Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބުންޑަސްލީގާ

ބަޔާން މޮޅުވިއިރު، 12 ކުޅުންތެރިން އެއްފަހަރާ ކުޅުނު

3 އެޕްރީލު 2022 | އާދީއްތަ 12:05

ބަޔާން މޮޅުވީ 4-1 ގެ ނަތީޖާއަކުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 3 އެޕްރީލު 2022 | އާދީއްތަ 12:05
ފްރެއިބާގް އާއި ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗުގެ ތެރެއިން

ފްރެއިބާގް އާއި ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗުގެ ތެރެއިން

ޖަރުމަނު ބުންޑަސްލީގާގައި އެސްސީ ފްރެއިބާގް އާއި ބައްދަލުކުރި މެޗުން ބަޔާން މިއުނިކް މޮޅުވިއިރު، އެޓީމުން ވަނީ ކުޑަ އިރުކޮޅަކަށް 12 ކުޅުންތެރިން ދަނޑަށް އަރުވައިގެން ކުޅެފައެވެ.

ފްރެއިބާގްގެ ދަނޑުގައި ހޮނިހިރު ދުވަހު ކުޅުނު މި މެޗު ބަޔާންއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވާއިރު ދެވަނަ ހާފުގައި ބަޔާންއަށް ލީޑު ނަގައިދިނީ ލިއޯން ގޮރެޓްޒްކާއެވެ. އޭގެ އިރުކޮޅެއް ފަހުން ފްރެއިބާގްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސާޖް ގިނާބްރީއެވެ. ބަޔާންއަށް އިތުރަށް ލީޑު ފުޅާ ކޮށްދިނީ ކިންގްސްލޭ ކޯމަންއެވެ.

ބަޔާންއިން 12 ކުޅުންތެރިން އެރުވީ މެޗުގެ 85 ވަނަ މިނެޓުގައެވެ. ބަޔާންއިން ދެ ބަދަލެއް އެވަގުތު ގެނައެވެ. ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރީ ނިކްލަސް ސުލޭ އާއި މާސެލް ސަބިޓްޒަރއެވެ. ނަމަވެސް ދަނޑުން ފައިބާފައިވަނީ ކޮރެންޓިން ޓޮލީސޯ އެކަންޏެވެ. ދެން ފައިބަން ހަމަޖެހިފައި އޮތީ ކޯމަންއެވެ. ނަމަވެސް ބަދަލު ރެފްރީއަށް އޮޅިގެން ނުބައި ނަންބަރެއް ދެއްކުމުން ކޯމަންއަށް ފައިބަން ނޭންގުނީ ކަމަށް ބަޔާންއިން ބުންޏެވެ.

މިކަން ރެފްރީއަށް އެނގުނީ ވީއޭއާރު މެދުވެރިކޮށް މެޗުގެ 87 ވަނަ މިނެޓުގައެވެ. އަދި މި މައްސަލަ އިތުރަށް ބެލުމަށް ގިނަ ވަގުތުތަކެއް ހޭދަކުރުމަށްފަހު މެޗުގެ ބާކީ ބައި ވަނީ ކުޅެފައެވެ. އިތުރު ވަގުތުގެ ގޮތުގައި 8 މިނެޓު ދެއްކިއިރު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުން މާސެލް ސަބިޓްޒާ ވަނީ އިތުރު ވަގުތުގެ 6 ވަނަ މިނެޓުގައި ލަނޑު ޖަހާފައެވެ.

މި މެޗުގައި 12 ކުޅުންތެރިން އަރުވައިގެން ބަޔާންއިން ކުޅުނު މައްސަލަ ބަލާނީ ޖަރުމަނުގެ ފުޓްބޯޅަ އެސޯސިއޭޝަނުންނެވެ. ބަޔާންގެ ނަތީޖާ ބަލައިނުގަނެ، ޓީމުން ޕޮއިންޓު އުނިކުރުމަކީވެސް އެކަށީގެންވާ ކަމެލެވެ.

ބަޔާންއިން މަސައްކަތް ކުރަމުން އަންނަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް ލީގު ކާމިޔާބު ކުރުމަށެވެ. ފާއިތުވި 9 ސީޒަންގައިވެސް ބަޔާންއިން ވަނީ ބުންޑަސްލީގާ ކާމިޔާބު ކޮށްފައެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

5

މާލޭގެ ގެއަކަށް ވަދެ ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލަ: ހައްޔަރު ކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް