Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހިޔާ ފުލެޓް ކުލީގެ ވާހަކަ ދައްކަވައިގެން މުއިއްޒު އުޅުއްވަނީ ފިތުނަ ފަސާދަ އުފައްދަވަން

ހިޔާ ފުލެޓުގެ ކުލި ފަސްކޮށްދޭނަމަ އެހެން ސޯޝަލް ހައުސިންތަކުގެ ކުލިވެސް ނެގުން ހުއްޓާލަން ޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 3 އެޕްރީލު 2022 | އާދީއްތަ 11:19
މާލޭސިތީ ގެ  މޭޔަރ ޑރ މުއިއްޒް

މާލޭސިތީ ގެ މޭޔަރ ޑރ މުއިއްޒް

އެންމެ ފުރަތަމަ ހިޔާ ފުލެޓް ގެ ތަޅުދަޑި މިދިޔަ އޮގަސްޓްމަހު ހަވާލު ކުރަން ފެށިއިރު، ތަން ފުރިހަމަކޮށް ނިންމުމަށް ކުލި ނުނަގާގޮތަށް ސެޕްޓެމްބަރުމަހުން ފެށިގެން ތިންަމަސްދުވަސް ދިނެވެ. އޭގެ ފަހުން އިތުރު އެއްމަސް ދިނެވެ. އެއާއެކު ކުލިދައްކަން ޖެހޭތާރީޚަކީ 1 ޖަނަވަރީ 2022 ކަމަށް ނިންމިއެވެ.ނަމަވެސް ދެންވެސް ގިނަބަޔަކަށް ތަންނިންމިފައި ނުވާތީ ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ފުރަތަމަ ތިންމަސްވެސް ހިޔާފްލެޓުން ކުލިނުނަގާ ގޮތަށް ހަމަޖައްސަވާދެއްވާފައެވެ.

މިހާރު، އެޕްރިލް 1ން ފެށިގެންވަނީ ވަނީ ކުލި ނަގަން ފަށާފައެވެ. ނަމަވެސް 7 މަސް ދުވަސް ދިޔައީ އެތަނުން ކުލި ނުނަގައެވެ.

އެތަނުން ކުލި ނުނަގާ އެ ކުލިން އެތަނުގެ ފިނިޝިން ނިންމަން ޖެހުނީ ކުރީ ސަރުކާރުން ކަންކަން ކޮށްފައި އޮތް ގޮތުގެ ސަބަބުންނެވެ. މިކަމުގައި، ކުލި ފަސްކުރަން ގޮވާލައްވަމުން ގެންދަވާ މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިކަމުގައި ރައްޔިތުންނަށް ހުރި ދަތިތަކާއި ތަކްލީފުތަކުގެ ފުރިހަމަ ޒިންމާ ނަންގަވަންޖެހެއެވެ. ހަވާލުކުރެވުނު ކަންކަން ފުރިހަމަ ނުކޮށް ދޫކޮށްލެއްވުމުގެ ނަތީޖާއަކީ ރައްޔިތުން ލައްކަ ލައްކައިން ހަރަދުކޮށް ދަރަނިވެރިވާން ޖެހުމެވެ.

7 މަހަށް ވުރެ ގިނަ ދުވަހަށް ކުލި ފަސްކުރެވުނު އިރުވެސް އެވާހަކަ ނުދައްކަވާ، ކުލީގެ މައްސަލައިގައި އެކަމުގެ އެންމެ ބޮޑު އިހުމާލެއް އޮތް މޭޔަރ މުއިއްޒު އެންމެ ފަހުން ވިދާޅުވަނީ ރައްޔިތުންގެ އަތްމަތި އެންމެ ބޮޑަށް ދަތިވެ، އެންމެ ބޮޑަށް ޚަރަދު ބޮޑުވާ ރަމަޟާން މަހު ހިޔާފްލެޓްގެ ކުލި ނަގަން ފެށުމަކީ އެތައްހާސް ޢާއިލާއަކަށް ނުހަނު ބޮޑު ތަކުލީފެއް ކުރިމަތިވެގެންދާނޭކަމެއް ކަމަށެވެ. އެހެންކަމުން މިނިންމުން ބަދަލުކޮށް ކުލި ދައްކަން ފަށަން ޖެހޭ ތާރީޚު އަދިވެސް ފަސްކޮށްދިނުމަށް ގޮވާލާކަމަށް މުއިއްޒު ވިދާޅުވިއެވެ.

ބައެއް މީހުން ބުނާގޮތުން ނަމަ މުއިއްޒު އުޅުއްވަނީ ފިތުނަ ފަސާދަ އުފައްދަވާށެވެ. އެއް މުއްދަތު ހަމަވާ އިރަށް އެހެން މުއްދަތެއް ވިދާޅުވުމާއި، އެހެން ކިޔާލަ ކިޔާލާ ހުރުން އެއީ އާންމުންގެ މެދުގައި ބަޔަކާއި ދޭތެރޭގައި ނަފްރަތު އުފެއްދުމަށް މުއިއްޒު ކުރައްވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު މިހާރު ގަބޫލުކުރެއެވެ.

ބައެއް މީހުން ބުނަނީ ސޯޝަލް ހައުސިންގ ފުލެޓްގައި އުޅެނީ ހަމައެކަނި ހިޔާ ފުލެޓް މީހުން ނޫން ކަމަށެވެ. މާލޭގައި މިފަދަ ފުލެޓްގައި ދިރިއުޅޭ މީހުން ބައިވަރު އެބަތިބި ކަމަށާއި، އެތައް ބަޔަކު ދިރިއުޅެނީ ކުލި ދައްކައިގެން ކަމަށެވެ. އަދި ރަމަޟާން މަސް މެދުވެރިވަނީ ވަކި ފުލެޓްތަކުގައި އުޅޭ މީހުންނަށް އެކަންޏެއް ނޫން ކަމަށާއި، ހަރަދު ހިނގަނީ ވަކި ފުލެޓްތަކުގައި އުޅޭ މީހުންގެ އަތުން އެކަންޏެއް ނޫން ކަމަށެވެ. މިފަދަ މައްސަލަ ތަކަކީ އިންސާފުވެރި ވާހަކަތަކެއް ދައްކާލަން ރަނގަޅު ކަންކަން ކަމަށް ގިނަ ބަޔަކު ދެކެއެވެ.

މީގެ އިތުރުން ސަރުކާރުންދޭ ފުލެޓްތަކުގައި ނޫޅުނަސް ރާއްޖޭގައި އުޅޭ ގިނަ މީހުންނަކީ ނުތަވަ މާލޭގައި އުޅޭ ގިނަ މީހުންނަކީ ކުއްޔަށް އުޅޭ މީހުންނެވެ. ތަންތަނަށް ބޮޑު ކުލި ދައްކައިގެން އުޅޭ މީހުންނަކީ ފުލެޓްތަކަށް ކުލި ދައްކާ މީހުންނަށްވުރެ ބޮޑު ކުއްޔެއް ދައްކާ މީހުންނެވެ. ބޮޑު ކުލީގައި ބޮޑު އަގުގައި އުޅޭ މީހުންނަކީ ފުލެޓްތަކުގައި ނޫޅޭ މީހުންނެވެ. ރަމަޟާން މަސް އެމީހުންނާއި ވެސް ބައްދަލުކުރެއެވެ. އަދި އެމީހުން ވެސް ރޯދަހިފައެވެ. ހަރަދުވެސް ކުރެއެވެ. ސަރުކާރަކުން ރޯދަ މަސް އައިސްގެ ލުއިދޭނަމަ މުޅި ރާއްޖޭގެ އެންމެނަށް އެކަހަލަ ލުއިދޭންވާނެއެވެ. ފުލެޓްތަކުގައި ނޫޅުނަސް ކުލި ދައްކައިދޭންވާނެއެވެ. އިންސާފަކީ ވެސް އެއީއެވެ.  

މުއިއްޒު ބޭނުންވެވަޑައިގަންނަވަނީ އެންމެން އެންމެނާ ޖައްސާ އެންމެން އެންމެންގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދައިގެން ކަންތައްތަކެއް ހިންގަވަންށެވެ. މިކަމާއި ގުޅިގެން އެހެނިހެން ފުލެޓްތަކުގައި އުޅޭ މީހުން ވެސް މި ވާހަކަ ދައްކަން ފަށައިފިއެވެ. ތިމަންނަމެންވެސް އުޅެނީ ފުލެޓްތަކަށް ކުލި ދީގެންނޭ، ތިމަންނާ މެންނަށް ވެސް ހަރަދު ބޮޑޭ، ރަމަޟާން މަހު ކުރަންޖެހޭ ކަންތައްތައް ގިނަ ކަމުގެ ޝަކުވާއެވެ.

ފުލެޓްތަކަށް ނުވަދެވި ތިބި މީހުންނަކީ ފުލެޓުގައި އުޅެން ބޭނުން ނުވެ ތިބި މީހުންނެއްވެސް ނޫނެވެ. މިފަހަރު ވެސް 7000 ފުލެޓަށް 21،000 މީހުން ކުރިމަތިލިއެވެ. ދެން އެތަނަށް ނުވަދެވުނު އެންމެންވެސް އުޅެނީ ތަންތަނުގައި ކުއްޔަށެވެ. އެމީހުންވެސް ވަރަށް ބޮޑު ހަރަދެއް ކުރެއެވެ. އެމީހުންނާއި ރަމަޟާން މަސް އައިސް ބައްދަލުވެސް ކުރެއެވެ. ހަރަދުވެސް ކުރަންޖެހެއެވެ.

މީގެ އިތުރުން ރަށްރަށުގައި މާލެ ނައިސް ތިބި މީހުންނަކީ ފުލެޓްގައި އުޅޭ ހިތް ނުވެގެން ތިބި ބައެއްވެސް ނޫނެވެ. އަދި އެމީހުންނަށް ވެސް މިއި ހަރަދުބޮޑު މަހެކެވެ. މި ހުރިހާ ކަމެއް މިހެން ހުއްޓާ މި ރަމަޟާން މަހު ކުލިނަގަނީއޭ ކިޔައިގެން އެ ދައްކަވަނީ ފިތުނަ ފަސާދު އުފައްދަން ދައްކަވާ ވާހަކަ ނޫން އެހެން ވާހަކައެއް ނޫނެނެވެ. އެގޮތަށް ވާނަމަ އާންމުކޮށް އެންމެންގެ ކުލި ސަރުކާރުން ދައްކަން ޖެހޭނެއެވެ. މި ރާއްޖޭގެ ކުލި ދައްކަންޏާ ހުރިހާ އެންމެންގެ ކުލި ދައްކަން ޖެހޭނެއެވެ. އިންސާފަށް ވާހަކަދައްކާނަމަ މިފަދައިން ދެއްކުން އެންމެ ރަނގަޅެވެ.

ހިޔާ ފުލެޓަކީ، މުއިއްޒު ޕީޕީއެމަށް ކެމްޕެއިން ކުރާ އެއްޗަކަށް ހަދައިގެން ކޮންމެ ކަމެއްގައި ހިޔާފުލެޓްގެ ކޮންމެވެސް ވާހަކައެއް ދައްކާ ހިޔާ ފުލެޓް މީހުންނާއި، އެހެންމީހުންނާ ޖައްސާ ވާހަކަ ދެއްކުމަކީ ރަނގަޅުގޮތެއް ވެސް ނޫނެވެ. ލުއި ލިބެންޏާ ހިޔާފުލެޓްގެ އުޅޭ މީހުން ވެސް ހިމެނޭ ގޮތަށް މާލޭގެ ފުލެޓްގައި އުޅޭ މީހުންނާއި ދެންވެސް ފުލެޓްތަކުގައި އުޅޭ މީހުންނަށްވެސް އެ ލުއި ލިބެންވާނެއެވެ. އަދި ފުލެޓްތައް ނުލިބިތިބި އެތައް ހާސް ރައްޔިތުންނަށް ލުއިދޭންޖެހެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރިހާ އެންމެންވެސް ތިބޭތީ، ދައުލަތުން ރައްޔިތުން ބަލަހައްޓަންވެސް ޖެހެއެވެ. އެހެންވީމަ ދައުލަތުން ވިސްނަން ޖެހޭނީ ވަކިތަނެއްގައި ތިބޭ ރައްޔިތުންނާއި މެދުގައި އެކަންޏެއް ނޫނެވެ. ފަހަރުގައި މިއީ ހިޔާގައި ތިބި މީހުންނަށް ކަމުދާ ވާހަކައަކަށް ވެސް ނުވެދާނެއެވެ. އެތަނުގައި ތިބި އެންމެންގެ ހާލު އެއްގޮތެއް ނޫނެނެވެ. ނަމަވެސް އެތަނުގައި ފުރަތަމަ 2 މަސް ތެރޭގައި ފިނިޝިންގް ނިންމާ ލަގްޒަރީ ފެންވަރަށް ފުލެޓް ނިންމައިގެން ބާކީ 6 މަސް ވަންދެން ކުލި ނުދައްކާ ތިބި އެތައް ބަޔަކު އެބަތިއްބެވެ. ފަގީރު މީހާއާއި މުއްސަނދި މީހާއާއި ނިކަން ތަފާތެވެ.

މާލޭގައި އާންމުކޮށް މީހުން އުޅެނީ 15000 ރުފިޔާ ކުލިދައްކައިގެން އެޕާޓްމަންޓް ނަގައިގެންނެވެ. ހަމަ އެއީ ވެސް ރައްޔިތުންނެވެ. 15000 ކުއްޔަށް ދައްކައިގެން އެހެން ހަރަދުކޮށް، ދަރިންގެ ހަރަދު ބަރަދު ބަލަހައްޓާ މަސް ފެށޭ އިރު އޮންނަނީ ދަރަނިވެރިވެފައެވެ. މި މީހުންނަށް ވެސް ލުއި ގޮތެއް ހޯދަންޖެހެއެވެ. މިއީ ވެސް މުއިއްޒު އަށް ސިޔާސީ ބަދަލުވެރިކަން އަރާ ބަޔެކެވެ. އެހެންކަމުގައި ވާނަމަ އެމީހުންނަށް ވެސް ލުއި ހޯދަން މުއިއްޒު ވާހަކަދައްކަވަން ޖެހެއެވެ. ނަމަވެސް ފިޔާ ފުލެޓޭ ކިޔައިގެން މި ރަމަޟާން މަސް މުއިއްޒު ފެއްޓެވީވެސް ފިތުނައިންނެވެ. ނިންމާނީ ކިހާ ވަރަކުންތޯ ދެން ސުވާލު އުފެދެއެވެ.

ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު