Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
42 ކިލޯ ޑްރަގް މައްސަލަ

42 ކިލޯ ޑްރަގް: ހައްޔަރުކުރި ނަޝީދަކީ އުމުރަށް ޖަލަށްލާފައި ހުއްޓައި ޕެރޯލްގެ ދަށުން ދޫކޮށްލި މީހެއް

މި އޮޕަރޭޝަންގައި މާލޭގެ ދެ ގެއަކާއި އަމިއްލަ އޮފީހެއް ބަލައި ފާސްކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 10 އެޕްރީލު 2022 | އާދީއްތަ 08:12
42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ 2 މީހުން

42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ 2 މީހުން

މާލެ ސިޓީ ގެއެއްގެ ތަޅުންގަނޑު ދަށުގައި ހުރި 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ އެއް ފަރާތަކީ އުމުރަށް ޖަލަށްލާފައި ހުއްޓައި ޕެރޯލްގެ ދަށުން ދޫކޮށްލާފައި ހުރި މީހެއްކަމަށް ފުލުހުން ބުނެފިއެވެ.

މާރޗް 24 އަދި 25 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ކ. މާލެ، ދަފްތަރު ނަންބަރު ރސ 3840، އުމުރުން 39 އަހަރުގެ އަޙްމަދު ޙުސައިން އާއި ކ. މާލެ، މ. ނޫރުއް، އުމުރުން 46 އަހަރުގެ ޢަބްދުﷲ ނަޝީދު އެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ އެމީހުން ހައްޔަރުކުރި އޮޕަރޭޝަންގައި މާލޭގެ ދެ ގެއަކާއި އަމިއްލަ އޮފީހެއް ބަލައި ފާސްކޮށްފައިވާކަމަށެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ޢަބްދުﷲ ނަޝީދުގެ ބަންދަށް 15 ދުވަސް އަދި އަޙްމަދު ޙުސައިންގެ ބަންދަށް 10 ދުވަސް ދީފައިވެއެވެ.

އޭގެ ފަހުން ހޮނިހިރު ދުވަހު މި މައްސަލައިގައި ހައްޔަރުކުރި ޢަބްދުﷲ ނަޝީދުގެ ބަންދާމެދު ގޮތެއް ނިންމުމުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވާއިރު، އޭނާ އިތުރު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުންވަނީ އަމުރުކޮށްފައެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 24 އޭޕްރީލް 2022 ގައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވެއެވެ. އަދި އޭނާ މަސައްކަތް ކުރާ އޮފީހުން މައްސަލައާއި ގުޅުން ހުރި ލިޔުންތައް ފެނިފައިވާއިރު، ސީންއަށް ދިޔަ ފުލުހުންގެ ބަޔާނާއި، ހެކިވެރިއެއްގެ ބަޔާނާއި، އިންޓަލިޖެންސް ރިޕޯޓާއި، ކޯލް ޗާޓުގެ އިތުރުންވެސް އޭނާގެ އެކައުންޓް ސްޓޭޓްމަންޓްތަކަށް ބަލާއިރު، މި މައްސަލައާއި ގުޅިގެން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ބުރަވެވޭކަން ވަނީ ފާހަގަކޮށްފައެވެ.

އޭނާއަކީ މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ، އުމުރަށް ޖަލަށްލާފައިވާ މީހެއްކަމަށް އައިއޯގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އޭނާއަކީ ޕެރޯލްގެ ދަށުން ޝަރުތުކޮށް، ދޫކޮށްލާފައިވާ މީހެއްކަމަށް މީގެ ކުރިން ބޭއްވި ބަންދު އަޑުއެހުމުގައި ފުލުހުންގެ ފަރާތުން ބުނެފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކުރި އަހުމަދު ހުސައިނަކީ ޕީއެންސީގެ ކައުންސިލް މެމްބަރެކެވެ. މިމައްސަލަ ފެންމަތިވުމުން ޕީއެންސީން ވަނީ އޭނާ ކައުންސިލް މެމްބަރުކަމުން ވަކިކޮށް ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭގޮތަށް ސަސްޕެންޑްކޮށްފައެވެ.

މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

20 ކިލޯގެ ހެރޮއިން އާއި 1 ކިލޯގެ ކެނަބިސް ނައްތާލައިފި

20 ކިލޯގެ ހެރޮއިން އާއި 1 ކިލޯގެ ކެނަބިސް ނައްތާލައިފި

05 މާރިޗު 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުން ދޫކޮށްލާއިފި

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުން ދޫކޮށްލާއިފި

13 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު