Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ސީޒަން 2

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ފުރަތަމަ އެޕިސޯޑު ދެއްކުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެރޭ (މިރޭ) 11:00 ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 އެޕްރީލު 2022 | ބުރާސްފަތި 09:51
ރާއްޖެޓީވީން ގެނެސްދޭ ރިއަލިޓީ ޝޯވް "ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް" ގެ ދެވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑުގެ ޓްރެއިލަރ ވަނީ އާންމުކޮށްފައި

ރާއްޖެޓީވީން ގެނެސްދޭ ރިއަލިޓީ ޝޯވް "ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް" ގެ ދެވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑުގެ ޓްރެއިލަރ ވަނީ އާންމުކޮށްފައި

ރާއްޖެޓީވީއިން ގެނެސްދޭ ރިއަލިޓީ ޝޯވް "ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް" ގެ ދެވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑުގެ ޓްރެއިލަރ އާންމު ކޮށްފައިވާއިރު، އެ ޓްރެއިލަރ އަށް ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ.

ބުދަ ދުވަހުގެރޭ މި ޓްރެއިލަރ އާންމުކޮށްފައިވާއިރު، ފުރަތަމަ އެޕިސޯޑު ދެއްކުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެރޭ (މިރޭ) 11:00 ގައެވެ.

55 ސިކުންތުގެ މި ޓްރެއިލަރ މިހާރު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އާންމު ކޮށްފައިވާއިރު، ޓްރެއިލަރ އިން ފެނިގެންދަނީ ފުރަތަމަ އެޕިސޯޑުގެ އެލިމިނޭޝަން ރައުންޑްގެ މަންޒަރުތަކެކެވެ. އެގޮތުން 90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެއް ބައިވެރިއަކު އެލިމިނޭޓް ކުރަންކަމަށް ޕްރޮގްރާމްގެ ހޯސްޓް އިއުލާނުކުރާ މަންޒަރު ފެނެއެވެ. ނަމަވެސް އެއީ ކާކުކަން ޓްރެއިލަރ އަކުން ނޭނގެއެވެ.

މި ޓްރެއިލަރ ގައި ދެން ފެނިގެން ދަނީ ކަނޑުމަތީގެ ޙާދިސާއެއްގެ ތެރޭގައި ބައިވެރިން އުޅޭ މަންޒަރެވެ. ކޮންމެވެސް ކަމެއް ދިމާވެގެން ބައިވެރިން ލައިފް ޖެކެޓުގައި ކަނޑަށް ފުންމާލާ މަންޒަރުވެސް ފެނިގެންދެއެވެ. އޭރު ބައިވެރިން ތިބި ދޯނީގެ ތެރެއިން ހަޅޭކުގެ އަޑުވެސް އިވިގެންދެއެވެ.

އެމްއެންޑީއެފްގެ ޑޯނިއަރ ހެލިކޮޕްޓަރު އެ ޙާދިސާ ހިނގައިގެން އުޅޭ ތަނަށް ދާ މަންޒަރުވެސް ޓްރެއިލަރ އިން ފެނެއެވެ. ހަމައެއާއެކު، މި މުބާރަތް ކުރިއަށްދާ ލ ބަރެސްދޫއާއި، އެ ސަރަޙައްދުގެ ހިތްގައިމު މަންޒަރުތައްވެސް ޓްރެއިލަރ އިން ފެނެއެވެ.

ޖުމުލަ 11 ފަންނާނުންނާއެކު މި އަހަރު ކުރިއަށްގެންދާ މި ރިއަލިޓީ ޝޯވް އަކީ މިދިޔަ އަހަރު ގެނެސްދިން ޝޯވ އަށްވުރެ ފެންވަރު ރަނގަޅުކޮށް ގެނެސްދިނުމަށް ހަމަޖެހިފައިވާ ޝޯވް އެކެވެ.

މިއަހަރުގެ ޝޯވް ގައި ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރިންގެ އިތުރުން، މޮޑެލިންގ ދާއިރާއިން މަޝްހޫރު ފަރާތްތަކާއި، ޓީވީ ޝޯވް ހުށައަޅައިދޭ ފަރާތްތައްވެސް ބައިވެރިވެއެވެ. އެގޮތުން ރިޝްމީ، އައްޒަ، ފުބޫ، ރޯމަން، ދޮނާ، އިފްނާޒް އަދި ފަރީލާގެ އިތުރުން، މޮޑެލިންގ ދާއިރާގައި ޙަރަކާތްތެރިވާ ނޫރު އަދި ޓީވީ ޝޯވް ހުށައެޅުންތެރިންގެ ތެރެއިން ޝަބާ އަދި ސުހާ އާއި، ކޮރިއޯގްރަފީގެ ދާއިރާއިން މަޤްބޫލު ރިޗާރޑު މިފަހަރުގެ ސީޒަންގައި ފެނިގެންދާނެއެވެ.

އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ރާއްޖެޓީވީން އުފައްދާ ރިއަލިޓީ ޝޯވް ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ސީޒަން 2 ގެ މެއިން ހޯސްޓެއްގެ ގޮތުގައި ފެނިގެންދާނީ ރާއްޖެޓީވީގެ ޕްރޮގްރާމް ހެޑް އަދި ރާއްޖޭގެ މަޤްބޫލު ޕްރެޒެންޓަރެއް ކަމަށްވާ އާމިރު ސަލީމްއެވެ. އަދި ކޯ ހޯސްޓެއްގެ ގޮތުގައި އެމްއެންޑީއެފްގެ ބޭކަނބަލެއްކަމަށްވާ ހައްވާ ނަޖްލާ ފެނިގެންދާނެއެވެ.

ލ އަތޮޅު ބަރެސްދޫ އަދި އެ ސަރަޙައްދުގެ ބައެއް ފަޅު ރަށްރަށާއި މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި މި ޝޯވްގެ ޓާސްކުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޝޯވްގެ ޝޫޓިންގ މިހާރު އެއްކޮށް ނިންމާލާފައިވާއިރު، މި ޝޯވް އިން އެއްވަނައަށް އަންނަ ފަރާތެއް ކަނޑައެޅިގެންދާނީ ބެލުންތެރިންގެ އެސްއެމްއެސް ވެސް ހިމެނިގެންނެވެ.

ސެލެބްރިޓީ ރޭހަކީ ސަރވައިވަލް ޝޯވއެއްގެ ގޮތުގައި ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ޝޯވ އެވެ. މި ޝޯވް ގެ ފުރަތަމަ ސީޒަން ކުރިއަށް ގެންދިޔައީ ދ. އަތޮޅުގެ 11 ފަޅު ރަށެއްގައެވެ.

ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ލިބިގެން ދިޔަ މި ޝޯވ ގެ ފުރަތަމަ ސީޒަންވެސް ފޭސްބުކް މެދުވެރިކޮށް 3 ލައްކައަށްވުރެ ގިނަ މީހުން ބަލާފައިވެއެވެ.

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2018

އުފެދުމުގައި ވެސް ބާތިލް ކުއްލި ނުރައްކަލު ހާލަތަށް ރައްޔިތުން ދިނީ ހޫނު ރައްދެއް، ސަރުކާރު ލަދުގަންނުވާލައިފި!

17 ފެބުރުއަރީ 2018
އުފެދުމުގައި ވެސް ބާތިލް ކުއްލި ނުރައްކަލު ހާލަތަށް ރައްޔިތުން ދިނީ ހޫނު ރައްދެއް، ސަރުކާރު ލަދުގަންނުވާލައިފި!
30 ސެޕްޓެމްބަރު 2017

އެކަކު އަނެކަކު ކޮށާ ނަގަނީ، ބަދުނާމުގެ އިނގިލި ދިއްކުރަން ނުތިބެ ޒިންމާ އަދާކުރޭ!

30 ސެޕްޓެމްބަރު 2017
އެކަކު އަނެކަކު ކޮށާ ނަގަނީ، ބަދުނާމުގެ އިނގިލި ދިއްކުރަން ނުތިބެ ޒިންމާ އަދާކުރޭ!
05 ސެޕްޓެމްބަރު 2017

މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

05 ސެޕްޓެމްބަރު 2017
މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!
07 އޯގަސްޓު 2017

އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟

07 އޯގަސްޓު 2017
އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟
18 ޖުލައި 2017

މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ޖަލްސާ ބޭއްވިޔަ ނުދޭނެ!؟

18 ޖުލައި 2017
މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ޖަލްސާ ބޭއްވިޔަ ނުދޭނެ!؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު