Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުކުރު ޚުތުބާ

ކެއުން ބުއިމުގައި ޚަރަދު ކުޑަކޮށް އިގްތިސާދު ކުރުމަށް މަސައްކަތް ކުރޭ: ޚުތުބާ

އިސްރާފު ނުކުރުމަށް މާތް ﷲ އަމުރު ކުރައްވާފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 8 އެޕްރީލު 2022 | ހުކުރު 08:25
ނަމާދަށްފަހު ދީނީ ނަސޭހަތް ދިނުން

ނަމާދަށްފަހު ދީނީ ނަސޭހަތް ދިނުން

ކެއުމާއި، ބުއިމާއި، ޚަރަދުކުރުމުގައި އިގްތިސާދު ކުރުމަށް ގަދައަޅާ މަސައްކަތްކުރުމަށް ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެެވެ.

"އިސްރާފުކުރުމުގެ ނުބައިކަން" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ވަނީ އިންސާނުންނަށް މިއަދު ކުރިމަތިވެފައިވާ އިޖްތިމާއީ އަދި އިގްތިސާދީ ބަލިމަޑުކަމުގެ ތެރޭގައި އިސްރާފުކުރުންވާކަމަށް ބުނެފައެވެ. ތަނަވަސްކަމާއި މުއްސަނދިކަން އިންސާނުންގެ ތެރެއިން ބަޔަކަށް ލިބިއްޖެނަމަ ޚަރަދުތައް އިތުރުވެ، ހޭދަކުރުން ގިނަވެދާނެ ކަމަށާއި، އަދި މުދާތައް ބޭކާރު ގޮތުގައި ނަގާލަން ފަށާފާނެކަމުގައެވެ.

ހުރިހާ ކަމެއްގައި އިގްތިސާދު ކުރުމަށާއި، އިސްރާފު ނުކުރުމަށް މާތް ﷲ އަމުރު ކުރައްވާފައިވާ ކަމަށާއި، ކީރީތި ރަސޫލާ މުހައްމަދު ﷺ ވެެސް މެދުމިންވަރުގައި ހިފެހެއްޓުމަށް ނަސޭހަތްތެރިވެވަޑައިގެންފައިވާކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ޚުތުބާގައި ބުނީ ކާބޯތަކެތި ގަނެ، ހެޔޮ ގޮތުގައި އެ ތަކެތީގެ ބޭނުން ނުކޮށް، އެ ތަކެތި ކުނީގެ ގޮތުގައި އުކާލުމަކީ އިސްރާފު ކުރުން ކަމަށެވެ. ކާބޯތަކެއްޗާއި ދަނޑުވެރިކަމާއި ގުޅޭގޮތުން އދ. އިން ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި ކޮންމެ އަހަރަކު 1.3 ބިލިއަން ޓަނުގެ ކާބޯތަކެތި ކުނީގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުކާލެވޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މުސްލިމުން ހޭދަކުރަމުން މިދާ ރަމަޟާން މަހަކީ އާންމުގޮތެއްގައި އިސްރާފުކުރުން ބޮޑު މަހެއް ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ. ރޯދަ ވީއްލުމަށްޓަކައި ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ތައްޔާރުކުރުމާއި، މީސްމީޑިއާ މެދުވެރިކޮށް މިކަމުގައި އެކަކު އަނެކަކު ވާދަކޮށް ހެދުމަކީ މިއަދުގެ ދުނިޔޭގައި މުސްލިމުންގެ އާދައެއް ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ. އަދި ކެއުމަށް ތައްޔާރުކުރާ ގިނަ އެއްޗިއްސަކީ އުކާލާ އެއްޗެހި ކަމަށާއި، މިއީ ޝައިތާނީ އަމަލެއް ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.

އެހެންކަމުން ހުކުރު ޚުތުބާގައި ވަނީ ކެއުމާއި، ބުއިމާއި، ޚަރަދުކުރުމުގައި އިގްތިސާދު ކުރުމަށް ގަދައަޅާ މަސައްކަތްކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި ބޭނުންވާ ވަރަށްވުރެ އިތުރަށް ކާބޯތަކެތި ތައްޔާރުނުކުރުމަށާއި، އިތުރުވާ ތަކެތި އުކާނުލުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އިތުރަށް ކިޔާލަން

31 މެއި 2017

ކައުންސިލް އިންތިހާބަށް އެމްޑީޕީން 2.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ: އަހަރީ ހިސާބް

31 މެއި 2017
ކައުންސިލް އިންތިހާބަށް އެމްޑީޕީން 2.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ: އަހަރީ ހިސާބް
25 މެއި 2017

އެމެރިކާއިން ރާއްޖެއަށް ދޭ އެހީ ކުޑަކޮށްފި

25 މެއި 2017
އެމެރިކާއިން ރާއްޖެއަށް ދޭ އެހީ ކުޑަކޮށްފި
16 އެޕްރީލު 2017

ޤާސިމްގެ އޮފީހާއި ތަންތަން ފާސްކުރުމުން ފެންނާނީ ޔާމިން ހޮވަންކުރި ޚަރަދުގެ ތަފްސީލް: އަމީން

16 އެޕްރީލު 2017
ޤާސިމްގެ އޮފީހާއި ތަންތަން ފާސްކުރުމުން ފެންނާނީ ޔާމިން ހޮވަންކުރި ޚަރަދުގެ ތަފްސީލް: އަމީން
05 އެޕްރީލު 2017

އިގްތިސާދު މުޅި ދުނިޔެއަށް ހުޅުވާލަދިނީ ރައީސް ޔާމީން: މިނިސްޓަރ ސައީދު

05 އެޕްރީލު 2017
އިގްތިސާދު މުޅި ދުނިޔެއަށް ހުޅުވާލަދިނީ ރައީސް ޔާމީން: މިނިސްޓަރ ސައީދު
17 މާރިޗު 2017

ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި

17 މާރިޗު 2017
ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި
25 ފެބުރުއަރީ 2017

ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި

25 ފެބުރުއަރީ 2017
ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު