Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

ޓީވީ މޯލްޑިވްސް ގާއިމު ކުރުމުގެ ބޮޑުމަޝްރޫޢު

ޓީވީ މޯލްޑިވްސް ގާއިމު ކުރުމުގެ ބޮޑުމަޝްރޫޢަކީ ޖަޕާނު ސަރުކާރުގެ އެހީގައި ހިންގުނު ބޮޑުމަޝްރޫއެއް

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 3 އެޕްރީލު 2022 | އާދީއްތަ 09:15
ޓީވީއެމް އިމާރާތް ހުރިތަން، ކުރިން އޮތް ގޮތް

ޓީވީއެމް އިމާރާތް ހުރިތަން، ކުރިން އޮތް ގޮތް

ދިވެހިރާއްޖޭގެ ކުލަތަކުގެ ޓެލެވިޒަން ސްޓޭޝަން (ޓީވީ މޯލްޑިވްސް) ގާއިމު ކުރުމަށް ހިންގުނު ބޮޑުމަޝްރޫޢަކީ ސީދާ ރައީސުލްޖުމުހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާގެ ޚާއްޞަ ބެއްލެވުމުގެ ދަށުން ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ތެރޭގައި ފެށުނު ބޮޑުމަޝްރޫޢެކެވެ.

ރައީސުލްޖުމުހޫރިއްޔާގެ ޚާއްޞަ ބެއްލެވުމުގެ ދަށުން މިބޮޑުމަޝްރޫޢުގެ އިދާރީ މަސައްކަތް ކުރެއްވީ ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީއެއް ކަމުގައިވާ މ. އިރުދޭމާގެ ނަސީމާ މޫސާއެވެ.

ޓީވީ މޯލްޑިވްސް ގާއިމު ކުރުމުގެ ބޮޑުމަޝްރޫޢަކީ ޖަޕާނު ސަރުކާރުގެ އެހީގައި ހިންގުނު ބޮޑުމަޝްރޫއެކެވެ. މިމަޝްރޫޢަށް ބޭރުގެ އެހީ ހޯއްދެވުމުގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު އޮނަރަބްލް ޢަލީ ޢުމަރު މަނިކު މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

ރައީސުލްޖުމުހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، ޓެލެވިޒަން މޯލްޑިވްސް (TVM) އިދާރީގޮތުން އުފެއްދެވީ 6 ޖަނަވަރީ 1977ގައެވެ. އެއީ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ދަށުން ހިނގާ އޮފީހެއްގެ ގޮތުގައެވެ.

އެއިރު ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ޑިރެކްޓަރަކީ އަންނަބީލާ ޢާއިޝަތު އިބްރާހީމް ދީދީއެވެ. ވީމާ، ޓީވީ މޯލްޑިވްސްގެ ފުރަތަމަ އިސްވެރިޔަކީ އެކަމަނާއެވެ. ޓީވީ މޯލްޑިވްސްގެ ފުރަތަމަ ވެރިޔަކީ އެސިސްޓެންޓް ޑިރެކްޓަރ ނަސީމާ މޫސާއެވެ.

1976 އިން 1978 އަށް, ޓީވީ މޯލްޑިވްސް ގާއިމު ކުރުމުގެ ބޮުޑުމަޝްރޫޢުގެ ދަށުން، ޓީވީ މޯލްޑިވްސް ގާއިމުކުރެވުނީ މާލޭ ގަލޮޅު ފަޅުތެރެއިން ހިއްކުނު ޚާއްޟަ ކޮށްޓެއްގައެވެ. (މިހާރު ބުރުޒުމަގާއި އަމީނީމަގާދެމެދުގައިވާ ހަތަރުފަރާތުން މަގުހިމެނޭ ކޮށްޓެކެވެ.)

ޓެކުނިކަލް އާލާތްތަކާއި އެއިރު މާލޭގެ އެންމެ ދިގު އެންޓަނާއާއެކު ގިނަ ޓެކްނިކަލް ނުވަތަ އިންޖިނޭރިންގެ ކަންކަން ކުރެވި އަދި ދެބުރި އިމާރާތެއް އެކޮށީގެ ތެރޭގައި މިބޮޑު މަޝްރޫއުގެ ދަށުން ބިނާކުރެވުނެވެ. އެއީ އެއިރަށް ބަލާއިރު ވަރަށް ބޮޑެތި މަސައްކަތްތަކެކެވެ.

މިބޮޑު މަޝްރޫޢުގެ އިންޖިނޭރިންގެ މަސައްކަތްތައް ކުރެއްވީ ޖަޕާނުގެ ޢިލްމީ ޢަމަލީ ތަޖުރިބާކާރު މާހިރުންނެވެ. ދިވެހީންގެ ތެރެއިން މިބޮޑު މަޝްރޫޢުގެ އިންޖީނިއަރިންގެ ކަންކަމުގައި ޢަމަލީގޮތުން އިސްވެހުންނެވީ ސަރުކާރުގެ އިސް އިންޖިނޭރު ހ. ހިކަރި އަޙްމަދު އާދަމެވެ.

ޓީވީ މޯލްޑިވްސްގެ ޚިދުމަތް ފެށުނީ 29 މާރޗު 1978 ގައި، ގައުމީ މިނިވަންދުވަހުގެ ރަސްމީ އިޙުތިފާލުތަކުގެ ތެރެއިން އެދުވަހުގެ ރޭގަނޑު ބޭއްވުނު ޚާއްޞަ އިހުތިފާލެއްގައެވެ. މިޚިދުމަތް އިފުތިތާހުކޮށްދެއްވީ އޮނަރަބްލް އިބްރާހީމް ޝިހާބެވެ.

ރޭގަނޑު 9 ޖެހިއިރު ރާއްޖޭގެ ޓީވީގެ ފުރަތަމަ މަންޒަރަކަށް ފެނުނީ ދިވެހިރާއްޖޭގެ ޤައުމީ ދިދައެވެ.

މި އިހުތިފާލްގަައި، ޓީވީ މޯލްޑިވްސް ގާއިމު ކުރުމުގެ ބޮޑުމަޝްރޫޢު (1976 - 1978)ގެ އިންޖިނޭރިންގެ މަސައްކަތްތައް ކުރެއްވީ ޖަޕާނުގެ ޢިލްމީ ޢަމަލީ ތަޖުރިބާކާރު މާހިރުންނާއި، ދިވެހީންގެ ތެރެއިން މިބޮޑު މަޝްރޫޢުގެ އިންޖީނިއަރިންެގެ ކަންކަމުގައި ޢަމަލީގޮތުން އިސްވެހުންނެވީ ސަރުކާރުގެ އިސް އިންޖިނޭރު ހ. ހިކަރި އަޙްމަދު އާދަމު ބައިވެރިވެވަޑައިގަތެވެ.

ޓީވީ މޯލްޑިވްސްގެ އިސްވެރިޔާ އަންނަބީލާ ޢާއިޝަތު އިބްރާހީމް ދީދީއާއި، ޓީވީ މޯލްޑިވްސްގެ ފުރަތަމަ ވެރިޔާ ނަސީމާ މޫސާ މި އިހުތިފާލުގައި ބައިވެރިވެވަޑައިގެން ރަސްމީ މަސައްކަތްޕުޅުތައް ކުރިޔަށް ގެންދެވިއެވެ.

އަދި އެއިރުގެ ނޫސްވެރިންވެސް އިހުތިފާލުގައި ބައިވެރިވިއެވެ.

ޓީވީއެމް

ކޮމެންޓް

އިތުރަށް ކިޔާލަން

ގިނަ އަދަދެއްގެ ޑްރަގާއެކު މަޝްހޫރު ޕްރެޒެންޓަރު އިނާޔަތު ހިމެނޭ ހެން ތިން މީހުން ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ޑްރަގާއެކު މަޝްހޫރު ޕްރެޒެންޓަރު އިނާޔަތު ހިމެނޭ ހެން ތިން މީހުން ހައްޔަރުކޮށްފި

27 ސެޕްޓެމްބަރު 2025
ފުރިހަމަ މިނިވަން ބައިނަލްއަގުވާމީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔަތަކީ މިޖުމުހޫރިއްޔަތު - ރައްޔިތުންގެ އެންމެން ވޯޓުން ގާއިމުވި ޖުމުހޫރިއްޔަތުވެސްމެ!

ފުރިހަމަ މިނިވަން ބައިނަލްއަގުވާމީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔަތަކީ މިޖުމުހޫރިއްޔަތު - ރައްޔިތުންގެ އެންމެން ވޯޓުން ގާއިމުވި ޖުމުހޫރިއްޔަތުވެސްމެ!

14 ނޮވެމްބަރު 2022
ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމުކުރުމުގެ މުހިންމުކަން

ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމުކުރުމުގެ މުހިންމުކަން

23 ފެބުރުއަރީ 2022
11 ނޮވެންބަރު 1968ގައި މި ޖުމްހޫރިއްޔަތު ގާއިމުކުރެވުނީ ކީއްވެ؟

11 ނޮވެންބަރު 1968ގައި މި ޖުމްހޫރިއްޔަތު ގާއިމުކުރެވުނީ ކީއްވެ؟

11 ނޮވެމްބަރު 2021
ޓީވީއެމްއަށް ސަލާމަތީ ބާރުތަކުން ވަން މައްސަލަ އޮމްބަޑްސްޕަރސަން އޮފީހުން ބަލަން ނިންމައިފި

ޓީވީއެމްއަށް ސަލާމަތީ ބާރުތަކުން ވަން މައްސަލަ އޮމްބަޑްސްޕަރސަން އޮފީހުން ބަލަން ނިންމައިފި

11 އޮކްޓޯބަރު 2021

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު