Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުނިޔޭގެ ޞިއްޙަތު ދުވަސް

ތިމާވެށި ހިމާޔަތްކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް މިހާރަށް ވުރެ ބޮޑަށް އެއްބާރުލުން ދިނުމަށް ރައީސް އެދިވަޑައިގެންފި

7 އެޕްރީލު 2022 | ބުރާސްފަތި 18:26

ދުނިޔޭގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ ތެރެއިން، 13 މިލިއަންއަށް ވުރެ ގިނަ މީހުން މަރުވަނީ އެކަންކަމުން ސަލާމަތްވެވިދާނެ ފަދަ ތިމާވެށީގެ ތަފާތު ސަބަބުތައް މެދުވެރިވެގެންކަމަށް ރައީސް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 އެޕްރީލު 2022 | ބުރާސްފަތި 18:26
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ޞިއްޙަތާ ގުޅޭ ގޮތުން، މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވާ އެއް ކަމަކީ، ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުން ކަމަށްވާތީ، ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް، މިހާރަށް ވުރެ ބޮޑު އެއްބާރުލުމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިލްތިމާސްކުރައްވައިފިއެވެ.

މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިތާބުގައި ވިދާޅުވީ އިންސާނުންގެ ޞިއްޙަތަށް ގެއްލުންދެނިވި އެތައް ކަމަކުން، އިންސާނީ މުޖްތަމަޢު މިއަދު އޮތީ ވަށައިގެން ބެދިފައި ކަމުގައެވެ. ޞިއްޙީ ވަބާތަކާއި، ތިމާވެށީގެ ނުރައްކާތަކާއި، ފުރާނައަށް ނުރައްކާކުރާ، ގައިންގަޔަށް ނާރާ ބަލިތައް، ދުނިޔޭގެ އެންމެހައި ކަންކޮޅުތަކަށްވަނީ ފެތުރިފައެވެ. މީގެ ތެރެއިންވެސް، އިންސާނީ ދަރިފަސްކޮޅުގެ ދެމިއޮތުމަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަދި ނުރައްކަލަކީވެސް، އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން، ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ދުނިޔޭގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ ތެރެއިން، 13 މިލިއަންއަށް ވުރެ ގިނަ މީހުން މަރުވެގެންދަނީ، އެކަންކަމުން ސަލާމަތްވެވިދާނެ ފަދަ ތިމާވެށީގެ ތަފާތު ސަބަބުތައް މެދުވެރިވެގެންކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، މިޒަމާނުގެ ޢިލްމީ މަފްހޫމުގައި މާނަކުރާއިރު، ތިމާވެށީގެ ކޮންމެ މައްސަލައަކީ، އިންސާނުންގެ ޞިއްޙަތާ ގުޅިފައިވާ މައްސަލައެއްގެ ގޮތުގައި ބަލަންޖެހެއެވެ.

މިއީ ދިވެހިރާއްޖެ ފަދަ، މޫސުމީ ބަދަލުތަކަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ ޤައުމެއްގައި ދިރިއުޅޭ ހަމަ ކޮންމެ މީހަކުމެ، ފުންކޮށް ވިސްނައި ފިކުރު ހިންގަންޖެހޭ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ދުނިޔޭގެ ޞިއްހަތު ދުވަހަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ޝިޢާރު، Our Planet, Our Health (އަހަރެމެންގެ ގުރަހަ، އަހަރެމެންގެ ޞިއްޙަތު) ހަނދާންކޮށްދެނީ، އިންސާނުންގެ ޞިއްޙަތު ސަލާމަތްކުރުމަށްޓަކައި، ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރުމުގެ ބޭނުންތެރިކަމެވެ. ހަމައެފަދައިން މި ޝިޢާރު ސަމާލުކަމަށް ގެނެސްދެނީ، ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން، އިންސާނީ ދަރިފަސްކޮޅުގެ ދެމިއޮތުމަށް، ނުރައްކާތައް ކުރިމަތިވަމުންދާ މިންވަރަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންސާނުންނަށް މިބިންމަތީގައި ދެމިތިބެވޭނީ ކިހާ ދުވަހަކުތޯ ސުވާލު އުފެދޭ ދަރަޖައަށް، ދުނިޔޭގެ ތިމާވެށި ހަލާކުވެ، އަދިވެސް އިތުރަށް ހަލާކުވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު، ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި އިޢާދަވާއިރު، ގައިންގަޔަށް ނާރާ ނުރައްކާތެރި ބަލިތަކާ މެދު ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ޞިއްޙަތު ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީވެސް، އެ ދުވަސްވަރެއްގައި ޞިއްޙީ ގޮތުން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންކަމާ މެދު ހޭލުންތެރިކަން އިތުރުކޮށް، ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުމެވެ. ޢާންމު ޞިއްޙަތަށް އިތުރު ސަމާލުކަމެއް ދިނުމާއެކު، ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިކުރާ، ނުރަނގަޅު އާދަތައް ދޫކޮށްލުމަށްވެސް އިލްތިމާސްކުރައްވާކަމަށް ރައިސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

04 އެޕްރީލު 2018

މަހްލޫފް ގޭ ބަންދަށް ބަދަލު ކުރުމުން އެކަމަށް މަރުހަބާ އަދި ރައީސް މައުމޫން ވެސް މިހާރުން މިހާރަށް ގެއަށް ގެންނަވަން ޖެހޭ: ދުންޔާ މައުމޫން

04 އެޕްރީލު 2018
މަހްލޫފް ގޭ ބަންދަށް ބަދަލު ކުރުމުން އެކަމަށް މަރުހަބާ އަދި ރައީސް މައުމޫން ވެސް މިހާރުން މިހާރަށް ގެއަށް ގެންނަވަން ޖެހޭ: ދުންޔާ މައުމޫން
23 ފެބުރުއަރީ 2018

ބައްޕާފުޅަކީ ގައުމު ބިނާކުރުމަށް 30 އަހަރު ހޭދަކުރެއްވި ބޭފުޅެއް، މިހާރުން މިހާރަށް ދޫކޮށްލާ: ދުންޔާ

23 ފެބުރުއަރީ 2018
ބައްޕާފުޅަކީ ގައުމު ބިނާކުރުމަށް 30 އަހަރު ހޭދަކުރެއްވި ބޭފުޅެއް، މިހާރުން މިހާރަށް ދޫކޮށްލާ: ދުންޔާ
21 ފެބުރުއަރީ 2018

ބައެއް މެމްބަރުންނަށް މަޖިލީހަށް ވަޑައިގެންނެވުމަށް ހުރަސްއަޅަމުންދާތީ މެމްބަރުން މިއަދުވެސް ސުޕްރީމް ކޯޓަށް

21 ފެބުރުއަރީ 2018
ބައެއް މެމްބަރުންނަށް މަޖިލީހަށް ވަޑައިގެންނެވުމަށް ހުރަސްއަޅަމުންދާތީ މެމްބަރުން މިއަދުވެސް ސުޕްރީމް ކޯޓަށް
20 ފެބުރުއަރީ 2018

ބައެއް މެމްބަރުންނަށް މަޖިލީހަށް ވަޑައިގެންނެވުމަށް ހުރަސްއަޅަމުންދާތީ މެމްބަރުން ސުޕްރީމް ކޯޓަށް

20 ފެބުރުއަރީ 2018
ބައެއް މެމްބަރުންނަށް މަޖިލީހަށް ވަޑައިގެންނެވުމަށް ހުރަސްއަޅަމުންދާތީ މެމްބަރުން ސުޕްރީމް ކޯޓަށް
09 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ގަރާރުން އަޅަމުންދާ ފިޔަވަޅުތައް ބާތިލު: ވަކީލުން

09 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ގަރާރުން އަޅަމުންދާ ފިޔަވަޅުތައް ބާތިލު: ވަކީލުން
10 ޑިސެމްބަރު 2017

އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް މިނިވަން ޖުޑިޝަރީއެއް މުހިއްމު: ޖޭމްސް ޑޯރިސް

10 ޑިސެމްބަރު 2017
އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް މިނިވަން ޖުޑިޝަރީއެއް މުހިއްމު: ޖޭމްސް ޑޯރިސް
10 ޑިސެމްބަރު 2017

އިންސާނީ ހައްގުތައް ރައްކާތެރިކޮށް، ހިމާޔަތްކުރުމަށް ބޭނުންވާ މުހިއްމު ބިލްތަކެއް އަދިވެސް ފާސްނުކުރެވޭ: އެޗްއާރުސީއެމް

10 ޑިސެމްބަރު 2017
އިންސާނީ ހައްގުތައް ރައްކާތެރިކޮށް، ހިމާޔަތްކުރުމަށް ބޭނުންވާ މުހިއްމު ބިލްތަކެއް އަދިވެސް ފާސްނުކުރެވޭ: އެޗްއާރުސީއެމް
06 ޑިސެމްބަރު 2017

ކޭލަކުނަކީ ރާއްޖޭގެ ތިމާވެށިގެ ސަޤާފަތް ދައްކުވައިދޭ މަދު ތަންތަނުގެ ތެރެއިން އެއް ތަން: މައީދު

06 ޑިސެމްބަރު 2017
ކޭލަކުނަކީ ރާއްޖޭގެ ތިމާވެށިގެ ސަޤާފަތް ދައްކުވައިދޭ މަދު ތަންތަނުގެ ތެރެއިން އެއް ތަން: މައީދު
17 ސެޕްޓެމްބަރު 2017

ރާއްޖެ ލޭބަލް ވެގެން ގޮސްފައިވަނީ މުސްލިމުން ހިމާޔަތްކުރުމަށް ތާއީދު ނުކުރާ ގައުމެއްގެ ގޮތުގައި: އަދާލަތު

17 ސެޕްޓެމްބަރު 2017
ރާއްޖެ ލޭބަލް ވެގެން ގޮސްފައިވަނީ މުސްލިމުން ހިމާޔަތްކުރުމަށް ތާއީދު ނުކުރާ ގައުމެއްގެ ގޮތުގައި: އަދާލަތު
10 ޖޫން 2017

ފުލުހުން މިހާރަށްވުރެ ތަހުޒީބުވާން ވެއްޖެ: ޝިފާޒް

10 ޖޫން 2017
ފުލުހުން މިހާރަށްވުރެ ތަހުޒީބުވާން ވެއްޖެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް