Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭސީސީގެ މަސައްކަތްތައް

އަމާޒަކީ ނަތީޖާ ނެރެވޭތާކަށް އޭސީސީ ހެދުން: އޭސީސީގެ ރައީސް

7 އެޕްރީލު 2022 | ބުރާސްފަތި 02:54

ކުރު ރާސްތާ އަމާޒުތަކެއް 6 ދާއިރާއަކުން ކަނޑައަޅާފައިވާކަމަށް ޝާމިލް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 އެޕްރީލު 2022 | ބުރާސްފަތި 02:54
އޭސީސީގެ ރައީސް އާދަމް ޝާމިލް

އޭސީސީގެ ރައީސް އާދަމް ޝާމިލް

އަލަށް އެކުލަވާލެވުނު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އަމާޒަކީ ނަތީޖާ ނެރެވޭ ތާކަށް އޭސީސީ ހެދުންކަމަށް އެކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި އޭސީސީގެ މަސައްކަތްތައް ރާވާލާފައިވާ ގޮތާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޝާމިލް ވިދާޅުވީ، އެންމެ ފުރަތަމަ ކޮމިޝަނާއި ހަވާލުވެވަޑައިގަތުމަށްފަހު ކޮމިޝަންގެ މެމްބަރުން ކުރެއްވި މަސައްކަތަކީ ހަމަ އެދުވަހު އޭސީސީގެ މުވައްޒަފުންނާއި ބައްދަލުކުރެއްވުން ކަމަށެވެ. އެއަށްފަހު ހުރިހާ ޑިޕާޓްމަންޓްތަކާއި ޔުނިޓްތަކުން ޕްރެޒެންޓޭޝަންތައް ތައްޔާރުކޮށް އޭސީސީގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ކޮމިޝަންގެ މެމްބަރުންނާއި ހިއްސާކުރި ކަމަށް ޝާމިލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެހެންކަމުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ކުރެއްވި މަސައްކަތަކީ، އޭސީސީގެ ހާލަތު ދެނެގަތުމަށް ކުރެއްވި މަސައްކަތްތަކެއް ކަމަށާއި އެގޮތުގެ މަތިން ކޮމިޝަންގެ ވޭތުވެދިޔަ މާޒީގައި ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރު ރާސްތާ އަމާޒުތަކަށް މަސައްކަތް ކުރެވޭނެ ގޮތްތަކެއް މިހާރު ހޯއްދަވާފައިވާކަމަށް ޝާމިލް ވިދާޅުވިއެވެ.

އަދި ކުރު ރާސްތާ އަމާޒުތަކެއް 6 ދާއިރާއަކުން ކަނޑައަޅާފައިވާކަމަށް ޝާމިލް ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ އޭސީސީއާއި މެދު ފާއިތުވި ދުވަސްތަކުގައި ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. ޚާއްސަކޮށް ކޮރަޕްޝަނާއި ގުޅުންހުރި ކަންކަން ތަހުގީގުކުރުމުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށް ޝާމިލް ވިދާޅުވިއެވެ.

އޭސީސީން މަސައްކަތްކުރަނީ ރައްޔިތުންނަށްޓަކައި ކަމަށާއި އެހެންކަމުން މަސައްކަތްތައް ބައްޓަންކުރާނީވެސް އެމަގުންކަމަށް ޝާމިލް ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ އޭސީސީގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ފަންނީ ގާބިލްކަމާއި ވަސީލަތްތަކުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ޝާމިލް ވިދާޅުވިއެވެ.

ޒަމާނާއި އެއްގޮތަށް އޭސީސީގެ މަސައްކަތްތައް ބައްޓަންކުރުމަށް ޑިޖިޓަލައިޒްވާން ޖެހޭކަމަށާއި ކޮރަޕްޝަންގެ ކުށްތައް ހިންގާ ގޮތް ދެނެގަނެ، ކުށް ކުރުމުގެ ކުރިން އެކަމުން ރައްކާތެރިކުރެވޭނެ ގޮތްތަކަށް މަސައްކަތްތައް ބައްޓަންކުރަންޖެހޭކަމަށް ޝާމިލް ވިދާޅުވިއެވެ. އެކަންކުރެވެން އޮތީ އޭސީސީ އެހެން ގޮތަކަށް ބައްޓަންކޮށްގެން ކަމަށާއި ނަތީޖާ ނެރެވޭތާކަށް އޭސީސީ ބަދަލުކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވާކަމަށް ޝާމިލް ވިދާޅުވިއެވެ.

މިކަންކަމަށް އެކި ފަރާތްތަކުގެ އެހީތެރިކަން އޭސީސީއަށް ބޭނުންވާއިރު އެމަސައްކަތްތައް މިހާރު ކުރައްވަމުންގެންދަވާކަމަށްވެސް ޝާމިލް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް