Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިމަރަފުށީ ހަރުކަށި ފިކުރު

ތިމަރަފުށީ ހަރުކަށި ފިކުރު: އިންޓެލް ރިޕޯޓު ސިއްރު ނުކޮށްދިން މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް

އިންޓެލިޖެންސް ރިޕޯޓުތަކަކީ އޭގެ ޒާތުގައި މުޖުތަމައަށް ސިއްރުކޮށްފައި އޮންނަ އެއްޗެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 އެޕްރީލު 2022 | ހޯމަ 09:38
ތ. ތިމަރަފުށީގައި ހަރުކަށި ފިކުރުފަތުރާ، ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުކުރެވޭ މީހުން

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރުފަތުރާ، ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުކުރެވޭ މީހުން

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރާ، ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ފުލުހުން ތައްޔާރު ކޮށްފައިވާ އިންޓެލިޖެންސް ރިޕޯޓު ސިއްރުކޮށް ނުދިން މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި 22 މާރޗު 2022 ގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައަޑުއެހުމުގައި އޮތީ ދައުލަތުން ހުށައަޅާފައިވާ ހެކި ރައްކާތެރި ކުރުމާގުޅޭ އަމުރާމެދު ގޮތެއް ނިންމެވުމެވެ. ދައުލަތުން ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދެއްވުމަށް ހުށައެޅުއްވި ހެކިތަކުގެ ތެރޭގައި 14 އިންޓެލިޖެންސް ރިޕޯޓަކާއި، 8 އެނެލިޓިކަލް ރިޕޯޓުތަކެއް ހިމެނެއެވެ.

މި ރިޕޯޓުތައް ޝަރުތުތަކަކާއެކު ޝަރީއަތް މެދުވެރިކޮށް ބެލޭނެ ގޮތް ހެދުމަށް ދައުލަތުން އެދެއެވެ. އެކަމާއި ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވެފައިވަނީ، އިންޓެލިޖެންސް ރިޕޯޓުތަކަކީ އޭގެ ޒާތުގައި މުޖުތަމައަށް ސިއްރުކޮށްފައި އޮންނަ އެއްޗެއް ކަމަށާއި، އެ ނަކަލު ކުރުމަށްފަހު ދޫކޮށްފިނަމަ މުޖުތަމައަށް ބޭރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ނަމަވެސް ގާޒީ ވަނީ މި ރިޕޯޓުތަކުގައި ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ފަދަ މައުލޫމާތެއް ނެތްކަމަށް ވިދާޅުވެ، އެ ހެކިވެސް ހާމަކުރެއްވުމަށް ނިންމަވާފައެވެ. ގާޒީ ވަނީ އިންޓެލިޖެންސް ރިޕޯޓު ޝަރީއަތަށް އައިސް ބެލުމާއި، ވަކީލުންގެ އަތަށް ދޫކުރުމާ މެދު ވަކި ތަފާތު ނަތީޖާއެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ޖުމުލަ ގޮތެއްގައި މި މައްސަލައިގައި ދައުލަތުން ހެކި ރައްކާތެރި ކުރުމަށް އެދި ހުށައަޅާފައިވާ ގިނަ ހުށައެޅުންތައް އެ ދުވަހު ނިމިގެން ގޮސްފައިވަނީ ދައުލަތުން އެދިފައިވާ ގޮތާއި ދެކޮޅަށެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

މި މައްސަލައިގައި އިންޓެލް ރިޕޯޓު ސިއްރު ނުކުރެއްވުމަށް ގާޒީ ނިންމެވުމުން، އެ ދުވަހު ދައުލަތުން ވަނީ އެ ނިންމެވުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެކަން ހާމަކުރައްވާފައެވެ. އަދި ކްރިމިނަލް ކޯޓުގެ ނިންމުން މުރާޖާ ކުރަން ހުށައަޅުއްވާނެކަމަށްވެސް ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު, އަދި މި މައްސަލައިގެ ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާ ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވެފައިވެއެވެ.

އެގޮތުން ފުރަތަމަ އަޑުއެހުން ހޯމަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، ފުރަތަމަ އަޑުއެހުން ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވާނުލައެވެ. އެހެންނަމަވެސް، މީޑިއާތަކުން އަޑުއެހުމުގައި ބައިވެރިވުމާމެދު ދައުލަތުން އިއުތިރާޒު ނުކުރާތީ، މީޑިއާތަކަށް އަޑުއެހުމުގައި ބައިވެރިވުމުގެ ފުރުސަތު ފަނޑިޔާރުންގެ ބެންޗުން ދެއްވިއެވެ.

މި އަޑުއެހުމުގައި ދައުވާ ލިބޭ ފަރާތްތަކުން ވަނީ ވަކީލަކު ބޭނުންވާކަން ފާހަގަކޮށްފައެވެ. ވުމާއެކު، ފަނޑިޔާރުންގެ ބެންޗުން ވަނީ ވަކީލުން އައްޔަނު ކުރެއްވުމަށް ފުރުސަތެއް ދެއްވާފައެވެ. އަދި އަންގާރަ ދުވަހު މި މައްސަލައިގެ އަޑުއެހުން އޮންނާނެކަން ފަނޑިޔާރުން ފާހަގަ ކުރެއްވިއެވެ. އެ އަޑުއެހުމަށްވާއިރު ދައުވާލިބޭ ފަރާތްތަކުން ވަކީލުން ހަމަޖައްސާފައި ނެތްނަމަ، ވަކީލުންނާއި ނުލައި ކުރިއަށް ގެންދާނެކަމަށްވެސް ފަނޑިޔާރުން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

08 ޖުލައި 2017

ހުރިހާ ސިޔާސީވެރިންގެ ވިސްނުމާ ފިކުރު ހުންނާނީ ވެރިކަމަށް އައުމަށް: ފަލާޙް

08 ޖުލައި 2017
ހުރިހާ ސިޔާސީވެރިންގެ ވިސްނުމާ ފިކުރު ހުންނާނީ ވެރިކަމަށް އައުމަށް: ފަލާޙް
07 ޖުލައި 2017

ރައީސް ޔާމީން ރިޝްވަތު ދެއްވިއަސް ޖާއިޒު، އެހެން މީހަކު އެކަން ކޮށްފިނަމަލަނީ ޖަލަށް: ތިމަރަފުށީ މުސްތަފާ

07 ޖުލައި 2017
ރައީސް ޔާމީން ރިޝްވަތު ދެއްވިއަސް ޖާއިޒު، އެހެން މީހަކު އެކަން ކޮށްފިނަމަލަނީ ޖަލަށް: ތިމަރަފުށީ މުސްތަފާ
28 މެއި 2017

ހުކުރު ދުވަހުން ފެށިގެން ތިމަރަފުށީގައި ކަރަންޓެއް ނެތް، ގެއެއްގައި ވަނީ ރޯވެފައި

28 މެއި 2017
ހުކުރު ދުވަހުން ފެށިގެން ތިމަރަފުށީގައި ކަރަންޓެއް ނެތް، ގެއެއްގައި ވަނީ ރޯވެފައި
22 މެއި 2017

ހުކުމްތަކާއި ނިންމުންތަކުގެ ރޫހަށް ބަދަލު އަންނަ ގޮތަށް ރިޕޯޓު ނުކުރުމަށް ޝައުރީ ދައިރާއިން އެދިއްޖެ!

22 މެއި 2017
ހުކުމްތަކާއި ނިންމުންތަކުގެ ރޫހަށް ބަދަލު އަންނަ ގޮތަށް ރިޕޯޓު ނުކުރުމަށް ޝައުރީ ދައިރާއިން އެދިއްޖެ!
20 މެއި 2017

ޔާމީންގެ ބައްޕަ އިންޑިއާގައި – ބޭނުންވަނީ ހަރުކަށި ފިކުރު ނައްތާލުމަށް އެހީ

20 މެއި 2017
ޔާމީންގެ ބައްޕަ އިންޑިއާގައި – ބޭނުންވަނީ ހަރުކަށި ފިކުރު ނައްތާލުމަށް އެހީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު