Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްގަތުމަށް އިތުރު މަސައްކަތްތަކެއް

މަސްގަތުމަށް ވަގުތީ ގޮތުން ބޭރުގެ ބޯޓެއް ގެނައުމަށް މަސައްކަތްކުރަނީ

10 އެޕްރީލު 2022 | އާދީއްތަ 00:35

ވަގުތީ ހައްލަކަށް މަސްގަނެ ފުރީޒުކުރާ ބޮޑުއުޅަނދެއް ފެލިވަރުން މިހާރު ކޫއްޑޫއަށް ގެނެސްފައިވާކަމަށް މިނިސްޓަރ ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 އެޕްރީލު 2022 | އާދީއްތަ 00:35
ފެލިވަރު މަސް ފެކްޓަރީ

ފެލިވަރު މަސް ފެކްޓަރީ | ރާއްޖެއެމްވީ

ރާއްޖޭގެ ދެކުނުގައި މަސްވެރިކަން ރަނގަޅުވެފައިވާއިރު މަސް ކިރުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލު ގެނައުމަށް މަސްގަތުމަށް ވަގުތީ ގޮތުން ބޭރުގެ ބޯޓެއް ހޯދުމުގެ މަސައްކަތް މިފްކޯއިން ކުރަމުންދާކަމަށް ފިޝަރީޒް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ދެކުނުގެ މަސްވެރިކަން ރަނގަޅުވެފައިވުމާއެކު ދެކުނަށް މަސްކިރާ ގޮތާއި މަސްވެރިންގެ އަޑުއެހުމަށް ގއ ކޫއްޑޫއަށް ދަތުރުކުރެއްވުމަށްފަހު އާންމު ކުރެއްވި މެސެޖެއްގައި މިނިސްޓަރ ވިދާޅުވީ މަސްވެރިން ކިރަން ގެންނަ މަހުގެ މިންވަރު 24 ގަޑިއިރުގެ ތެރޭގައި މަސް ގަނެ ފިނިކުރެވޭނެ ކެޕޭސިޓީއަށްވުރެ ބޮޑުތަނުން އިތުރުވަމުންދާތީ ކޮންމެ ދޯންޏަކުން މަސްކިރާ ފަހަރަކު މަސް ގަންނަ މިންވަރު ލިމިޓްކުރަން ޖެހިފައިވާތީ މަސްވެރިންނަށް މަސް ނުކުރި ކިޔޫގައި މަޑުކުރަން ޖެހިފައިވާކަމުގެ ހައްގު ޝަކުވާ ކުރަމުންދާކަމަށެވެ. މިކަން މިހެން އޮތްނަމަވެސް މާންދޫ އާއި ކޫއްޑޫ އަދި ހުޅުމީދޫއިން އަންނަނީ ކިޔު ތަރުތީބުން މަސްގަނެ ދޯނިތައް ހުސްކުރަމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ މަސްވެރިން ބާނައިގެން ގެންނަ ހުރިހާ މަހެއް އެއްބުރުން ނުގަނެވޭ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނީ މަސް ފުރީޒުކުރާ ކެޕޭސިޓީ ދެކުނުގައި މިހާރު ހުރިވަރަށްވުރެ އިތުރުކޮށްގެންކަމަށެވެ. ވަގުތީ ގޮތުން މިކަން ހައްލުކުރުމަށް މަސްގަނެ ފުރީޒުކުރާ ބޮޑުއުޅަނދެއް ފެލިވަރުން މިހާރު ކޫއްޑޫއަށް ގެނެސްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން މިނިސްޓަރ ވިދާޅުވީ މަސްގަނެ ފިނިކޮށް ސްޓޯރ ކުރެވޭވަރު އިތުރުކުރުމަށް މަސްގަންނަ ބާޖެއް މާންދޫގައި އަންނަނީ ބޭނުންކުރަމުންކަމަށެވެ.

މިހާރު މާންދޫ ގައި 120 ޓަނު، ކޫއްޑޫ ގައި 240 ޓަނު، ޖަޒީރާ ގައި 120 ޓަނު، މަހާކަލަމިންޖާ ގައި 75 ޓަނު، އަދި ހުޅުމީދޫގައި 60 ޓަނުގެ ފުރީޒިންގ ކެޕޭސިޓީ އާއެކު ޖުމްލަ 615 މެޓްރިކް ޓަނު ބޭނުންކޮށްގެން މަސްގަނެވޭނެ އެންމެ ގިނަ އަދަދަކަށް އެތަންތަނުން މަސް ގަންނަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދާދިފަހުން ރާއްޖެޓީވީގެ ފަލަސުރުޚީގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ ކެޕޭސިޓީ އިތުރުނުކޮށް މަސްވެރިންނާއެކު ކުރިޔަށް ނުދެވޭނެކަމަށެވެ. އަދި މިހާރު ކުރިޔަށްދާ މަސްކާރު ޚާނާތަކުގެ މަސައްކަތް ނިމުމުން މިފްކޯގެ ފްރީޒިންގ ކެޕޭސިޓީ 1000 ޓަނާއި ހަމައަށް އަދި ސްޓޯރޭޖް ކެޕޭސިޓީ 13،000 ޓަނާ ހަމައަށް އިތުރުވެގެންދާނެކަމަށް ފައުޒީ ވިދާޅުވިއެވެ. މިދިޔަ އަހަރު މިފްކޯއިން ވަނީ 58،000 ޓަނުގެ މަސް ގަނެފައިކަމަށް ފައުޒީ ވިދާޅުވިއެވެ.

މަސް ކިރާ އަދަދު އިތުރުވެ، ދޯންޏަކުން ފަސް ޓަނު މަސް ގަންނަ ގޮތަށް މިފްކޯއިން މިހާރު ވަނީ ހަމަޖައްސާފައެވެ. އެއާއެކު މަސްވެރިން ގެންދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް