Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެގްޒިޓް ކޮންޓްރޯލް ލިސްޓް

އިމްރާން ޚާނާއި އޭނާގެ މިނިސްޓަރުން އެގްޒިޓް ކޮންޓްރޯލް ލިސްޓަށްލުމަށް އެދި ކޯޓަށް މައްސަލައެއް

އެގްޒިޓް ކޮންޓްރޯލް ލިސްޓަށްލުމުގެ ބޭނުމަކީ ޤައުމުން ބޭރަށް ނުފުރޭ ގޮތް ހެދުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 އެޕްރީލު 2022 | ހޯމަ 02:38
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން

އިތުބާރު ނެތްކަމަށް ފާސްކޮށް މަޤާމުން ވަކިކުރައްވާފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނާއި އޭނާގެ މިނިސްޓަރުން އެގްޒިޓް ކޮންޓްރޯލް ލިސްޓަށްލުމަށް އެދި އެ ޤައުމުގެ އިސްލާމްއާބާދު ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އެގްޒިޓް ކޮންޓްރޯލް ލިސްޓަށްލުމުގެ ބޭނުމަކީ ޤައުމުން ބޭރަށް ނުފުރޭ ގޮތް ހެދުމެވެ. ހޯމަ ދުވަހު މިކަމާއި ގުޅިގެން ކޯޓަށް ޕެޓިޝަނެއް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. އަދި މިކަމާއި ގުޅިގެން ތަހުޤީޤެއްވެސް ކޯޓުން ކުރިއަށް ގެންދާނެ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ހޮނިހިރު ދުވަހުގެ ރޭ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިޔަށްގެންދިޔަ ޖަލްސާގައި އިމްރާން ޚާންގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައިވަނީ 174 ވޯޓުންނެވެ. 342 މެމްބަރުން ހިމެނޭ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި ބޮޑުވަޒީރުގެ އިތުބާރު ނެތްކަމަށް ބޭނުންވަނީ 172 ވޯޓެވެ.

އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންގޮސްފައިމިވަނީ މީގެކުރިން އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށްގެންދިޔުމަށް މަސައްކަތްކުރުމުން އިމްރާން ޚާން ގާނޫނު ހަދާ މަޖިލިސް އުވާލެއްވީ ގާނޫނު އަސާސީއާއި ޚިލާފަށްކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ނިންމާފައިވަނިކޮށެވެ. ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އެގޮތަށް ހުކުމްކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ.

އިމްރާން ޚާންގެ އިތުބާރު ނެތްކަމަށް ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމާއެކު އިމްރާން ޚާން ވެގެންގޮސްފައި މިވަނީ އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ދުރުކުރި ފުރަތަމަ ބޮޑުވަޒީރަށެވެ.

އަނެއްކޮޅުން ޕާކިސްތާނުގެ 75 އަހަރުވީ ތާރީޚުގައި އެއްވެސް ބޮޑުވަޒީރަކަށް 5 އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވިފައެއް ނުވެއެވެ.

އިތުބާރު ނެތްކަމުގެ ވޯޓު ފެށުމުގެ ކުޑައިރެއްކޮޅެއް ކުރިން ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ ރައީސް ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ. ތިރި ގޭގެ ރައީސަކީ އިމްރާން ޚާންގެ ޕާޓީގެ މެމްބަރެކެވެ. އިމްރާން ޚާން އަކީ ބޭރުގެ ފަރާތްތަކުން ރާވަމުންދިޔަ ރޭވުންތަކުގެ ޝިކާރައަކަށްވެފައިވާ ބޭފުޅެއްކަމަށް ވިދާޅުވެ ފަހު ވަގުތު އިމްރާން ޚާން ޕާޓީގެ މެމްބަރުންވެސް ވަނީ ގާނޫނު ހަދާ މަޖިލީހުން ނިކުމެވަޑައިގެންފައެވެ.

އިތުބާރު ނެތްކަމުގެ ވޯޓާއެކު އިމްރާން ޚާން ވިދާޅުވީ ދެން އުފެދޭ ސަރުކާރެއް ގަބޫލުނުކުރައްވާނެ ކަމަށާއި ވެރިކަމުން ދުރުކުރީ އެމެރިކާ އަޑީގައި އޮވެގެންކަމަށެވެ.

އުމުރުފުޅުން 69 އަހަރުގެ އިމްރާން ޚާން ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް އިންތިޚާބުވެވަޑައިގެންނެވީ 2018 ވަނަ އަހަރުއެވެ. ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ އެގައުމުގައި އުފެދިފައިވާ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރެއްވުމާއި ގައުމަށް ދިމާވެފައިވާ އިގްތިޞާދީ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމުގެ ވައުދާއެކުއެވެ. ނަމަވެސް މިކަމަށް މާބޮޑު މަސައްކަތެއް ކުރެވުނު ތަން ނުފެނުނު އިރު، ފާއިތުވި ދުވަސްތަކުގައި ވަކިން ޚާއްސަކޮށް ކޮވިޑް-19 އާއެެކު ޕާކިސްތާނުގެ އިގްތިޞާދަށްވެސް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރާމެދު އާންމުންގެ އިތުބާރު ވަރަށް ބޮޑަށް ވަނީ ގެއްލިފައެވެ.

އިމްރާން ޚާން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އިދިކޮޅު ޕާޓީތަކުން ބޭރުގެ ފަރާތްތަކާއި ގުޅިގެން އޭނާ ވެރިކަމުން ދުރުކުރުމަށް މަސައްކަތް ކުރަމުން ގެންދިޔަ ކަމަށެވެ. ވަކިން ޚާއްސަކޮށް އެމެރިކާއިން އިމްރާން ޚާން ވެރިކަމުގައި ބަހައްޓަން ބޭނުންނުވާކަމަށާއި ސަބަބަކީ ރަޝިޔާ އާއި ޗައިނާ އާއި ދެކޮޅަށް އެމެރިކާއިން ހިންގަމުންދާ ކަންކަމަށް ޕާކިސްތާނުގެ ތާއީދު ނުލިބޭތީއެވެ. ނަމަވެސް އެމެރިކާއިން ވަނީ އިމްރާން ޚާންގެ މިވާހަކަތައް ދޮގުކޮށް އެކަމުގެ ހެކި ދެއްކުމަށް ގޮވާލާފައެވެ.

ރަޝިޔާއިން ޔޫކްރެއިނާއި ހަމަލާދޭން ފެށިތަނާ އިމްރާން ޚާން ވަނީ ރަޝިޔާއަށް ވަޑައިގެން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއި ބައްދަލުކުރައްވާފައެވެ.

ގާނޫނު ހަދާ މަޖިލީހުން އައު ބޮޑުވަޒީރެއް އައްޔަނުކުރަންޖެހޭއިރު އައު ބޮޑުވަޒީރު 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިންތިޚާބެއް ބާއްވަންދެން މަގާމުގައި ހުންނަވާނެއެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންޕާކިސްތާންއިސްލާމްއާބާދް ހައިކޯޓު

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
21 ނޮވެމްބަރު 2025

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ
11 ނޮވެމްބަރު 2025

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
12 ސެޕްޓެމްބަރު 2025

ސެކިއުރިޓީ ކައުންސިލްގެ ޖަލްސާއެއްގައި ޕާކިސްތާނުން އިސްރާއީލަށް ކުރުދޮށިން ދީފި

12 ސެޕްޓެމްބަރު 2025
ސެކިއުރިޓީ ކައުންސިލްގެ ޖަލްސާއެއްގައި ޕާކިސްތާނުން އިސްރާއީލަށް ކުރުދޮށިން ދީފި
18 ޖުލައި 2025

ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި އެއް ދުވަސް ތެރޭ 63 މަރު

18 ޖުލައި 2025
ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި އެއް ދުވަސް ތެރޭ 63 މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު