Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނަމާލް ރާޖަޕަކްސަ

ނަމާލް ރާޖަޕަކްސަ އިސްތިއުފާ ދެއްވައިފި

ނަމާލް ރާޖަޕަކްސަ އިސްތިއުފާ ދެއްވާފައިވާކަން އިއުލާންކުރައްވާ ޓުވީޓެއް ކުރެއްވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 4 އެޕްރީލު 2022 | ހޯމަ 02:29
ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި ނަމާލް ރާޖަޕަކްސަ

ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި ނަމާލް ރާޖަޕަކްސަ

ސްރީލަންކާގެ ސްޕޯޓްސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ނަމާލް ރާޖަޕަކްސަ އޭނާ ހަވާލުވެ ހުންނެވި ސަރުކާރުގެ ހުރިހާ މަގާމަކުން އިސްތިއުފާ ދެއްވައިފިއެވެ.

ނަމާލް ރާޖަޕަކްސަ ވަނީ އިސްތިއުފާ ދެއްވާފައިވާކަން އިއުލާންކުރައްވާ ޓުވީޓެއް ވެސް ކުރައްވާފައެވެ. މި ޓުވީޓުގައި ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަން ރައީސްގެ ސެކްޓްރީއަށް އަންގަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ހަމަޖެހުމާއި ލަންކާ ސަރުކާރަށް ވެސް ހަމަޖެހުން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ނަމާލް ރާޖަޕަކްސައަކީ ލަންކާގެ މިނިސްޓްރީ އޮފް ޑިޖިޓަލް ޓެކްނޮލެޖީ އެންޑް އެންޓަޕްރައިސް ޑެވެލޮޕްމެންޓުގެ މިނިސްޓަރު ވެސް މެއެވެ.

ނަމާލް އިސްތިއުފާ ދެއްވާފައިވާއިރު ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާދެއްވާނެކަމުގެ އަޑުތަކެއް ވެސް ފެތުރިގެން ދިޔައެވެ. އެހެންނަމަވެސް އެވާހަކަތަކަކީ ދޮގެއްކަމަށް ބޮޑުވަޒީރުގެ މީޑިޔާ ސެކެޓްރީ ވަނީ ކަށަވަރުކޮށްދީފައެވެ.

އެގޮތުން ލަންކާގެ ނޫހެއް ކަމަށްވާ ނިއުސްފަސްޓް އިން ރިޕޯޓުކޮށްފައިވާ ގޮތުން ބޮޑުވަޒީރު ރާޖަޕަކްސަ މަގާމުން އިސްތިއުފާދެއްވަނީ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އެނޫހުން ސުވާލުކުރުމުން ބޮޑުވަޒީރުގެ މީޑިޔާ ސެކެޓްރީ ވަނީ އެކަން ސީދާ އެނޫހަށް ދޮގުކުރައްވާފައެވެ.

ނަމަވެސް ބޭރުގެ ބައެއް މީޑިއާތަކުން ކުރިން ރިޕޯޓުކޮށްފައިވާ ގޮތުން ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ ވަނީ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައެވެ. އަދި މިއީ ސްރީލަންކާގެ ސިޔާސީ މަސްރަހަށް ހަމަޖެހުން ގެނެސް ސިޔާސީ ޕާޓިތަކާއި ސަރުކާރާއި ދެމެދު އުފެދިފައިވަ ނުތަނަވަސްކަން ނައްތާލައި ގައުމު ވެއްޓިފައި އޮތް އަދަވަޅުން އަރައިގަންނަން ކުރަންޖެހޭ ކަންތައްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ބޮޑުވަޒީރު ނިންމެވި ނިންމެވުމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ލަންކާގެ އިގުތިސާދީ ހާލަތު ގޯސްވެ އެގައުމުގެ ބޭރު ފައިސާ ރިޒާވް އެއްކޮށް ހުސްވެފައިވާއިރު، އެގައުމަށް ވަނީ ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައެވެ. ކާބޯތަކެއްޗާއި، ބޭހާއި، ގޭސް އަދި ތެލުގެ އަގު އިންތިހާއަށް މައްޗަށް އަރާފައިވާއިރު، އާންމުންގެ ނުރުހުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

މުޅި ގައުމުގެ މަސްރަހު ހަލަބޮލިވެފައިވާއިރު، ލަންކާ ސަރުކާރުން ވަނީ ބައެއް ސަރަހައްދުތަކުގައި ކާފިއުވެސް އިއުލާނުކޮށްފައެވެ. އިދިކޮޅު ޕާޓީތަކުގެ މެމްބަރުންނާއި އާންމުންގެ ގިނަ ބަޔަކު ދަނީ މަގުތަކަށް ނުކުމެ ސަރުކާރާއި ދެކޮޅަށް އަޑުއުފުލާ މުޒާހަރާ ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި

ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި

24 އެޕްރީލު 2017
ޔޫކޭ އިންޑިޕެންޑެންޓް ޕާޓީގެ ހަމައެކަނި މެމްރު ޕާޓީން އިސްތިއުފާދެއްވައިފި

ޔޫކޭ އިންޑިޕެންޑެންޓް ޕާޓީގެ ހަމައެކަނި މެމްރު ޕާޓީން އިސްތިއުފާދެއްވައިފި

26 މާރިޗު 2017
އޫބާގެ ރައީސް އިސްތިއުފާ ދެއްވައިފި

އޫބާގެ ރައީސް އިސްތިއުފާ ދެއްވައިފި

20 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު