Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަމީންގެ ޓެރަރިޒަމް ތުހުމަތު

ޖަލުގައި ހުއްޓާ މަރުވި ޔާސިރު ޔަޙްޔާއާ އަމީންއާ ގުޅުން އޮތް: ސިއްރު ހެކިވެރިއެއް

ސިއްރު ހެކިވެރިޔާއަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ފަރާތެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 10 އެޕްރީލު 2022 | އާދީއްތަ 07:46
ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މުހައްމަދު އަމީން

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މުހައްމަދު އަމީން

ޓެރަރިޒަމްގެ ތުހުމަތުތަކެއް ކުރެވި ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ހުއްޓައި މަރުވި ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހްޔާއާއި، ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީން އާއި ގުޅުން އޮންނަކަމަށް ސިއްރު ހެކިވެރިއަކު ބުނެފިއެވެ.

އަމީނަށް ކުރާ ދައުވާއާއި ގުޅިގެން އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި އޮތީ ދައުލަތުން ހުށައަޅާފައިވާ ސިއްރު ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން "ސިއްރު ހެކިވެރިޔާ 4" ގެ ހެކިބަސް މި އަޑުއެހުމުގައި ވަނީ ނަގާފައެވެ.

Advertisement - newsAdvertisement

އެ ސިއްރު ހެކިވެރިޔާއަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ފަރާތެކެވެ. އޭނާ ބުނެފައިވާ ގޮތުން އަމީންއަކީ ދީނީ ހަރުކަށި ފިކުރުގެ މީހުންނާއި ގާތް ގުޅުމެއް އޮންނަ، އަދި އެ ފިކުރު ޕްރޮމޯޓުުކުރާ މީހެއްގޮތުގައި ފާހަގަވާ ފަރާތެކެވެ. އެގޮތުން އޭނާ ވަނީ އެކަމާއި ގުޅޭ ބައެއް ތަފްސީލުތައް ހިއްސާކޮށްފައެވެ.

ހެކިބަސްދެމުން އެ ސިއްރު ހެކިވެރިޔާ ބުނީ 2010 ވަނަ އަހަރުގެ ތެރޭގައި އަމީން ވަނީ ދީނީ ހަރުކަށި ފިކުރު ޤަބޫލުކުރާކަމަށް ބެލެވޭ ޝިފާޒް އާއި އަލީ އާދަމް ނަމަކަށް ކިޔާ ބަޔަކާއި ބައްދަލުކޮށް، އިރުޝާދު ދީފައެވެ. އަޑިޕާކް ސަރަޙައްދުގައި މި ބައްދަލުވުން ބާއްވާފައިވާއިރު، އޭގެ ފަހުން އަލީ އާދަމް ފުރައިގެން ގޮސް، ރާއްޖެއިން ބޭރުގައި ކުރިއަށްދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވެ، އެ ފިކުރު ޕްރޮމޯޓު ކޮށްފައިވާކަމަށް އެނގިފައިވާކަމަށް އެސިއްރު ހެކިވެރިޔާ ބުންޏެވެ. ހަމައެއާއެކު، ޝިފާޒްވެސް ރާއްޖެއިން ބޭރު ހަނގުރާމައިގައި މަރުވެފައިވާކަމަށް އެނގިފައިވާކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެކަންކަން ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯތަކަކުން އެނގިގެން ދިޔަ ނަމަވެސް، އެއީ ވަކިން ވެރިފައިކޮށްފައިވާ މައުލޫމާތުތަކެއް ނޫނެވެ.

މީގެއިތުރުން، ޓެރަރިޒަމާއި ގުޅުންހުރިކަމަށް ބެލެވޭ ފަރާތްތަކާއި ގުޅުން އޮންނަކަމަށް ބުނާ ޔާސިރު ޔަޙްޔާއާވެސް އަމީން އާއި ގުޅުން އޮންނަކަމަށް ސިއްރު ހެކިވެރިޔާ ބުންޏެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތުތަކަށް ބަލާއިރު، ޔާސިރުއަކީ އަލްޤައިދާ ޖަމާޢަތާއި ގުޅުން އޮންނަ އެ ޖަމަޢަތުގެ އިސް ދައުރެއް އަދާކުރާ، އެ ޖަމާޢަތުން ހިންގާ މަތީފެންވަރުގެ ޓެރަރިސްޓް ތަމްރީނުތައް ފުރިހަމަކޮށްފައިވާ މީހެއްކަމަށް ކަމާ ގުޅުން ހުރި އިދާރާތަކުން ވަނީ ބުނެފައެވެ.

ސިއްރު ހެކިވެރިޔާ ބުނި ގޮތުގައި އަމީން ދިރިއުޅޭ ގެ ކައިރީގައި ޔާސިރު ޔަހުޔާ ދެ ފަހަރެއްގެ މަތިން މަޑުކޮށްގެން ހުއްޓައި ފެނިފައިވެއެވެ. ހަމައެއާއެކު، ޔާސިރު ޔަހުޔާގެ ގެއަށް އަމީންވެސް ސައިކަލުގައި ގޮސް، އަމީންގެ ދަރިފުޅު އެ ގެއަށް ވެއްދި މަންޒަރުވެސް ވަނީ ފެނިފައެވެ.

ޔާސިރު އަކީ މާލޭގައި ދިވެއްސަކާއި ކައިވެނިކޮށްގެން ދިރިއުޅެމުންދިޔަ މީހެކެވެ. ޔާސިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ 2017 ވަނަ އަހަރުގެ މާޗް މަހުގެ ތިން ވަނަ ދުވަހުގައި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ރާއްޖެއަށް ކުރައްވަން އުޅުއްވި ދަތުރުފުޅާއި ދިމާކޮށެވެ.

އޭނާ އޭރު މަސައްކަތް ކުރަމުން ދިޔައީ އަހުމަދިއްޔާ ސްކޫލާއި، އަރަބިއްޔާ ސްކޫލްގެ އަރަބި ޓީޗަރެއްގެ ގޮތުގައެވެ. ޔާސިރު މައްޗަށް ތުހުމަތު ކޮށްފައިވަނީ ޓެރަރިސްޓް ޖަމާއަތަކާއި ގުޅިގެން ހަނގުރާމަތަކަށް ރާއްޖެއިން މީހުން ފޮނުވާކަމުގެ ތުހުމަތެވެ.

އޭނާ މަރުވެފައިވަނީ ތިން އަހަރުވަންދެން އެއްވެސް ދައުވާ އެއްނުކޮށް ޝަރީއަތް ކުރިޔަށް ނުގެންގޮސް ބަންދުގައި ބަހައްޓާފައި ހުއްޓައެވެ. ނަމަވެސް ޔާސިރު ޔަހްޔާ ރާއްޖެއިން ފުރުވާލުމަށް އެކި ފަހަރުމަތިން ތަކުރާރުކޮށް ކުރެވުނު މަސައްކަތުގައި އޭނާގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވާކަމަށް ކަމާއި ގުޅުން ހުރި އިދާރާތަކުން ބުނެއެވެ.

މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ 30 މެއި 2022 ގެ ހެނދުނު 09:00 ގައެވެ. އެ އަޑުއެހުމުގައި އިތުރު ހެކިންގެ ހެކިބަސް ނެގުމާއި، މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލުގެ ސުލޫކީ މައްސަލައެއްގެ ސަބަބުން ގާޒީ ތަނާޒުލުވެވަޑައިގަތުމަށް ދިފާއުން ފާހަގަކުރި ނުކުތާއަށް ޝަރީއަތުން ޖަވާބެއް ދިނުންވެސް އޮންނާނެއެވެ.

މި އަޑުއެހުމުގައި ގާޒީ ޝަކީލު ވަނީ އަމީންއާމެދު ކަރެކްޝަންސްއިން ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ އޭނާ ކޮށްފައިވާ ޝަކުވާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްވެސް ދައުލަތަށް އަންގާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެހީދޭ ހަ މީހަކު މަރާލުމާ ގުޅިގެން އަފްޣާންގައި ރެޑް ކްރޮސެންޓްގެ މަސައްކަތް ހުއްޓާލައިފި

އެހީދޭ ހަ މީހަކު މަރާލުމާ ގުޅިގެން އަފްޣާންގައި ރެޑް ކްރޮސެންޓްގެ މަސައްކަތް ހުއްޓާލައިފި

09 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

06 ފެބުރުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު