Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝަރުއީ ދައިރާ

ހުކުމްތަކާއި ނިންމުންތަކުގެ ރޫހަށް ބަދަލު އަންނަ ގޮތަށް ރިޕޯޓު ނުކުރުމަށް ޝައުރީ ދައިރާއިން އެދިއްޖެ!

ހެޑްލައިން ލިޔުމުގައިވެސް ކޯޓުތަކުގެ ހުކުމްތަކަށް އޮޅުން ނާރަނެ ގޮތަށް ރިޕޯޓް ކުރުމަށް ވަނީ އެދިފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 22 މެއި 2017 | ހޯމަ 18:38
ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓު

ކޯޓުތަކުން ނިންމާ ހުކުމްތަކާއި ނިންމުންތަކުގެ ރޫހަށް ބަދަލު އަންނަ ގޮތަށް ރިޕޯޓު ނުކުރުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެދެފި އެވެ.

ސުޕްރީމް ކޯޓުގެ ދަށުން ހިންގާ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، ޝަރުއީ ކޯޓުތަކުން ކުރާ ހުކުމްތަކާއި ނިންމުންތައް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ރިޕޯޓްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ. އެގޮތުން ހުކުމްތަކާއި ނިންމުންތަކުގެ މަފްހޫމް އޮޅޭގޮތަށް ރިޕޯޓު ނުކުރުމަށް ވަނީ އެދިލައްވާފަ އެވެ. އަދި ހުކުމްތަކާއި ނިންމުންތަކުގެ ރޫހަށް ބަދަލު އަންނަ ގޮތަށް ރިޕޯޓްނުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މީޑިއާގެ އިދާރާތަކަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

Advertisement - newsAdvertisement

އެފަދަ ލިޔުންތަކުގެ ސުރުހީ ތަކަކީވެސް މާނަ ނޯޅޭނެ ފަދަ ގޮތަކަށް ނުވަތަ ކޯޓުތަކުން ނިންމި ނިންމުންތަކުގެ ރޫހަށް އަސަރު ނުކުރާނެ، މިންގަނޑަށް ފެތޭ ސުރުހީއަކަށް ވުން މުހިއްމު ކަމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެ އެވެ.

މީގެ އިތުރުން ލިޔުންތަކުގެ ކޮންޓެންޓް ތައްޔާރުކުރުމުގައި، ހުކުމް ނުވަތަ ނިންމުމުގައި ހިމެނޭ ކަންތައްތަކަށް ބަދަލު ނާންނާނޭގޮތެއްގެ މަތިން ކޮންޓެންޓް ތައްޔާރުކުރުމަށް އެ އިދާރާއިން ވަނީ އަންގާފަ އެވެ. އަދި ހުކުމްތަކާއި ނިންމުންތައް ފުރިހަމައަށް ރިޕޯޓްކުރުމަށް ވެސް އިލްތިމާސްކުރުމަށް އެ އިދާރާއިން އިލްތިމާސްކުރެ އެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިފަދަ އެއްގުމެއް މީޑިޔާތަކަށް އަންގާފައިވާ އިރު މީގެ ކުރިން ކްރިމިނަލް ކޯޓުންވެސް ވަނީ އެފަރާތުގެ ނިންމުންތަކާއި ހުކުމްތައް ގެނައުމުގައި މީޑިޔާތައް ސަމާލުވުމަށް އެދިފަ އެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު