Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވެލެންސިޔާ ގޮތްހުސްވުން

އޭއެފްސީކަޕް މެޗަށް ވެލެންސިޔާއަށް ނުފުރޭކަން ޔަޤީން!

10 އެޕްރީލު 2022 | އާދީއްތަ 14:13

ނުފުރޭނެކަން ކުޅުންތެރިންނަށް ވަނީ އަންގާފައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 10 އެޕްރީލު 2022 | އާދީއްތަ 14:13
ބޫޓާންގެ ޕަރޯ އެފްސީކޮޅަށް ލަނޑުޖެހުމަށްފަހު ބޯހާސް އުފާފާޅުކުރަނީ

ބޫޓާންގެ ޕަރޯ އެފްސީކޮޅަށް ލަނޑުޖެހުމަށްފަހު ބޯހާސް އުފާފާޅުކުރަނީ

އޭއެފްސީކަޕްގެ ޕްރިލިމިނަރީ ދެވަނަ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާއި ދެކޮޅަށް ކުޅޭ މެޗަށް ވެލެންސިޔާއަށް ނުފުރޭނެކަން ޔަޤީންވެއްޖެއެވެ. އަންނަ އަންގާރަ ދުވަހު ބަނގްލަދޭޝްގައި ކުލޭ މެޗަށް ފުރަން އެންމެ ފަހުން ވެލެންސިޔާއިން މަސައްކަތްކުރީ މިއަދުއެވެ. އެކަމަކު ފައިސާގެ ތާށިކަމުގެ ސަބަބުން ފުރެން ނެތްކަން ކުޅުންތެރިންނަށް މިހާރު ވަނި އަންގާފައެވެ.

ވެލެންސިޔާގެ ހެޑްކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ މައްސަލައަކީ ފައިސާކަމަށާއި, ޓިކެޓް ހަމަޖެހުނަސް އެހެން ޚަރަދުތައް ކުރެވެން ނެތްކަން މެނޭޖްމަންޓުން އަންގާފައިވާކަމަށެވެ.

ވެލެންސިޔާ ވަނީ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ މެޗުން ބޫޓާންގެ ޕަރޯ އެފްސީ އަތުން މާލޭގައި މޮޅުވެފައެވެ. އެމެޗުން ވެލެންސިޔާ މޮޅުވީ ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފް ތެރޭގައި ލަނޑު ޖަހައިގެން 2-1 ނެވެ. ފުރިހަމަ ވަގުތު ހަމަވީ 1-1 ނެވެ. ވެލެންސިޔާގެ ކޯޗު ފެސްކޯ ބުނީ ވެލެންސިޔާއަށް މޮޅުވެވޭނެވަރުގެ މެޗެއް މިގޮތަށް ނުކުޅެ ދޫކޮށްލަން ޖެހުމަކީ ދެރަކަމެއްކަމަށާއި, އެކަމަކު މިވަގުތު މެޗަށް ދެވެން ނެތްކަމަށެވެ.

ކުޅުންތެރިންނަށް މުސާރަ ނުދެވި ޕްރެކްޓިސް ހުއްޓާލަން ޖެހޭ ހިސާބަށް ކްލަބްގެ ހާލަތު ދިޔަކަމަށްވެސް މީގެކުރިން ބައެއް މީޑިޔާތަކުން ވަނީ ރިޕޯރޓްކޮށްފައެވެ. އަދި ފަހުން ޕްރެކްޓިސް ފެށީ ދިވެހި ކުޅުންތެރިންނަށް ދޭންޖެހޭ މުސާރައިގެ ބައެއް ދީގެންނެވެ. ޕަރޯ އެފްސީ މެޗަށް ތައްޔާރުވިއިރުވެސް ކޯޗު ބުނެފައިވަނީ މުހިއްމު ބައެއް ކުޅުންތެރިން ނުކުޅޭނެކަމަށެވެ. އޭގެ ތެރޭގައި ބިދޭސީ ކުޅުންތެރިން ހިމެނެއެވެ. އެނގިފައިވާގޮތުގައި އެއީވެސް މުސާރައިގެ މައްސަލައިގައެވެ. އެކަމަކު ނިންމުން ބަދަލުކޮށް މެޗުގައި ބިދޭސީ ކުޅުންތެރިންވެސް ކުޅުނެވެ. ވެލެންސިޔާގެ އެއްވަނަ ކީޕަރު މުޙައްމަދު ފައިސަލްވެސް ޓީމާ ދުރުގައި ހުރީ މުސާރަ ނުދޭތީއެވެ.

ވެލެންސިޔާގެ އިތުރުން އެހެން ކްލަބްތަކުގައިވެސް މުސާރައިގެ މައްސަލަ ބޮޑެވެ. އެހެން ބައެއް ކްލަބްތަކަށްވެސް މުސާރަ ނުދެވުމުގެ މައްސަލަ ބޮޑުވެ, ޕްރެކްޓިސް އެކަށީގެންވާ ގޮތެއްގައި ނުގެންދެވެއެވެ. މުސާރައިގެ މައްސަލަ ދިމާނުވެ އޮތީ މާޒިޔާއެވެ.

ވެލެންސިޔާއިން މެޗަށް ނުދިއުމުން އެމެޗު ޑާކާ އަބަހާނީއަށް ލިބޭނެކަމަށް ބެލެވެއެވެ. ގްރޫޕް ސްޓޭޖްގެ ފަހު ޖާގައަށް އޭރުން ވާދަކުރާނީ ޑާކާ އަބަހާނީއާއި އިންޑިޔާގެ އޭޓީކޭ މޯހަން ބަގާން ނުވަތަ ބްލޫ ސްޓާއާއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

17 މާރިޗު 2017

ފަލަސްތީން މެޗަށް އާދީއްތަ ދުވަހު ގައުމީ ޓީމު ފަރިތަކުރުންތައް ފަށަނީ!

17 މާރިޗު 2017
ފަލަސްތީން މެޗަށް އާދީއްތަ ދުވަހު ގައުމީ ޓީމު ފަރިތަކުރުންތައް ފަށަނީ!
17 މާރިޗު 2017

އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި

17 މާރިޗު 2017
އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި
15 މާރިޗު 2017

ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!

15 މާރިޗު 2017
ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
10 މާރިޗު 2017

ދެ މެޗަށް ފަހު އީގަލްސް އަތުން ވިކްޓްރީއަށް ޕޮއިންޓެއް

10 މާރިޗު 2017
ދެ މެޗަށް ފަހު އީގަލްސް އަތުން ވިކްޓްރީއަށް ޕޮއިންޓެއް
07 މާރިޗު 2017

އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި

07 މާރިޗު 2017
އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް