Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ތަކެތީގެ އަގު

މި ރޯދަ މަހު ވެސް ތަކެތީގެ އަގު އެއްމިންވަރެއްގައި ހިފެހެއްޓުމަށް ސަރުކާރުން މަސައްކަތްކުރޭ

އެގްރޯނެޓުން ބާޒަރަށް ގިނަ އަދަދެއްގެ ކަރާ ނެރެފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 5 އެޕްރީލު 2022 | އަންގާރަ 11:45
ލޯކަލް މާރުކޭޓް

ލޯކަލް މާރުކޭޓް

ރޯދަ މަސް ފެށުމާއެކު ތަރުކާރީއާއި މޭވާގެ އިތުރުން އެހެނިހެން ބާވަތްތަކަށް އޮންނަ ޑިމާންޑް ބޮޑުވެގެންދެއެވެ. މިއާއެކު ބާޒާރުގައި ލިބެން ނެތް ތަކެތީގެ އަގު އިންތިހާއަށް އުފުލިގެންދެއެވެ. މި ރޯދަ މަހަށް ބެލިކަމުގައިވިއަސް, ބާޒާރުގައި އެންމެ ލިބުން ދަތި ނުވަތަ އަގު އުފުލިފައިވާ އެއްޗެއްގެ ގޮތުގައި ފާހަގަވެގެން މިދަނީ ލުނބޮޔާއި ކެބެޖް އަދި މިރުހެވެ.

ރާއްޖެއަށް ލުނބޯ ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ބާޒާރުގައި ލުނބޯގެ އަގުވަނީ ވަރަށް ބޮޑުވެފައެވެ. ބާޒާރުމަތިން ލުނބޯ ކިލޯއެއް ވިއްކަމުންދަނީ 120 ރުފިޔާއާއި 150 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. ސަރުކާރުން ވަނީ މި ރޯދަ މަހު ވެސް ރައްޔިތުންނަށް ތަކެތީގެ އަގު އެއްހަމައެއްގައި ފޯރުކޮށްދޭނެކަމަށް ވައުދުވެފައެވެ. މިއާއެކު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން ވަނީ ލުނބޯ ކިލޯއެއް 45 ރުފިޔާއަށް ވިއްކަން ފަށާފައެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން 45 ރުފިޔާއަށް ލުނބޯ ކިލޯ ލިބެން ހުންނާނެކަމަށް އެ ކުންފުނިން ބުނެއެވެ. އެސްޓީއޯއިން ބުނީ ކޮންމެ މީހަކަށް ވިއްކާނީ ލުނބޯ ކިލޯއެއްގެ މަގުން ކަމަށެވެ. އަދި އެ ކުންފުނީގެ އެގްރިސެންޓަރުން މީހަކަށް 3 ކިލޯގެ ރޭޓުން ލުނބޯ ވިއްކަމުންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މީގެއިތުރުން ކަރާގެ އަގު ވެސް އެއް ހަމައެއްގައި ހިފެއްޓުމަށް ސަރުކާރުން ވަނީ, ރޯދަ މަސް ފެށުމުގެ ކުރިން ވެސް މަސައްކަތް ފަށާފައެވެ. ސަރުކާރުގެ ދަނޑުވެރިކަމާބެހޭ ކުންފުނިކަމުގައިވާ އެގްރޯނެޓުގެ ފަރާތުން މިއަހަރުގެ ރޯދަމަހަށް އަމާޒުކޮށްގެން ގިނަ ޢަދަދެއްގެ ކަރާ ހެއްދުމަށްފަހު ބާޒާރަށް ވަނީ ނެރެން ފަށާފައެވެ. އެގޮތުން ރަމަޟާން މަހުގެ ފުރަތަމަ ދުވަހު 5 ޓަނު ކަރާ، ދެވަނަ ދުވަހު 1.5 ޓަނު ކަރާ، ތިން ވަނަ ދުވަހު 3 ޓަނު ކަރާ ވަނީ ބާޒާރަށް ނެރެފައެވެ. އަދި މިހަފުތާގެ ތެރޭގައި އިތުރު 10 ޓަނު ކަރާ ބާޒާރަށް ނެރުމަށް މިހާރު ވަނީ ތައްޔާރު ކުރެވިފައިވާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ. އަދި އެކި ދުވަސްތަކަށް ބަހާލައިގެން ޖުމްލަ 117 ޓަނު ކަރާ އެގްރޯނެޓުގެ ފަރާތުން ރަމަޟާން މަހު ބާޒާރަށް ނެރޭނެކަން ވަނީ ހާމަކޮށްފައެވެ.

ދަނޑުވެރިކަމުގެ ބާވަތްތަކުގެ އުފެއްދުންތެރިކަން އިތުރުވެފައި ވާތީ، އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ރަމަޟާންމަހު ބާޒާރުގައި ކަރާގެ އަގު އާދަޔާ ޚިލާފަށް ބޮޑު ނުވެ ހިފެހެއްޓިފައިވަނީ މި ސަބަބަށްޓަކައި ކަމަށްވެސް އެގްރޯނެޓުން ބުނެފައިވެއެވެ.

އެގްރޯނެޓުން ބުނީ ކަރާގެ އިތުރުން ބަރަބޯ، ބަޓާނާ، ތޮރާ، ކިއުކަންބާ، ފަޅޯ އަދި ފަތްކޭލުގެ ބާވަތްތައް ގިނަ އަދަދަކަށް ބާޒާރަށް ނެރެން ނިންމާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އަތޮޅުތައް 5 ސަރަހައްދަކަށް ބަހާލެވިގެން، މުޑުވައްކުރާ ދުވަހުން ފެށިގެން ތަކެތި ބާޒާރަށް ނެރުމާ ހަމައަށް ދުރާލައި އިންތިޒާމްކުރެވިގެން ހިންގޭ ދަނޑުވެރިކަމުގެ އާމޮޑެލްގެ ދަށުން, ދަނޑުވެރިކަން ކުރުމަށްޓަކައި 707 ފަރާތަކުން ދަނޑުވެރިކަން ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ. ދަނޑުވެރިކަން ފެށުމަށްޓަކައި ދެވޭ ސްޓާޓަރ ޕެކް 276 ފަރާތަކަށް ވަނީ ދޫކުރެވިފައިވާއިރު 273 ފަރާތަކުން މިހާރު ވެސް އަމަލީގޮތުން ދަނޑުވެރިކަންކުރާކަމަށް އެގްރޯނެޓުން ބުނެއެވެ.

އެގްރޯނެޓުން ވެސް ގިނަ މަސައްކަތްތަކެއް ފަށާފައިވާއިރު ރޯދަ މަހު އާންމުކޮށް ބޭނުންކުރާ ތަކެތީގެ އަގު އުފުލިގެން ދިޔަނުދިނުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅައެވެ. އެގޮތުން ޝިޕްމަންޓްތައް ގެންނަ މިންވަރުވެސް އިތުރުކުރެއެވެ. މި ރޯދަ މަހު ވެސް ސަރުކާރުން އަމާޒު ހިފާފައިވަނީ ތަކެތީގެ އަގު އެއް މިންވަރެއްގައި ހިފެހެއްޓުމަށެވެ.  

ކޮމެންޓް

އިތުރަށް ކިޔާލަން

އައިފޯން 8: އެޕަލްގެ އެންމެ އަގު ބޮޑު ފޯނު

އައިފޯން 8: އެޕަލްގެ އެންމެ އަގު ބޮޑު ފޯނު

04 ޖޫން 2017
ތަކެތީގެ އަގު ރަނަށް، ރައްޔިތުން ރަތަށް

ތަކެތީގެ އަގު ރަނަށް، ރައްޔިތުން ރަތަށް

01 ޖޫން 2017
ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި

ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި

30 މެއި 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

26 މެއި 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު