Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ އިގްތިސާދީ ކާރިސާ

ލަންކާގެ ކުރީގެ ގަވަރުނަރު ގައުމުން ބޭރަށް ދިޔުން މަނާ ކޮށްފި

8 އެޕްރީލު 2022 | ހުކުރު 14:15

އެޕްރީލް މަހުގެ 5ވަނަ ދުވަހު އެގަމުގައިވަނީ ކުއްލި ނުރައްކާލުގެ ހާލަތު އިއުލާން ކޮށްފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 8 އެޕްރީލު 2022 | ހުކުރު 14:15
ސްރީލަންކާގެ ކެބިނެޓް މިނިސްޓަރުންތައް

ސްރީލަންކާގެ ކެބިނެޓް މިނިސްޓަރުންތައް

ލަންކާގެ މަރުކަޒީ ބޭންކްގެ ކުރީގެ ގަވަރުނަރު އަޖިތު ނިވާރްޑް ކަބްރާލް ގައުމުން ބޭރަށް ފުރައިގެން ނުދިޔުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މިކަން އަންގައި ކޯޓުން އޭނާއަށް ފޮނުވި ޗިޓްގައި ބުނެފައިވަނީ، އެޕްރީލް 18 ވަނަ ދުވަހުގެ ކުރިން ގައުމުން ފުރައިގެން ނުދިޔުމަށާއި، އެ ދުވަހު އަޑުއެހުމަކަށް ކޯޓަށް ހާޒިރުވުމަށް އަންގާ ކަމަށެވެ. އެއީ ލަންކާގެ ކުރީގެ ގަވަރުނަރު ކީރްތި ޓެންނަކޫން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ މަރުކަޒީ ބޭންކްގެ ގަވަރުނަރުގެ މަގާމުގައި ހުންނަވައި، ދައުލަތުގެ ފައިސާ ނުހައްގުން ބޭނުން ކުރައްވާފައިވާ ކަމަށެވެ.

ލަންކާގައި އިގްތިސާދީ އަދި މާލީ ކާރިސާއެއް އުފެދި، އާއްމުން މުޒާހަރާ ކުރަން ފެށުމުން، ގަވަރުނަރުގެ މަގާމުން ކަބްރާލް އިސްތިއުފާ ދެއްވީ މި ހަފްތާގަ އެވެ. އޭނާގެ އިސްތިއުފާއާ ގުޅިގެން، ބުރާސްފަތި ދުވަހުވަނީ އައު ގަވަރުނަރަކު އައްޔަން ކޮށްފައެވެ. އައު ގަވަރުނަރުގެ މަގާމަށް އައްޔަނު ކުރެއްވީ ޑރ. ނަންދަލާ ވީރަސިންގެއެވެ.

އިގްތިސާދީ ހާލަތު ގޯސްވެ ރައްޔިތުންގެ ޕްރެޝަރާއެކު ލަންކާގެ ކެބިނެޓްގެ ހުރިހާ ވަޒީރުން ވަނީ އިސްތިއުފާ ދެއްވާފައެވެ. އެއާއެކު ކެބިނެޓަށް އައު ވަޒީރުން އައްޔަން ކުރުމުގެ މަސައްކަތް އެ ގައުމުގެ ސަރުކާރުން ގެންދަނީ ކުރަމުންނެވެ. ފިނޭންސް މިނިސްޓަރު އިސްތިއުފާ ދެއްވުމުން އަލަށް އެމަގާމަށް އައްޔަން ކުރެއްވި އަލީ ސަބްރީ ވަނީ އެއް ދުވަސް ފަހުން އިސްތިއުފާ ދެއްވާފައެވެ. އެހެންނަމަވެސް އޭނާގެ އިސްތިއުފާ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ބަލައިގަނެފައި ނުވާ ކަމުގެ ރިޕޯޓްތައް މިހާރުވަނީ ފެންމަތިވެފައެވެ.

ކުރިން ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވީ، ރައީސްގެ ބޭބޭފުޅު ބާސިލް ރާޖަޕަކްސައެވެ.

ލަންކާގެ ހާލަތު ގޯސްވެ ކާބޯތަކެއްޗާއި ތެލާއި ބޭހުގެ ދަތިކަން އެގައުމަށް ވަނީ ކުރިމަތިވެފައެވެ. އިންޑިއާއިން ވަނީ ލަންކާއަށް ހަނޑޫ ފޯރުކޮށްދޭން ފަށާފައެވެ. އަދި ލައިންއޮފް ކްރެޑިކްގެ ދަށުން 1.5 ބިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވެއެވެ.

ލަންކާ މިހާރު ތަޖުރިބާ ކުރަމުންދަނީ ތާރީހުގައިވެސް އެންމެ ބޮޑު އިގްތިސާދީ ކާރިސާއެވެ. ހޮސްޕިޓަލްތަކުން ބޭނުންވާ ޒަރޫރީ ބޭސް ނުލިބުމުގެ ސަބަބުން ހޮށްޕިޓަލް ތަކުގެ ޑޮކްޓަރުންވެސް ގެންދަނީ މުޒާހަރާ ކުރަމުންނެވެ. ޑޮކްޓަރުން ބުނަމުންދަނީ މިހާލަތުގައި ކުރިއަށް އޮތް މަދު ހަފްތާއެއްގެ ތެރޭގައ މުޅި ލަންކާގެ ސިއްޙީ ނުޒާމު ފުނޑުފުނޑުވެގެން ހިނަގއިދާނެ ކަމަށެވެ.

އެޕްރީލް މަހުގެ 5ވަނަ ދުވަހު އެގަމުގައިވަނީ ކުއްލި ނުރައްކާލުގެ ހާލަތު އިއުލާން ކޮށްފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

މެސީގެ ބައްޕަ މަރުވެއްޖެ

5

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ

12 އެޕްރީލު 2017
ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
22 މާރިޗު 2017

ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި

22 މާރިޗު 2017
ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި
07 މާރިޗު 2017

އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

07 މާރިޗު 2017
އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި
22 ފެބުރުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް