Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ އިގުތިސާދީ ކާރިސާ

ލަންކާއިން 1 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރކުރަންޖެހޭ: އަލީ ސަބްރީ

7 އެޕްރީލު 2022 | ބުރާސްފަތި 16:22

ލަންކާއިން ދައްކަންޖެހޭ 1 ބިލިއަން ޑޮލަރުގެ ސޮވެރިން ދަރަނި މި ޖުލައި މަހަށް ހަމަވާނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 7 އެޕްރީލު 2022 | ބުރާސްފަތި 16:22
ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރެއްވުނުތާ އެއް ދުވަސް ފަހުން އަލީ ސަބްރީ ވަނީ މަގާމުން އިސްތިއުފާދެއްވާފައި

ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރެއްވުނުތާ އެއް ދުވަސް ފަހުން އަލީ ސަބްރީ ވަނީ މަގާމުން އިސްތިއުފާދެއްވާފައި

މިޖުލައި މަހު ހަމަވާ އެއް ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ކުރަންޖެހޭކަމަށް އެންމެފަހުން ލަންކާގެ ފިނޭންސް މިނިސްޓަރުކަމަށް އައްޔަނުކުރެއްވި އަލީ ސަބްރީ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ލަންކާގެ މަޖިލީހުގައި ވާހަކަދައްކަވަމުން ސަބްރީ ވަނީ, ސަރުކާރު ބަދަލުކުރުމަށް ގޮވާލާ ގޮވާލުންތައް ހުއްޓާލުމަށްފަހު ހަމަވަމުންދާ ދަރަނިތައް ރީސްޓަރަކްޗަރ ކުރުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އެގޮތުން ދައުލަތުން ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރުގެ ސޮވެރިން ދަރަނި މި ޖުލައި މަހަށް ހަމަވާކަން ފާހަގަކުރައްވައި, އިގުތިސާދު ހަމައަކަށް އެޅުވުމަށް މި ދަރަނި ރީސްޓްރަކްޗަރކުރަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަލީ ސަބްރީ ވަނީ މިދަރަނި އަދާކުރުމަށް އެހީ ލިބޭތޯ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އަށް ވެސް ދާންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ވޯރލްޑް ބޭންކާއި އޭޑީބީގެ އެހީވެސް ބޭނުންވާކަމަށް ވިދާޅުވިއެވެ. މިއެހީތައް ބޭނުންނަމަ ގައުމުގައި ސިޔާސީ ހަމަޖެހުން ބޭނުންވާކަމަށާއި މި ހަމަޖެހުން ނެތްނަމަ މަޝްވަރާތައް ކުރަން ދާނީ ކޮންބައެއްތީ އޭނާ ވަނީ ސުވާލުއުފައްދަވާފައެވެ.

ނަމަވެސް އިދިކޮޅުން އަދިވެސް ގޮވާލަމުންދަނީ ރައީސް ގޮތަބަޔާ ސަރުކާރުގެ އިސްތިއުފާއަށެވެ.

މިމޭރުމުން އަލީ ސަބްރީ ވާހަކަދައްކަވާފައިވާއިރު، ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރެއްވުނުތާ އެއް ދުވަސް ފަހުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް އޭނާގެ އިސްތިއުފާ ރައީސް ގޮތަބަޔާ ރަސްމީކޮށް ބަލައިގެންނެވިތޯ އަދި ސާފެއް ނުވެއެވެ. އޭނާ އިސްތިއުފާ ދީފައި މިވަނީ ލަންކާއަށް އެހީވުމަށް އައިއެމްއެފްއާ ބައްދަލުކުރުމުގެ މުއްދަތު ކައިރިވެފައިވަނިކޮށެވެ.

މިހަފުތާގެ ކުރީކޮޅު, ގުޅިފައިވާ ސަރުކާރެއް ގާއިމުކޮށް ގައުމު ވެއްޓިފައިވާ އަނދަވަޅުން އަރައިގަންނަށް މަސައްކަތްކުރުމަށް ރައީސް ގޮތަބަޔާ ރާޖަޕަކްސް ހުށަހެޅުއްވި ހުށަހެޅުމަށް ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގެން ބައެއް މެމްބަރުންނާއި އިދިކޮޅުން ވަނީ ނޫނެކޭ ބުނެފައެވެ. މިހުށަހެޅުން ހުށަހަޅުއްވާފައި ވަނީ ސަރުކާރުގެ ކެބިނެޓް އިސްތިއުފާދެއްވި ފަހުންނެވެ.

ލަންކާގެ ފޮރިން ރިޒަރވް ހުސްވެ ލަންކާ ރުޕީސްގެ އަގު ވެއްޓެމުންދާ މިދަނޑިވަޅުގައި ބޮޑެތި ދަރަނިތަން އަދާކުރަންޖެހޭ މުއްދަތުތައް ކައިރިވަމުންދާތީ ލަންކާގެ ސަރުކާރަށް ގޮތްހުސްވަމުންދާކަމަށް އެގައުމުގެ ހާލަތު ދިރާސާކުރަމުންދާ އެނަލިސްޓުން ދަނީ ބުނަމުންނެވެ.

ލަންކާ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައިވީނަމަވެސް ކޮވިޑް-19ގެ ސަބަބުން ޓޫރިޒަމަށް އައި ލޮޅުމާއެކު އެގައުމުގެ އިގުތިސާދަށް ވަނީ ބޮޑަށް އަސަރުކޮށްފައެވެ. އައިއެމްއެފް ފަދަ އިދާރާތަކުން އެހީ ބޭނުންވާނަމަ ލަންކާގެ ޕޮލިސީތަކަށް ބަދަލުގެންނަންޖެހޭ ކަމަށާއި, މި ބަދަލުތަކަކީ ކުރު މުއްދަތުގައި ގޮންޖެހުންތަކަކާ ކުރިމަތިކުރުވާނެ ބަދަލުތަކަކަށްވީނަމަވެސް އިގުތިސާދު އަލުން ކޮޅަށް ޖަހައި އާރާސްތު ކުރުމަށް މިބަދަލުތައް ގެނައުން މުހިންމުކަމަށް މާހިރުން ބުނެއެވެ.

ޖޭޕީ މޯގަން އެނަލިސްޓުން ވަނީ މިއަހަރު ލަންކާގެ ގްރޮސް ޑެޓް ސަރވިސިންގ 7 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކޮށްފައެވެ. މިހާރު ލަންކާގެ ކަރަންޓް އެކައުންޓް ޑެފިސިޓް ހުރީ 3 ބިލިއަން ޑޮލަރުގައެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހަށް އެޅި އިރު ލަންކާގެ ފޮރިން ރިޒަރވް ހުރީ 2.31 ބިލިއަން ޑޮލަރުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

29 އޯގަސްޓު 2017

ލަންކާއިން ބްރެޒިލްއަށް ކަނޑައަޅުއްވާފައިވާ ސަފީރާ ދެކޮޅަށް ދައުވާ ހުށަހަޅައިފި

29 އޯގަސްޓު 2017
ލަންކާއިން ބްރެޒިލްއަށް ކަނޑައަޅުއްވާފައިވާ ސަފީރާ ދެކޮޅަށް ދައުވާ ހުށަހަޅައިފި
09 ޖުލައި 2017

ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި

09 ޖުލައި 2017
ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި
29 މެއި 2017

ސްރީ ލަންކާއިން ބައިނަލްއަގުވާމީ އެހީތެރިކަަމަށް އެދިއްޖެ

29 މެއި 2017
ސްރީ ލަންކާއިން ބައިނަލްއަގުވާމީ އެހީތެރިކަަމަށް އެދިއްޖެ
21 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!

21 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!
14 މެއި 2017

އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

14 މެއި 2017
އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
05 އެޕްރީލު 2017

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017
ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
25 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލީ އެންމެ 90 ޑޮލަރުގެ ޑީލަކަށް

25 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލީ އެންމެ 90 ޑޮލަރުގެ ޑީލަކަށް
20 ފެބުރުއަރީ 2017

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

20 ފެބުރުއަރީ 2017
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް