Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑރ. ޒިޔާދުގެ ކޮރަޕްޝަން މައްސަލަ

ޑރ. ޒިޔާދުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމި މައްސަލައިގެ އިސްތިއުނާފު މާދަމާ ފަށަނީ

9 އެޕްރީލު 2022 | ހޮނިހިރު 10:19

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ ދަށު ކޯޓުން ސާބިތެއް ނުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 އެޕްރީލު 2022 | ހޮނިހިރު 10:19
ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި، ޑރ. އަޙުމަދު ޒިޔާދު ބާޤިރު

ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި، ޑރ. އަޙުމަދު ޒިޔާދު ބާޤިރު

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި، ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުންތައް އާދިއްތަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

ހައިކޯޓުގައި މި މައްސަލަ ތާވަލު ކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 09:45 އަށެވެ.

Advertisement - newsAdvertisement

ޑރ ޒިޔާދުގެ އިތުރުން މި މައްސަލައިގައި ދައުވާ އުފުލި މ. މުހައްމަދީއާބާދު އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2 ނޮވެމްބަރު 2021 ގައެވެ.

ކްރިމިނަލް ކޯޓުން ވަނީ ޑރ. ޒިޔާދު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމަށް ކުރި އަމަލެއް ބުނެދެވިފައިނުވާކަމަށް ނިންމާފައެވެ. އަދި ކުށް އިބާރާތެއް އޮތްކަން ފާހަގަވި ހިސާބުން އަމިއްލަ އިސްނެގުމަށް އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށިކަން ވެސް ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގެ ޙުކުމުގައި ބުނެފައިވަނީ، އިދާރީ އޮޅުމެއްގެ ސަބަބުން ޕްރޮޕޯސަލްގައިވާ އަދަދަށްވުރެ އިތުރަށް ފަންގިފިލާ ހިމަނައިގެން އެއްބަސްވުން ޙަވާލުކޮށްފައިވާއިރު، އެއްބަސްވުމުގައި އޮތް އިދާރީ މައްސަލައެއް މިނިސްޓްރީގެ އެކި މުވައްޒަފުންނާއި، ވެރިންނާއި، ފިނޭންސް މިނިސްޓްރީއަށް ވެސް ފާހަގަނުވިއިރު، އެ މައްސަލަ ޑރ. ޒިޔާދު ބާޤިރުއަށް ފާހަގަވާން ޖެހޭނެކަމަށް ސަބަބުވެރި އިންސާނެއްގެ ނަޒަރުން ނުބެލެވޭ ކަމަށެވެ.

ޑރ. ޒިޔާދުގެ މައްޗަށް ކުށް ސާބިތުކުރުމަށް ބަލާ އުންސުރުތައް ސާބިތުވޭތޯ ބަލާއިރު، ރަސްމީ ޙައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އަމަލު އަދި ޑރ. ޒިޔާދުގެ ނުބައި ނިޔަތެއް ފާހަގަވާން ނެތްކަމަށް ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، އިބްރާހީމް އަބްދުﷲ ސައީދަކީ މިސްކިތްތަކާއި އިމާރަތްކުރުމާބެހޭ ސެކްޝަންގެ އިސްވެރިޔާ ކަމަށާއި، ޓެކްނިކަލް ރިޕޯޓު އެކުލަވާލުމުގައި އޭނާގެ ދައުރު އޮތްކަން އެނގެން އޮންނަކަން ބަޔާންކޮށްފައިވެއެވެ. ނަމަވެސް، އެސްޖޭ ކޮންސްޓަރްޝަންއާއި ޕްރޮޖެކްޓް ޙަވާލުކުރީ ފިނޭންސްގެ ކޮމިޓީން ހުއްދަދީ، ރައީސް އޮފީހުން އަންގައިގެންކަން އެނގެން އޮންނަކަމަށް ހުކުމުގައި ބުނެފައިވެއެވެ.

އަދި އެއްބަސްވުމާ ގުޅިގެން ލީގަލް އޮޕީނިއަން ހޯދާފައި ނުވުމަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް ދައުލަތުން ބުނި ނަމަވެސް، ޕްރޮޖެކްޓުގެ އެއްބަސްވުމާ ހަމައަށް ވާސިލުވުމުގެ މަރުހަލާގައި އިބްރާހިމް އަބްދުﷲ ސައީދުގެ ދައުރެއް ނެތްކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

ޝަރީއަތުން ވަނީ ދައުލަތުގެ ދައުވާގައި ފާޅުކަން ބޮޑު ގޮތެއްގައި އުނިކަންތައްތަކެއް ހުރިކަމަށް ވެސް ބަޔާންކޮށްފައެވެ. އަދި މި މައްސަލައިގައި ޑރ. ޒިޔާދާއި އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުނުވާކަމަށް ހުކުމް ކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް