Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ޗައިނާއިން ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސުލްހަގާއިމުކުރަން މަސައްކަތްކުރާނީ އެގައުމަށް ފެންނަގޮތަކަށް ކަމަށް ބުނެފި

އެގައުމުން ސުލްހަޔަށް މަސައްކަތްކުރާނީ އެގައުމަށް ފެންނަ ގޮތަކަށް ކަމަށް ޗައިނާ ސަރުކާރުގެ އެންމެ އިސްވެރިޔާ ލީ ކަރޗަންގވިދާޅުވި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 2 އެޕްރީލު 2022 | ހޮނިހިރު 12:32
ލީ ކަރޗަންގ އަދި ޝީ ޖިންޕިންގ

ލީ ކަރޗަންގ އަދި ޝީ ޖިންޕިންގ

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް ނިމުމެއް ގެނަސް ސުލްހަ ގާއިމުކުރަން ޗައިނާއިން އެހީތެރިވާނެ ކަމަށާއި އެހެން ނަމަވެސް އެގައުމުން އެކަން ކުރާނީ އެގައުމަށް ފެންނަ ގޮތަކަށް ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާއިން ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް އަމާޒުކޮށް މިހެން ބުނެފައިވާއިރު ހުޅަނގުގެ ގައުމުތަކުން ދަނީ ރަޝިއާ އާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަން ޗައިނާއަށް ގޮވާލަމުންނެވެ. '

ޗައިނާ ސަރުކާރުގެ އެންމެ އިސްވެރިޔާ ލީ ކަރޗަންގ އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވަނީ އީޔޫގެ ލީޑަރުންނާއެކު ހުކުރު ދުވަހު ވާޗުއަލް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައެވެ.

މިބައްދަލުވުމުގައި ޗައިނާ ސަރުކާރުގެ އެންމެ އިސްވެރިޔާ ލީ ކަރޗަންގ ވަނީ އެގައުމުން ސުލްހަޔަށް މަސައްކަތްކުރާނީ އެގައުމަށް ފެންނަ ގޮތަކަށް ކަމަށް ވިދާޅުވެފައެވެ. އަދި ޗައިނާއިން އަބަދުވެސް ސުލްހަޔަށް މަސައްކަތްކުރާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޗައިނާގެ ރައީސް، ޝީ ޗިންޕިންގ ވަނީ ހުޅަނގުގެ ގައުމުތަކާ އެމެރިކާއާ ދެމެދު އޮންނަ ގުޅުމަށް އިޝާރާތްކޮށް އީޔޫގެ ގައުމުތަކުން ޗައިނާގެ މިނިވަންކަމަށް އިހުތިރާމުކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އީޔޫ އިން ވަނީ ހުޅަނގުގެ ގައުމުތަކުންނާ އެމެރިކާއިން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމުގެ ފުރުސަތު ޗައިނާއިން ރަޝިއާއަށް ނުދިނުމަށް އެދިފައެވެ.

ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާލްސް މިޝެލް ވަނީ ރަޝިއާއިން މިހާރު ހިންގަމުންދާ އަމަލުތަކަށް ޗައިނާއަށް ކަނު ލޮލެއް ނުދެއްކޭނެ ކަމަށާއި ޔޫކްރެއިން-ރަޝިއާ ހަނގުރާމަ ހުއްޓުވުމަށް ޗައިނާގެ އެހީއަށް އީޔޫ އިން އެދިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމުގެ ފުރުސަތު ޗައިނާއިން އެގައުމަށް ފޯރުކޯށްދީ އެހީތެރިކަން ފޯރުކޮށްދީފި ނަމަ ހަނގުރާމަ އިތުރަށް ދިގުދެމިގެންދާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރަޝިއާއިން ޔޫކްރެއިންގައި ކުރިއަށްގެންދާ 'އަސްކަރީ ހަރަކާތަކީ' މުޅި ދުނިޔޭގެ ސުލްހަޔަށް އޮތް ނުރައްކަލެއް ކަމަށް ޗައިނާއިން ވެސް އެއްބަސްވާކަމަށް މިޝެލް ވަނީ ވިދާޅުވެފައެވެ.

ޗައިނާއިން ވަނީ އެގައުމުން ރަޝިއާއާ އެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަސައްކަތްކުރާ ކަމަށް މިނިމުނު ހަފުތާގެ ތެރޭގައި ބުނެފައެވެ. އެގޮތުން ރަޝިއާ އާއެކު ހަކަތަ، ވިޔަފާރި އަދި ސަލާމަތީ ގުޅުން އިތުރުކުރަން ވަނީ ނިންމާފައެވެ.

ރަޝިއާ އަދި ޗައިނާއިން ވަނީ ޔޫކްރެއިން-ރަޝިއާ ފެށުމުގެ ދުވަސްތަކެއް ކުރިން ދެގައުމުގެ ދެމެދު 'ނޯ ލިމިޓް' ސްޓްރެޓީޖިކް ޕާޓްނާޝިޕްވެސް ގާއިމުކޮށްފައެވެ. އަދި ހަނގުރާމަ ފެށުމާއެކު އެމެރިކާ އާއި ހުޅަނގުން ރަޝިއާއާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކަކީ ބަލައިގަނެވޭނެ ފިޔަވަޅުތަކެއް ނޫންކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަޗައިނާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު