Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެކްސީ ޑްރައިވަރު ޤާސިމްގެ މަރު

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރު: އިތުރު ހެއްކެއްގެ ހެކިބަސް ނަގައިފި

މިހާރު ކުރިއަށްދަނީ ހެކިންގެ ހެކިބަސް ނެގުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 އެޕްރީލު 2022 | އަންގާރަ 07:11
ގާސިމްގެ މަރުގެ މައްސަލަ: މިމައްސަލައިގައި ދައުވާ އުފުލާފައިވަނީ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ މައްޗަށް

ގާސިމްގެ މަރުގެ މައްސަލަ: މިމައްސަލައިގައި ދައުވާ އުފުލާފައިވަނީ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ މައްޗަށް

ޓެކްސީ ޑްރައިވަރު، 59 އަހަރުގެ ގާސިމް ހަސަން މަރާލި މައްސަލައިގައި، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ، ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމު މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ.

މި މައްސަލައިގައި 20 މާރޗު 2022 ގައިވެސް އަޑުއެހުމެއް ބޭއްވިއެވެ. އެ އަޑުއެހުމުގައިވެސް ވަނީ ދައުލަތުން ހުށައަޅާފައިވާ 3 ހެއްކެއްގެ ހެކިބަސް ނަގާފައެވެ.

އަންގަރަ ދުވަހުގެ އަޑުއެހުމުގައި ފުރަތަމަ ވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޝަރީފުލް އިސްލާމް ހެކިވެރިއެއްގެ ގޮތުގައި ހާޒިރުކޮށްފައެވެ. އޭނާ ވަނީ އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެ، ހެކިބަސް ދީފައެވެ.

ދެން މި އަޑުއެހުމުގައި ހާޒިރުކުރަން ނިންމާފައިވާ ހެކިވެރިޔާ ހާޒިރު ކުރެވިފައެއް ނުވެއެވެ. ވުމާއެކު ދައުލަތުން ވަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުން މި މަރުޙަލާގައި ކުރިއަށްދާއިރު، އޭނާ ހާޒިރުކުރުމަށް އިތުރު ފުރުސަތަކަށް އެދިފައެވެ.

ގާޒީ ވަނީ ހެކިވެރިން ހާޒިރުކުރަން ދީފައިވާ ތާރީޚުތަކާއި އެއްގޮތަށް ހެކިން ހާޒިރުކޮށްދިނުމަށް ކުރިއަށް އޮތް ތަނުގައި ސަމާލުކަން ދިނުމަށް އެދިވަޑައިގަންނަވާފައެވެ.

ގާސިމް މަރާލާފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯަޓްކޮށްފައިވަނީ 2019 ވަނަ އަހަރު ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 21:07 ހާއިރުއެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު