރެއްވިއެވެ.

Advertisement - newsAdvertisement

އާދަމް ޝަރީފް މިގޮތަށް ތުހުމަތު ކުރައްވާފައިވާއިރު މަޖިލީހަށް އިދިކޮޅުން ހުށައަޅާ ބައެއް ކުއްލި މައްސަލަތައް އަންނަނީ ބަލައިގަނެ ތަޅުމުގައި ބަހުސްކުރަމުންނެވެ.

ހޯމަ ދުވަހުގެ ޖަލްސާއަށް ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ލަޠީފް ހުށައެޅުއްވި މައްސަލައަކީ، ދެކުނަށް މަސްވެރިކަން ރަނގަޅުވެ މަސް ގަންނަ އަދަދު ކޮންޓްރޯލް ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާ ހުށައެޅި ކުއްލި މައްސަލައެކެވެ.

އަންގާރަ ދުވަހުގެ ޖަލްސާއަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތަށް ބައެއް ކުންފުނިތަކުން ފައިސާ ނަގައި އެމަސައްކަތް ނިންމާފައި ނުވާތީއާއި ރައްޔިތުންގެ ފައިސާއަށް އެ ކުންފުނި ތަކުން ޚިޔާނާތްތެރިވެފައިވާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ގޮވާލާ ކުއްލި މައްސަލައެއް ހުށައަޅުއްވާފައެވެ.

މި ދެ މައްސަލަ ބޭރުކޮށްލުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، ބައެއް ކުންފުނިތަކުން ފައިސާ ނަގައި އެމަސައްކަތް ނިންމާފައި ނުވާތީ އެކަމުން 70ށްވުރެ ގިނަ އާއިލާއަށް ގެއްލުން ލިބެމުން އަންނަ ކަމަށާއި، މަސައްކަތް ކުރާނެ ކަމަށްބުނެ ބައެއް ކުންފުނިތަކުން 6 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެފައިވަ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ހިޔާ ފްލެޓްގެ ކުއްޔާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ޕީޕީއެމް ސަރުކާރެެއްގައި އަގު ކުޑަކޮށްދެއްވާނެ ކަމަށެވެ. އަދި ސަރުކާރުން ކުލި ކުޑަ ނުކުރަނީ ރިޔާސީ އިންތިޚާބާ ދިމާކޮށް ކުލި ކުޑަކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އިދިކޮޅުން މަސައްކަތްކުރަނީ އޭގެ ކުރިން އެކަން ކުރުމަށް ބާރު އެޅުމަށް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމަށް އެދި އެތަނުގައި ދިރިއުޅޭ މީހުން އެދެމުންދާއިރު އެ އަޑު ކަނޑުވާލުމަށް އެޗްޑީސީން އިސްވެ އޮވެ، ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް އާދަމް ޝަރީފް ވަނީ ތުހުމަތު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ގާނޫނު އަސާސީން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވާއިރު، ކުލި ކުޑަކުރުމަށާއި، ބޮޑު ކުއްޔެއް ނުދެއްކުމަށް ބުނަމުންދާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ނުބުނެވޭނެ ކަމަށެވެ.

ހިޔާ ފްލެޓަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާއާ ގުޅޭ ގޮތުން ހަދާފައިވާ އޮޑިޓުންވެސް ދައްކާގޮތައި، އެތަނަށް މިހާރު ކަނޑައަޅާފައިވާ އަގަކީވެސް މެނޭޖް ކުރެވޭ އަގެއް ނޫނެވެ. ހޯމަދުވަހު މާލިއްޔަތު ކޮމިޓީގައި އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ، އެޗްޑީސީން އެތަނުގެ އަގުގެ ގޮތުގައި މަހުން މަހަށް ދައްކަން ޖެހޭކަމަށް ކަނޑައަޅާފައިވާ 11،000 ރުފިޔާ އަކީ ވިޔަފާރީގެ ގޮތުން ބަލާއިރު ސަަސްޓެއިނަބްލް އަގެއް ކަމަށެވެ. އޮޑިޓަރ ޖެނެރަލް ވިދާޅުވި ފްލެޓްގެ އަގު 8،500އަށް ކުޑަކޮށްފައި ވުމުގެ ސަބަބުން 138 މިލިއަނުގެ ކޭޝް ފްލޯ ޑެފިސިޓެއް މުޅި މަޝްރޫޢުގެ މުއްދަތުގައި ކުރިމަތިވާނެކަމަށެވެ. އަދި ކުލީގެ ޢަދަދު 6،600 ރުފިޔާއަށްކުޑަކޮށްފި ނަމަ، 9.2 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ކުރިމަތިވާނެކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

މިކަންކަން މިއީ ގޯސް މައުުލޫމާތެއް ކަމަށް ގަބޫލް ކުރައްވަނީތޯ ރާއްޖެއެމްވީ ދެންނެވި ސުވާލުގެ ޖަވާބުގައި އާދަމް ޝަރީފް ވިދާޅުވީ، އޮޑިޓް ރިޕޯޓުގައި ހުރީ ގޮސް މައުލޫމާތުތަކެއް ނޫން ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް