Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓުބޯޅަ

އަފްޣާނިސްތާން އަތުން ރާއްޖެ ބަލިވެއްޖެ

މި މެޗުން ރާއްޖެ ބަލިވީ 2-1 ގެ ނަތީޖާއަކުން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 7 ޖޫން 2017 | ބުދަ 15:59
އަފްގާނިސްތާނާއި ދެކޮޅަށް ކުޅުނު ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު

އަފްގާނިސްތާނާއި ދެކޮޅަށް ކުޅުނު ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާއި ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން އަފްގާނިސްތާނާއި ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުން ރާއްޖެ ބަލިވެއްޖެއެވެ.

އެކުވެރި އަރަބި އިމާރާތުގެ ދުބާއީގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗުން ރާއްޖެ ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ރާއްޖޭގެ ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ކުޅެފައި ނުވާއިރު، މެޗަށް ނިކުތުމުގެ ކުރީގައިވެސް ކޯޗް ޑަރެން ސްޓެވާޑް ވަނީ މެޗުގެ ނަތީޖާއަށް ނުވިސްނާނެ ކަމަށް ބުނެފައެވެ. މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޯޗް ބުނެފައި ވަނީ، މެޗުގައި ބޭނުންވަނީ ނަތީޖާއަށް ބަލަން ނޫން ކަމަށާއި، މުހިންމީ ކުޅުންތެރިން ވަޒަންކުރުން ކަމަށެވެ.

އަންގާރަ ދުވަހުގެ ރޭގެ މެޗުގައި ގާއުމީ ޓީމުގެ މުހިންމު ބައެއް ކުޅުންތެރިން ކަމަށްވާ، ފޯވާޑް އަސަދުﷲ އަބްދުﷲ އާއި ޑިފެންޑަރު އަމްދާން އަލީ އަށް ފުރުސަދު ދީފައެއް ނުވެއެވެ. ވެލެވޭ ގޮތުގައި މާޒިޔާއަށް ނިސްބަތްވާ މި ދެ ކުޅުންތެރިންނަށް ފުރުސަތު ދީފައިނުވަނީ އޭއެފްސީ ކަޕުގައި ދާދި ފަހުން ކުޅެފައިވާތީ ރިކަވަރ ވާން ވަގުތު ދިނުމުގެ ގޮތުންކަމަށް ބެލެވެއެވެ. މި ދެ ކުޅުންތެރިންގެ ބަދަލުގައި ފެނިގެންދިޔައީ ފޯވާޑް ގްރީން ސްޓްރީޓްގެ އަހުމަދު ރަޝީދު އާއި އީގަލްސްގެ ޑިފެންޑަރު އަހުމަދު ޒާދުއެވެ.

އަންގާރަ ދުވަހުގެ ރޭގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ފެނިގެންގޮސްފައިވަނީ ރަނގަޅު ކުޅުމުކެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައިވަނީ ވެސް އަފްޣާނިސްތާނުންނެވެ. މި ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަސަން އަމީނެވެ. އޭނާ އެ ލަނޑު ކާމިޔާބުކޮށްފައިވަނީ، އަފްޣާނުގެ ކުޅުންތެރިއެއް ފޮނުވާލި ބޯޅައެއް ރާއްޖޭގެ ޑިފެންޑަރެއް ބްލޮކް ކުރަން އުޅުމުގެ ތެރޭގައި މުޅިން ހުސްކޮށް ހަސަން އަމީނަށް ލިބުނު ފުރުސަތަކުންނެވެ.

މި ލަނޑަށް ފަހުގައި ރާއްޖެ ޓީމުން ވަނީ ކުޅުން އިތުރަށް ވަރިގަދަ ކޮށްފައެވެ. އެގޮތުން މާ ގިނައިރުތަކެއް ނުވަނީސް ރާއްޖެއިން ވަނީ ލިބުނު ރަނުގެ ފުރުސަތެއްގެ ބޭނުން ހިފައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. 41 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބުކޮށްދީފައިވަނީ އަލީ ފާސިރު (ސެންޓޭ) އެވެ.

އަފްގާނިސްތާން މެޗުން މޮޅުވި ލަނޑު އެޓީމުން ކާމިޔާބުކޮށްފައި ވަނީ 62 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޮމިދް ޕޮޕެލްޒޭ އެވެ.

އެކުވެރިކަމުގެ މި މެޗަށް ފަހު ރާއްޖޭގެ ޓީމުން ދެން ދާނީ ބެންކޮކަށެވެ. ބެންކޮކުގައި ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންދިއުމަށްފަހު މިމަހުގެ 11 ވަނަ ދުވަހު ބޫޓާނަށް ދާނެއެވެ. ބޫޓާނާއި ދެކޮޅަށް ކުޅޭ އޭޝިއަން ކަޕް ކޮލިފައިން މެޗް އޮންނާނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ފަލަސްތީން އަތުން 3-0 ގެ ނަތީޖާއަކުން ރާއްޖެ ވަނީ މާލޭގައި ބަލިވެފައެވެ. ރާއްޖެ ހިމެނޭ ގުރޫޕުގައި ދެން ކުޅުނު މެޗުން ބޫޓާން އާއި ވާދަކޮށް އޮމާން އިން ވަނީ 14-0 އިން މޮޅުވެފައެވެ. އޭޝިއަން ކަޕަށް ކޮލިފައިވާނީ ހޯމް އެންޑް އަވޭ އުސޫލުން ކުޅުމަށްފަހު ގްރޫޕުގެ އެންމެ ކުރި ހޯދާ ދެ ގައުމެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު