Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑެމްބެލޭ އާއި ބާސެލޯނާ ގުޅުން

ޑެމްބެލޭ އާއި ބާސެލޯނާ އެކުގައި ކުރިއަށް ދިއުމުގެ ވިސްނުމެއް

9 އެޕްރީލު 2022 | ހޮނިހިރު 12:21

ޑެމްބެލޭ ހޯދުމަށް ގިނަ ކްލަބުތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވޭ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 9 އެޕްރީލު 2022 | ހޮނިހިރު 12:21
ބާސާއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ

ބާސާއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ

ބާސެލޯނާގެ ޒުވާން ތަރި އޮސްމާނޭ ޑެމްބެލޭ އާއި ކްލަބުގެ ބައްދަލުވުމަށްފަހު ދެފަރާތުން އެކުގައި ކުރިއަށް ދާން ބޭނުންވާ ކަމުގެ ކުލަވަރުތައް ފެންނަން ފަށައިފިއެވެ.

މީގެ ކުރިން ފެނުނު މަންޒަރުތަކަށް ބަލާނަމަ ކުރިއަށް އޮތް ސަމަރ ޓްރާންސްފަރ މާކެޓުގައި ބާސެލޯނާ ދޫކޮށް ޑެމްބެލޭ އެހެން ކްލަބަކަށް ދިއުން ވަރަށް ގާތެވެ. ޑެމްބެލޭއާއެކު ބާސެލޯނާއިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އޭރަށް ހަމަވާއިރު، ފްރީ ޓްރާންސްފާއެއްގައި އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު ޑެމްބެލޭއަށް އެބައޮތެވެ.

މީގެ ކުރިން ބާސެލޯނާއިން ވަނީ ކޮންޓްރެކްޓް އައު ކުރުމަށް ހުށަހަޅާފައެވެ. ނަމަވެސް އެކަމަށް ޑެމްބެލޭ އެއްބަސް ނުވީ އޭނާގެ އުންމީދުތަކާއި އެއްވަރަށް މުސާރަ ބޮޑުނުވުމުންނެވެ. ކްލަބުގެ މާލީ ހާލަތު އޮތް ގޮތުން އޭނާގެ މުސާރަ ބޮޑު ކުރެވެން ނެތީއެވެ.

އެއަށްފަހު ޑެމްބެލޭ އާއި ކްލަބުގެ މެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދިޔައެވެ. ނަމަވެސް އަލުން މަޝްވަރާތައް ކުރަން ފަށާފައި ވާއިރު، މިކަމުގެ އެންމެ ބޮޑު މެދުވެރިއަކަށްވީ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒްއެވެ. ޒަވީ ޓީމާއި ހަވާލުވި ހިސާބުން ޑެމްބެލޭއަށް ތައުރީފުކޮށް ކުޅުމުގައި އޭނާގެ ދައުރު ބޮޑުކުރިއެވެ. އަދި އޭނާ ޓީމުގައި ހިފެހެއްޓުމަށް ކްލަބުގެ މެނޭޖުމަންޓް އާއިވެސް ޒަވީ މަޝްވަރާ ކުރިއެވެ.

މި ބައްދަލުވުމުގެ ސަބަބުން ދެފަރާތުގެ ގުޅުމުގައި އޮތް ހީނަރުކަން ފިލާފައި ވާއިރު، ދެފަރާތުން މަޝްވަރާތައް ކުރުމަށްފަހު އެކުގައި ކުރިއަށް ދާން ބޭނުންވާކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި އިތުރު މަޝްވަރާތައް ފަށާނެއެވެ.

ބާސެލޯނާއިން ޑެމްބެލޭ ހިފެހެއްޓުމަށް ބޮޑު ސަމާލުކަމެއް ދެނީ އޭނާގެ ކުޅުން ބޮޑުތަނުން ރަނގަޅުވެފައި ވާތީއެވެ. ޑެމްބެލޭ ކްލަބު ދޫކޮށްލައިފިނަމަ އެފަދަ ކުޅުންތެރިއަކު ހޯދުމަށް ކްލަބުން ކުރަން ޖެހޭ ޚަރަދު މާ ބޮޑުވާނެއެވެ. ޑެމްބެލޭ ހޯދުމަށް ފްރާންސްގެ ޕީއެސްޖީ އާއި ޕްރިމިއަރ ލީގުގެ ބައެއް ކްލަބުތަކުންވެސް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް