Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިހްޔާ ފޯރަމް

އިހްޔާ ފޯރަމްގައި ބައިވެރިވެގެން ބޮޑެތި އިނާމުތަކެއް

ރަމަޟާންމަހުގެ އެންމެ ފަހު އިހްޔާ ފޯރަމްގައި މާލެއާއި އަތޮޅުތެރޭގައި ބާއްވާ ޖަލްސާތަކުގައި ދޫކުރާ ހުރިހާ ނަންބަރުތައް ގުރުއަތުގައި ހިމަނާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 9 އެޕްރީލު 2022 | ހޮނިހިރު 02:46
އިހްޔާ ފޯރަމްގެ ތެރެއިން

އިހްޔާ ފޯރަމްގެ ތެރެއިން

އިހްޔާ ފޯރަމްތަކުގައި ދޫކުރާ ނަންބަރުތައް ފޮރުވާފައި ބެހެއްޓުމަށް މިނިސްޓަރ އޮފް އޮސްލާމިކް އެފެއަރޒް ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އިހްޔާ ފޯރަމް ފެށުމުގެގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ މާލެއާއި އަތޮޅުތަކުގައި އިހްޔާ ފޯރަމްތައް ކުރިއަށްދާއިރު, ކޮންމެ ރެއަކު ގުރުއަތުން ހޮވޭ ފަރާތްތަކަށް އިނާމު ދެވޭނެކަމަށާއި, ކޮންމެ ރެއަކުވެސް ދޫކުރާ ނަންބަރުކޮޅުތައް ފޮރުވާފައި ބޭއްވުން ވަރަށް މުހިއްމުކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރަމަޟާންމަހުގެ އެންމެ ފަހު އިހްޔާ ފޯރަމްގައި މާލެއާއި އަތޮޅުތެރޭގައި ބާއްވާ ޖަލްސާތަކުގައި ދޫކުރާ ހުރިހާ ނަންބަރުތައް ގުރުއަތުގައި ހިމަނާނެކަމަށެވެ. އަދި ގުރުއަތުން ހޮވާނީ މާލެއާއި އަތޮޅުތަކުގެ ނަންބަރުތައް ވަކިންކަމަށާއި, މި ގުރުއަތުގައި އަތޮޅުތެރެއާއި މާލެ ވަކިން 1ވަނަ، 2ވަނަ، އަދި 3 ހޮވަން ހަމަޖެހިފައިވާއިރު އަގުބޮޑެތި އިނާމުތަކެއް ލިބޭނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ މާލެއާއި އަތޮޅުތައް ވަކިން ގުރުއަތުލާ ގޮތަށް ނިންމީ ގިނަ ބަޔަކަށް އިނާމު ލިބުމުގެ ފުރުސަތު ދިނުމަށްޓަކައި ކަމަށެވެ.

ކޮންމެ ރެއަކުވެސް ހޮވޭ ފަރާތްތަކަށް އިނާމު ހަވާލުކުރާއިރު, އޭގެ ތެރޭގައި ފައިސާގެ އިނާމާއި މިނިސްޓްރީން ދޭ އިނާމުވެސް ހިމެނެއެވެ.

މިއަހަރު ރަމަޟާން މަހު މާލޭގައި އިތުރުން އަތޮޅުތަކުގައިވެސް އިހުޔާ ފޯރަމް އަންނަނީ ބާއްވަމުންނެވެ. މި އަހަރުގެ އިހްޔާ ފޯރަމްތައް ކުރިއަށްދާނީ ކޮންމެ ހުކުރު ދުވަހެއްގެ ރޭ އަތޮޅުތަކަށް ޚާއްސަކޮށްގެންނެވެ. އެގޮތުން ހުކުރު ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައި އިހްޔާ ފޯރަމް ބާއްވާއިރު 15 އޭޕްރީލްގައި އައްޑޫ ސިޓީގައި، 22 އޭޕްރީލްގައި ފުވައްމުލަކު ސިޓީގައި، އަދި 29 އޭޕްރީލްގައި ރ. އުނގޫފާރުގައި މި ފޯރަމް ކުރިއަށް ގެންދާނެއެވެ.

އާދިއްތަ އަދި ބުރާސްފަތި ދުވަހު އިހްޔާ ފޯރަމްތައް ކުރިއަށްދާނީ މާލެ ސިޓީގެ އިސްލާމީ މަރުކަޒުގައެވެ.

މިއީ ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމުގެ ޖަލްސާތައް ބާއްވަންފެށިފަހުން، ސިޓީތަކުގައި މިފަދަ ޖަލްސާތައް ބާއްވާ ފުރަތަމަ ފަހަރެވެ.

އިތުރަށް ކިޔާލަން

14 މެއި 2017

ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ

14 މެއި 2017
ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ
24 އެޕްރީލު 2017

ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި

24 އެޕްރީލު 2017
 ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި
22 އެޕްރީލު 2017

ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު

22 އެޕްރީލު 2017
ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު
15 އެޕްރީލު 2017

އިންޓަރނޭޝަން ޔޫތު ފޯރަމްގައި ރާއްޖެ ތަމްސީލުކުރުމަށް ސަފާތު ޗައިނާއަށް ފުރައިފި

15 އެޕްރީލު 2017
އިންޓަރނޭޝަން ޔޫތު ފޯރަމްގައި ރާއްޖެ ތަމްސީލުކުރުމަށް ސަފާތު ޗައިނާއަށް ފުރައިފި
13 އެޕްރީލު 2017

ހަތަރު ގައުމެއްގެ އަސްކަރިއްޔާ ސިފައިން ބައިވެރިވެގެން ހިންގި ޑައިވް ކޯސް ނިންމާލައިފި

13 އެޕްރީލު 2017
ހަތަރު ގައުމެއްގެ އަސްކަރިއްޔާ ސިފައިން ބައިވެރިވެގެން ހިންގި ޑައިވް ކޯސް ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު