Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުން

ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ހައި-ލެވެލް ޕެނަލް ޑިސްކަޝަންގައި ފަޒުނާ އަހުމަދު ބައިވެރިވެވަޑައިގެންފި

މިންތީގެ ހަމަހަމަކަމާއި، ތިމާވެށި ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅުތަކާއި ގުޅޭގޮތުން ކުޑަކުދިންނާއި ޒުވާން އުމުރުފުރައިގެ ކުދިންގެ އަޑު އެހުމަށް ޕްލެޓްފޯމެއް ޤާއިމުކުރުމަކީ ބޭނުންތެރިކަމެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 7 އެޕްރީލު 2022 | ބުރާސްފަތި 17:46
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ސައުތް އީސްޓް އޭޝިޔާގެ ރީޖަނަލް އޮފީހުން އިންތިޒާމްކޮށްގެން މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް "ވީ ދަ ޕީޕަލް އެންޑް އަވަރ ޕްލެނެޓް: ހެލްތީ، ރެސިލިއެންޓް، ސަސްޓެއިނަބަލް" ގެ ނަމުގައި ބޭއްވެވި ހައި-ލެވެލް ޕެނަލް ޑިސްކަޝަންގައި ޗީފް ގެސްޓް ގެހައިސިއްޔަތުން ބައިވެރިވެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިތުރުން މި ޕެނަލް ޑިސްކަޝަންގައި އެކި ޤައުމުތަކާއި ޖަމާޢަތްތައް ތަމްސީލުކުރައްވާ މަތީ ފަންތީގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިޕެނަލްގައި ފަޒުނާ ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވިދާޅުވީ މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންނާއި ޒުވާން އުމުރުފުރައިގެ ކުދިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ ސަރވޭއިން ހާމަވި އެންމެ މުހިންމު އެއްޗަކީ މިހާރުން މިހާރަށް ތިމާވެށި ރައްކާތެރިކުރުމަށް ފިޔަވަޅު އަޅައިފިނަމަ ތިމާވެށްޓަށް ލިބެމުންދާ ގެއްލުން ވަރަށް ބޮޑުތަން ކުޑަކުރެވޭނެކަމަށް އެކުދިން ޤަބޫލުކުރާ ޤަބޫލުކުރުމެވެ. ތަޢުލީމު އުނގަންނައިދޭ ބޭފުޅެއްގެ ހައިޞިއްޔަތުން އެކަމަނާ ވަނީ ކުދިންގެ ޚިޔާލުތަކާއި، ކަންބޮޑުވުންތަކާއި، އިޙްސާސްތައް އަޑުއެހުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ވެސް އެކަމަނާ ވިދާޅުވިގޮތުގައި، އެ ސަރވޭއިން ހާމަވި އަނެއްކަމަކީ މީހުންގެ ދިރިއުޅުމުގެ ފެންވަރަށް ބިނާވެ، ތިމާވެށްޓާ ގުޅޭގޮތުން ކުދިންގެ މެދުގައިވާ 'ނޮލެޖް ގެޕް' އެވެ. އަދި، އެކަމަނާ ދެކިވަޑައިގަންނަވާގޮތުގައި މި 'ނޮލެޖް ގެޕް' ގުޅުވާލުމަށް ބޭނުން ކުރެވޭނެ އެންމެ ރަނގަޅު ފާލަމަކަށް ސްކޫލްތައް ހެދޭނެކަމުގައި ވިދާޅުވިއެވެ.

ފަޒުނާ އިތުރަށް ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ވަނީ ހުރިހާ އުމުރުފުރަޔަކަށް ވެސް ތިމާވެށީގެ ކަންކަމުގައި ގުޅިގެން މަޝްވަރާކުރުމަށްފަހު އެދެވޭ ޙައްލުތަކެއް ހޯދުމަށް މަޝްވަރާކުރެވޭނެ ޕްލެޓްފޯމެއް ހޯދައިދިނުމުގެ މުހިންމުކަން ހާމަކުރައްވާފައެވެ. އަދި، އެކަމަނާ ވަނީ ތާޖުއްދީން ސްކޫލްގެ ޕްރިންސިޕަލްއަކަށް އުޅުއްވި ދުވަސްވަރު ކުޑަކުދިންނާ ގުޅޭ ގިނަ ކަންކަން ދަސްވެވަޑައިގެންނެވިކަމަށާއި، އެ ފިލާވަޅުތަކުގެ އަލީގައި އެކަމަނާ ޤަބޫލުފުޅު ކުރައްވާގޮތުން ތިމާވެށީގެ ކަންކަމުގައި ކުޑަކުދިންގެ މަޢުލޫމާތު މުއްސަނދިކަމުގައި ވިދާޅުވެ އެކުދިންގެ ޚިޔާލާއި މަޝްވަރާ ތިމާވެށީގެ ކަންކަން ނިންމުމުގައި ހޯދޭނެކަމުގައި ވިދާޅުވެފައެވެ.

ފަޒުނާ ވިދާޅުވީ ސާރވޭގައި ބުނާގޮތުން ތިމާވެށްޓާއި ގުޅިގެން ކުދިން ކަންބޮޑުވި ނަމަވެސް އެކުދިން ތިމާވެށި ރައްކާތެރިކުރުމަށް ޝައުޤުވެރިވެ އެކަމަށް މަސައްކަތް ކުރަން ބޭނުންވެއެވެ.

ފަޒުނާ ވަނީ މިންތީގެ ހަމަހަމަކަމާއި، ތިމާވެށި ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅުތަކާއި ގުޅޭގޮތުން ކުޑަކުދިންނާއި ޒުވާން އުމުރުފުރައިގެ ކުދިންގެ އަޑު އެހުމަށް ޕްލެޓްފޯމެއް ޤާއިމުކުރުމަކީ ބޭނުންތެރިކަމެއްގެ ގޮތުގައި ވިދާޅުވެފައެވެ. އަދި، އެކުދިންނަށް ފުރުޞަތު ފަހިކޮށްދީފި ނަމަ އަޅުގަނޑުމެން ފެންނަން ބޭނުންވާ ބަދަލު އެކުދިންނަަށް ގެނެސްދެވޭނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ކުޑަކުދިންނާ ޒުވާން އުމުރުފުރައިގެ ކުދިންނަށް ފަޒުނާ ދެއްވެވި މެސެޖުގައި ވަނީ އެކަމަނާއަށް އެކުދިންގެ ވާހަކަތަކާއި ކަންބޮޑުވުންތައް އަޑުއިވި ވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ. އަދި، ކުޑަކުއްޖެއްގެ ނަޒަރުން ދުނިޔެ ދުށުމަކީ ބޮޑެތި މީހުންނަށް ލިބޭ ޝަރަފެއްކަމުގައި ވިދާޅުވަމުން އެކަމަނާ ވިދާޅުވީ ބޮޑެތި މީހުން ކުޑަކުދިންގެ ވާހަކަތައް ކަނުލާ އަޑުއަހަންވާނެ ކަމުގައެވެ.

ސިޔާސަތު ކަނޑައަޅުއްވާ ބޭފުޅުންނަށް ފަޒުނާ ދެއްވެވި މެސެޖުގައި ވަނީ ކުޑަކުދިންނަށް ތިމާވެށީގެ ސަބަބުން ކުރިމަތިވާ ފިކުރުތައް ކުޑަކުރުމަށް ދުރު ރާސްތާ ޕްލޭންތައް ތައްޔާރުކޮށް ތަންފީޒުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެކަމަނާ ވަނީ ރާއްޖޭގެ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުމަށް ސްކޫލްތަކުން ފެށި ޕްރޮގްރާމް ޤައުމީ ސިޔާސަތަކަށް ވެއްޖެކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް ފަޒުނާ ވަނީ ސިޔާސަތު ކަނޑައެޅުމުގައި އަންހެނުން ބައިވެރިވުމަކީ ދެމެހެއްޓެނިވި ޙައްލުތަކެއް އަންނަ ކަމެއްކަން ފާހަގަކުރައްވައި، ތިމާވެށީގެ ކަންކަމުގައި އަންހެނުންގެ ބައިވެރިވުމާއި، ލީޑަރޝިޕް އިތުރުކުރުމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.

ކޮންމެ އަހަރަކު އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ފާހަގަކުރަމުންދާ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މިއަހަރުގެ ޝިއާރަކީ "އަވަރ ޕްލެނެޓް، އަވަރ ހެލްތެ" މިއެވެ. ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރަނީ 1948 ވަނަ އަހަރު ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ އުފެދުނު ތާރީޚް ފާހަގަކުރުމުގެ ގޮތުންނެވެ. 

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު