Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އުދައްޔުގެ މަރުގެ މައްސަލަ

އުދައްޔުގެ މަރު: ހުރިހާ ދައުވާއެއްވެސް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ

އެންމެންވެސް ދައުވާއަށް އިންކާރު ކުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 އެޕްރީލު 2022 | ހޯމަ 08:09
އަހްމަދު އުދައްޔު، 17، މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތައް

އަހްމަދު އުދައްޔު، 17، މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތައް

ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ އެރަށު ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ޝަރީއަތުގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ގއ. މާމެންދޫ، ރިހިފަރުދާގެ، އަޙުމަދު ޝަމީމްއާއި، ގއ. މާމެންދޫ، ބިލަތްމާގެ، ޝަރަފު ރަޝީދުއާއި، ގއ. މާމެންދޫ، ގުލްފާމުގެ، މުޙައްމަދު މާޒިންގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާވެސް އުފުލާފައެވެ.

Advertisement - newsAdvertisement

އަދި 18 އަހަރު ނުފުރޭ ކުއްޖެއްގެ މައްޗަށްވެސް ދައުވާ އުފުލައި، ޖުވެނައިލް ކޯޓުގައި ޝަރީއަތް ކުރިއަށްދެއެވެ.

މި މައްސަލައިގައި ހޯމަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި އޮތީ ދައުވާ ސާފުކޮށްދިނުމާއި، ދައުވާ އިއްވައި ޖަވާބުދާރީވުމެވެ.

އަޙުމަދު ޝަމީމް:

މި އަޑުއެހުމުގައި އެންމެ ފުރަތަމަ ވަނީ އަޙުމަދު ޝަމީމްގެ މައްޗަށް ދައުވާ އިއްވާފައެވެ. ދައުލަތުން ބުނާ ގޮތުގައި އޭނާއަކީ މާރާމާރީގެ ތެރެއިން އުދައްޔުގެ ބޮލަށް ގަލަކުން ޙަމަލާދިން މީހާއެވެ. ވުމާއެކު އޭނާގެ މައްޗަށް ޤަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އިއްވާފައިވާއިރު، މި ދައުވާއަށް ދިފާއުން ވަނީ އިންކާރުވެސް ކޮށްފައެވެ.

ދިފާއުން އިންކާރު ކުރުމާއެކު، ދައުލަތުން ވަނީ ހެކި ހާމަކޮށްފައެވެ. އެއަށްފަހު ދިފާއުންވެސް ހެކި ހާމަކޮށްފައިވާއިރު، އުދައްޔުއާ ދެމެދު ހިނގީ ޒުވާބެއް ކަމަށާއި، އެ ޒުވާބަށްފަހު ޝަމީމް ގޭތެރެއަށް ވަތް ކަމަށް ސާބިތުކޮށްދޭން ވަނީ 7 ހެއްކެއް ހުށައަޅާފައެވެ. ދިފާއީ ވަކީލު ވިދާޅުވާ ގޮތުގައި އުދައްޔުއަށް ޙަމަލާ ދިނުމުގެ ސަބަބުން އޭނާ ވެއްޓުނުއިރުވެސް ޝަމީމް އެތަނުގައެއް ނުހުންނާނެއެވެ. އޭރު ޝަމީމް ހުރީ ގޭތެރޭގައިކަން ސާބިތުކޮށްދިނުމަށް އެވަގުތު ގޭތެރޭގައި ތިބި އޭނާގެ އާއިލާ މެމްބަރުންވެސް ހެކީގެ ގޮތުގައި ހުށައަޅުއްވާނެކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

އޭނާގެ މައްޗަށް ކުރާ ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއަށްވެސް އޭނާ އިންކާރު ކުރެއެވެ. އެ ދައުވާއާއި ގުޅިގެންވެސް ދެފަރާތުން ވަނީ ހެކި ހާމަކޮށްފައެވެ.

ގާޒީ އަލީ ނަދީމް ވަނީ މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއްކަމަށް ކަނޑައަޅުއްވާފައެވެ. އަދި މި ދައުވާތަކާއި ގުޅިގެން ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ގާޒީ ވަނީ 15 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

ޝަރަފު ރަޝީދު:

މި މައްސަލައިގައި ޝަރަފުގެ މައްޗަށްވެސް ދައުވާ އިއްވާފައިވާއިރު، ޝަރަފުގެ މައްޗަށްވެސް އުފުލާފައިވަނީ ޤަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. މި ދެ ދައުވާއަށް ދިފާއުން ވަނީ އިންކާރު ކޮށްފައެވެ.

ޝަރަފުގެ ފަރާތުން ދައުވާއަށް އިންކާރު ކުރުމާއެކު، ދައުލަތުން ވަނީ ހެކި ހާމަކޮށްފައެވެ. އަދި ޝަރަފު ރަޝީދުގެ ވަކީލު ނިޝާން އިބްރާހިމް ވަނީ ދިފާއީ ހެކި ލިޔުމުން ހުށައެޅުމަށް ވަގުތު ބޭނުންވާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މި މައްސަލައިގައި ހެކި ހާމަ ކުރެވޭ މިންވަރަށް އެކަށީގެންވާ ވަގުތު ދެވިފައިވާކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ. އެގޮތުން މި މައްސަލައިގެ އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 12 ޖެނުއަރީ 2022 ގައެވެ.

ގާޒީ ވަނީ ލިޔުމުން ހެކި ހުށައެޅުމަށް ދިފާއަށް 2 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. އަދި މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށް ކަނޑައަޅުއްވައި ގާޒީ ވަނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް 15 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

މުޙައްމަދު މާޒިން:

ދައުލަތުން ވަނީ މާޒިންގެ މައްޗަށްވެސް އެ ދެ ދައުވާ ކޮށްފައެވެ. އަދި ދެ ދައުވާއަށްވެސް މާޒިންގެ ފަރާތުން ވަނީ އިންކާރު ކޮށްފައެވެ. ވުމާއެކު، ދައުލަތުން ވަނީ ހެކި ހާމަކޮށްފައެވެ.

އޭގެ އިތުރުން، މާޒިންގެ ފަރާތުން ވަނީ ދައުވާއިން ދިފާއުވުމަށް 7 ހެއްކެއް ހުށައަޅުއްވާނެކަމަށް ވިދާޅުވެފައެވެ. ވުމާއެކު، އެ ހެކިން ހުށައެޅުމަށް 2 ދުވަހުގެ މުއްދަތެއް ދެއްވައި ގާޒީ ވަނީ މި ދައުވާތަކަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާތަކެއް ކަމަށް ކަނޑައަޅުއްވައި، ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް 15 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

ދެން މި މައްސަލައިގައި އޮންނާނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައަޅައި، އެއާމެދު ވާހަކަ ދެއްކުމަށް ބާއްވާ އަޑުއެހުމެކެވެ. އެ އަޑުއެހުން އޮންނާނީ މެއި މަހުގެ 18 ވަނަ ދުވަހުގެ 13:00 ގައެވެ.

8 ފެބުރުވަރީ 2021 ދުވަހުގެ ރޭ ގއ. މާމެންދޫގައި، ހިންގި މާރާމާރީގައި، އުދައްޔުއާއި އޭނާގެ ބޭބެ ފިރުޝާން ޒާހިރުއަށް ޖިސްމާނީގޮތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. އެ ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށް އުދައްޔު މަރުވެފައިވާއިރު، އޭނާ ވަޅުލާފައިވަނީ އިންޑިއާއަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހެދުމަށްފަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު