Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއަރ ލީގު

މާޒިޔާ ބަލިވެއްޖެ، އީގަލްސްއިން މާޒިޔާ ބަލިކޮށްފި!

ފުރަތަމަ ބުރު މާޒިޔާއިން ނިންމާލީ ހުރިހާ މެޗެއް ކާމިޔާބުކޮށްގެން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 8 އެޕްރީލު 2022 | ހުކުރު 02:07
މާޒިޔާއާއި އީގަލްސް ދެވަނަ ބުރުގައި ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-މާޒިޔާ

މާޒިޔާއާއި އީގަލްސް ދެވަނަ ބުރުގައި ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-މާޒިޔާ

ފުރަތަމަ ބުރު ސައްތައިން ސައްތަ ރެކޯޑަކާއެކު ނިންމާލި މާޒިޔާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. ފުރަތަމަ ބުރުގައި ކުޅުނު ހަތް މެޗުވެސް ކާމިޔާބުކޮށް އެއްވަނަ ހޯދި މާޒިޔާ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ބަލިވީ ދެވަނާގައި އޮތް އީގަލްސް އަތުންނެވެ.

އީގަލްސްއިން މާޒިޔާ ބަލިކުރީ 1-0 ނެވެ. މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފްގައި ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. މާޒިޔާގެ ދެ ޑިފެންޑަރުންކަމަށްވާ ޝިފާޒުއާއި, ސަމޫހު ކައިރިން ހަންނަ ބޯޅަ ގޯލްގެ އިރުމަތީ ކަނަށް ފޮނުވާލީ ކީޕަރުވެސް ކުރިއަށް ނުކުތް ވަގުތުއެވެ. މުޅި މެޗުގައިވެސް މާޒިޔާއަށް އީގަލްސްގެ ޑިފެންސް ހާސްކޮށްލެވޭވަރެއް ނުވެއެވެ. މެޗު މާޒިޔާއިން ފެށީ އެޓޭކިންގ މިޑްފީލްޑަރު ޓަނާ ނުލާއެވެ. އެކަމަކު ދެވަނަ ހާފް ފެށީ އޭނާ ހިމަނައިގެންނެެވެ. ނަމަވެސް އީގަލްސްގެ ޒުވާން ކީޕަރު ހަސަން އަލީފް އިބްރާހީމް ޓެސްޓްކޮށްލެވޭ ވަރުގެ ބޯޅައެއް ފޮނުވާލެވޭވަރެއް ނުވެއެވެ.

ފުރަތަމަ ހާފްގައި މާޒިޔާއިން ފޮނުވާލި އެންމެ ރަނގަޅު ބޯޅައަކީ ޑީއޭރިޔާ މަތިން ކަހަލަ ގޮތަކަށް ހަމްޒާ މުޙައްމަދު (ހަމްޕު) ފޮނުވާލި ބާރު ބޯޅައެވެ. އެކަމަކު އެބޯޅަ ދިޔައީ ގޯލްގެ ހުޅަނގުފަރާތު ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަސް މިނިޓްފަހުން ހަސަން ނާއިޒު (ދާދު) ގޯލްއޭރިޔާގެ ހުޅަނގުފަރާތުގައި ހުރެ ފޮނުވާލި ބޯޅަވެސް ދިޔައީ ގޯލް ކުރިމަތިން ހުރަސްވެގެން ބޭރަށެވެ. ދެވަނަ ހާފްގައި ކޯނޭ ހުޅަނގުފާރުން އޭރިޔާ ތެރެއަށް ވަދެ, ޕެނަލްޓީ ސްޕޮޓާ ހިސާބުގައި ހުރި އައިސަމްއަށް ރަނގަޅު ބޯޅައެއް ދިންނަމަވެސް އެބޯޅަ އޭނާއަށް ފޮނުވާލެވޭވަރެއް ނުވިއެވެ. ދެވަނަފަހަރަށް އެބޯޅަ ކެޕްޓަން އިރުފާނަށް ލިބުމުން ފޮނުވާލި ނަމަވެސް ހުރަސް ދަނޑީގައި ޖެހިފައ ދިޔައީ ބޭރަށެވެ. މެޗު އީގަލްސްއިން ކުޅުނީ އަހުމަދު ރިޒްވާން (ރިޒޭ) ވެސް ނުލައެވެ.

މިމޮޅާއެކު އީގަލްސް ވަނީ 8 މެޗުން 19 ޕޮއިންޓް ހޯދާފައެވެ. މާޒިޔާ އެއްވަނާގައި އޮތީ 21 ޕޮއިންޓާއެކުއެވެ. މާޒިޔާ ސީޒަންގައި ފުރަތަމަ ބަލިވީ ޕްރެޒިޑެންޓްކަޕްގައި ވެލެންސިޔާ އާއި ވާދަކުރި ދެމެޗުންނެެވެ. އޭގެތެރޭގައި ފައިނަލް މެޗު ހިމެނެއެވެ. މިއީ އާކޯޗާއެކު މާޒިޔާ ބަލިވި ފުރަތަމަ މެޗެވެ. އަދި ލީގުގައި ބަލިވި ފުރަތަމަ މެޗެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

13 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު