Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަނޑު ފަޅުގެ ދިރާސާ

ކަނޑު ފަޅުގެ ދިރާސާ ކުރުމަށް ހުއްދަ ހޯދުމަށް އޮންލައިން ޕޯޓަލްއެއް

1 އެޕްރީލު 2022 | ހުކުރު 16:19

ކަނޑުގެ ވެށީގެ ދިރާސާ ކުރުމަށް އިތުރަށް ފަސޭޙަވެގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 1 އެޕްރީލު 2022 | ހުކުރު 16:19
އެއްމަޑި

އެއްމަޑި

ކަނޑު ފަޅުތަކާއި، ކަނޑުގެ ޤުދުރަތީ ވަސީލަތްތަކާ ގުޅޭ ދިރާސާތައް ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ދޫކުރާ ހުއްދައަށް އެދުމުގެ ކަންކަން ލުއިފަސޭހަ ކޮށްދިނުމަށްޓަކައި އޮންލައިން ޕޯޓަލްއެއް ތައްޔާރުކޮށްފިއެވެ.

މިނިސްޓްރީން ބުނީ marineresearchpermit.egov.mv ގެ ނަމުގައި ތައްޔާރުކޮށްފައިވާ މި ޕޯޓަލް އަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރޭގައި ކަނޑާއި ކަނޑުގެ ޤުދުރަތީ ވަސީލަތްތަކުގެ ދިރާސާ ކުރުމާ ބެހޭ ގަވާއިދުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ދިރާސާތައް ކުރުމުގެ ހުއްދައަށް އެދުމާއި، ހުއްދަ ދޫކުރުން އަދި ހުއްދަ އައުކުރުމާއި ގުޅިގެން ހިނގާ އެންމެހާ އިދާރީ މުޢާމަލާތްތަކާ ގުޅޭ ކަންކަން އެއް ތަނަކުން ކުރިއަށް ގެންދިއުމަށްޓަކައި ފަރުމާކޮށްފައިވާ ޕޯޓަލްއެއް ކަމަށެވެ.

މި ޕޯޓަލް ގެ މަގުސަދަކީ ދިވެހިރާއްޖޭގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ ޔުނިވަރސިޓީތަކުންނާއި، ޖަމުޢިއްޔާ ޖަމާޢަތްތަކުން ދިވެހިރާއްޖޭގެ ކަނޑުގެ ވެށީގެ ދިރާސާ ކުރުމަށް އިތުރަށް މަގުފަހިކޮށްދިނުމެވެ.

މީގެ އިތުރުން، މި ޕޯޓަލް އިން އެކި އެކި ދިރާސާތައް ކުރަމުންދާ ސަރަހައްދުތަކާއި، ދިރާސާއާ ގުޅޭ ޚުލާސާ މަޢުލޫމާތު ހިމެނޭ ޗާޓެއް ފެންނަން ހުންނާނެ ކަމަށާއި މިނިސްޓްރީގެ އަމާޒަކީ މެރިން ރިސަރޗް ޕަރމިޓް ޕޯޓަލް ތަޢާރުފުކުރުމާ ގުޅިގެން ކަނޑުގެ ވެއްޓާބެހޭ ގޮތުން ކުރާ ތަހުލީލުތަކާއި ދިރާސާތައް އިތުރުވެ، މި މުހިންމު ވަސީލަތާ ބެހޭގޮތުން ހޯދޭ މަޢުލޫމާތާއި ޢިލްމް އިތުރަށް މުއްސަނދިވެ، މުޖުތަމަޢުގައި ކަނޑާއި، ކަނޑުގެ ދިރުންތަކާމެދު އޮންނަ ހޭލުންތެރިކަން އިތުރުވެގެން ދިއުމެވެ. މިޕޯޓަލް ތައްޔާރުކޮށްފައި ވަނީ ދިވެހި ސަރުކާރާއި އިންޓަނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން.) ގުޅިގެން ތަންފީޒުކުރަމުންދާ "ރީޖެނަރޭޓް" މަޝްރޫޢުގެ ތެރެއިންނެވެ. ރީޖެނަރޭޓް އަކީ ޔުނައިޓަޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް.އޭ.އައި.ޑީ) ގެ ދީލަތި އެހީއާއެކު ހިންގާ މަޝްރޫޢުއެކެވެ.

ފިޝަރީސް މިނިސްޓްރީ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!
10 ޑިސެމްބަރު 2025

ހުޅުމާލެ އިން 49 ދޯންޏާއެކު ފެށި، ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން މާލެ އަށް

10 ޑިސެމްބަރު 2025
ހުޅުމާލެ އިން 49 ދޯންޏާއެކު ފެށި، ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން މާލެ އަށް
08 ޖޫން 2024

ސިޓީ ކައުންސިލްގެ އިސްނެގުމާއި އެކު މާލޭގެ ފަޅު ތެރެ ސާފުކޮށްފި

08 ޖޫން 2024
ސިޓީ ކައުންސިލްގެ އިސްނެގުމާއި އެކު މާލޭގެ ފަޅު ތެރެ ސާފުކޮށްފި
11 އެޕްރީލު 2024

11 ރަށެއްގައި އައިސްޕްލާންޓް ގާއިމްކުރަނީ

11 އެޕްރީލު 2024
11 ރަށެއްގައި އައިސްޕްލާންޓް ގާއިމްކުރަނީ
27 ޑިސެމްބަރު 2023

ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

27 ޑިސެމްބަރު 2023
ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
17 ސެޕްޓެމްބަރު 2023

ސަރުކާރުން މަސް ގަންނަ އަގު ބޮޑުކުރީ އެންމެ އަވަހަށް ފުރުސަތު ލިބުމުން: ފިޝަރީޒް މިނިސްޓަރު

17 ސެޕްޓެމްބަރު 2023
ސަރުކާރުން މަސް ގަންނަ އަގު ބޮޑުކުރީ އެންމެ އަވަހަށް ފުރުސަތު ލިބުމުން: ފިޝަރީޒް މިނިސްޓަރު
05 ފެބުރުއަރީ 2023

މިދިޔަ އަހަރު ރާއްޖެއިން ޖުމްލަ 76099.8 މެޓްރިކް ޓަނުގެ މަސް ބޭރުކުރި

05 ފެބުރުއަރީ 2023
މިދިޔަ އަހަރު ރާއްޖެއިން ޖުމްލަ 76099.8 މެޓްރިކް ޓަނުގެ މަސް ބޭރުކުރި
11 ޑިސެމްބަރު 2022

ހުވަދުއަތޮޅުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ދާދިއަވަހަށް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

11 ޑިސެމްބަރު 2022
ހުވަދުއަތޮޅުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ދާދިއަވަހަށް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
11 ޑިސެމްބަރު 2022

މަސްވެރިކަމުގެ ސިނާޢަތުގައި މިހާރު ހުރި ބޮޑެތި މައްސަލަތައް މިފެށޭއަހަރުގެ މެދަކާއި ހަމައަށް ހައްލުކުރެެވޭނެ - ރައީސް

11 ޑިސެމްބަރު 2022
މަސްވެރިކަމުގެ ސިނާޢަތުގައި މިހާރު ހުރި ބޮޑެތި މައްސަލަތައް މިފެށޭއަހަރުގެ މެދަކާއި ހަމައަށް ހައްލުކުރެެވޭނެ - ރައީސް
27 އޮކްޓޯބަރު 2022

އަލަށް ޤާއިމު ކުރެވޭ ހެޗަރީއާއެކު ފާނައިގެ މަސްވެރިކަން ކުރިއަރުވަން ބޭނުންވާ ކުދި ފާނަ ލިބިގެންދާނެ: މިނިސްޓަރު

27 އޮކްޓޯބަރު 2022
އަލަށް ޤާއިމު ކުރެވޭ ހެޗަރީއާއެކު ފާނައިގެ މަސްވެރިކަން ކުރިއަރުވަން ބޭނުންވާ ކުދި ފާނަ ލިބިގެންދާނެ: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް