Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަހުގެ އެކްސްޕޯޓް، އިމްޕޯޓް

މިދިޔަ އަހަރު ރާއްޖެއިން ޖުމްލަ 76099.8 މެޓްރިކް ޓަނުގެ މަސް ބޭރުކުރި

2021 ވަނަ އަހަރު މަސް ބޭރުކުރި މިންވަރު 2021 ވަނަ އަހަރަށްވުރެ %1 ދަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2023 | އާދީއްތަ 14:16
މަސްވެރިން

މަސްވެރިން

މިދިޔަ އަހަރު ރާއްޖެއިން ޖުމްލަ 76099.8 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވާކަމަށް މޯލްޑިވް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)އިން ހާމަކޮށްފިއެވެ.

އެމް.އެމް.އޭއިން ހާމަކޮށްފައިވާ އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން, ފާއިތުވި އަހަރު ރާއްޖެއިން 76099.8 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވެއެވެ. އެ އަދަދަކީ 2021 ވަނަ އަހަރު ރާއްޖެއިން ބޭރުކުރި މަހުގެ ނިސްބަތަށް ބަލާނަމަ %1 ދަށް އަދަދެކެވެ. 2021 ވަނަ އަހަރު ރާއްޖެއިން ބޭރުކޮށްފައި ވަނީ 76890.8 މެޓްރިކް ޓަނުގެ މަހެވެ.

މީގެ އިތުރުން އެމް.އެމް.އޭގެ ތަފާސްހިސާބުގައިވާ ވާގޮތުން، މިދިޔަ އަހަރު އެންމެ ގިނަ އަދަދަށް މަސް ބޭރުކޮށްފައި ވަނީ ނިމިދިޔަ ޑިސެންބަރު މަހުގެ ތެރޭގައެވެ. މިދިޔަ ޑިސެންބަރު މަހު ރާއްޖެއިން 10734.3 މެޓްރިކް ޓަނުގެ މަސް ވަނީ ބޭރުކޮށްފައިވެއެވެެ. މިއަދަދަކީ 2021 ވަނަ އަހަރުގެ ޑިސެންބަރު މަހު ރާއްޖެއިން ބޭރުކުރި 6376.9 މެޓްރިކް ޓަނުގެ މަހާއި އަޅާއިބަލާއިރު %68.3 އިތުރު އަދަދެއްކަން ފާހަގަކޮށްލެވެއެވެ. އަދި ޑިސެންބަރު މަހު ރާއްޖެއިން ބޭރުކުރި މަހުގެ އަދަދު އިތުރުވާން މެދުވެރިވީ އެ މަހު ރާއްޖެއިން ބޭރުކުރި ގަނޑުކުރި މަހުގެ އަދަދު އިތުރުވުމާގުޅިގެންނެވެ. އެގޮތުން، ޑިސެންބަރު މަހު 9967.8 މެޓެރިކް ޓަނުގެ ގަނޑުކުރި މަސް ވަނީ ބޭރުކޮށްފައެވެ.

މީގެ އިތުރުން އެމްއެމްއޭގެ ތަފާސް ހިސާބުތަކުން އެނގޭގޮތުން، މިދިޔަ އަހަރު އެންމެ ގިނަ އަދަދަކަށް ބޭރުކޮށްފައިވަނީ ގަނޑުކޮށްފައިވާ މަހުގެ ބާވަތްތަތެކެވެ. އެގޮތުން ބަލާއިރު ނިމިދިޔަ އަހަރު ރާއްޖެއިން ގަނޑުކޮށްގެން 65,576.3 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވެއެވެ. އޭގެތެރެއިން 55551.2 މެޓްރިކް ޓަނުގެ މަހަކީ ކަޅުބިލަމަހުގެ ބާވަތްތަތެކެވެ. އަދި 9529.5 މެޓްރިކް ޓަނަކީ ގަނޑުކުރި ރީނދޫ އުރަހަ ކަންނެލީގެ ބާވަތްތަކެވެ.

އެމްއެއެމްއޭގެ ތަފާސްހިސާބުތަކުން އެނގޭގޮތުގައި 2022 ވަނަ އަހަރު ރާއްޖެއިން ބޭރުކުރި ދަޅުމަހުގެ އަދަދު 2021 ވަނަ އަހަރާ އަޅައިބަލާއިރު ވަނީ އިތުރުވެފައެވެ. އެގޮތުން ބަލާއިރު ރާއްޖެއިން ބޭރުކޮށްފައިވަނީ 8439.6 މެޓްރިކް ޓަނުގެ ދަޅުމަހެވެ. 2021 ވަނަ އަހަރު ރާއްޖެއިން ބޭރުކޮށްފައިވަނީ 7861.2 މެޓްރިކް ޓަނުގެ ދަޅުމަހެވެ. އެހެންކަމުން 2022 ވަނަ އަހަރު ރާއްޖެއިން ދަޅުމަސް ބޭރުކުރި އަދަދަކީ އޭގެ ކުރީ އަހަރާއި އަޅާކިޔާނަމަ %7.35 އިތުރު އަދަދެކެވެ.

އެމް.އެމް.އޭގެ ރިޕޯޓުން އެނގޭ ގޮތުގައި ނިމިދިޔަ އަހަރު މަސް ކުންފުނިތަކުން މަސް ގަނެފައިވާ މިންވަރު 2021 ވަނަ އަހަރަށްވުރެ ވަނީ ދަށްވެފައެވެ. އެ ތަފާސްހިސާބުތަކުގައި ވާގޮތުން މިދިޔަ އަހަރު މަސް ކުންފުނިތަކުން 81033.4 މެޓްރިކް ޓަނުގެ މަސް ގަނެފައިވެއެވެ. މިއީ 2021 ވަނަ އަހަރު މަސް ކުންފުނިތަކުން މަސް ގަނެފައިވާ މިންވަރާ އަޅައިބަލާއިރު %8.2 ދަށް އަދަދެއްކަން ފާހަގަކޮށްލެވެއެވެ. އެ އަދަދު ދަށްވާން މެދުވެރިވި މައިގަނޑު ސަބަބުތަކަކީ އެ މުއްދަތުގައި ރީނދޫ އުރަހަ ކަންނެލި ގަނެފައިވާ މިންވަރު %23 ދަށްވުންކަން ފާހަގަކޮށްލެވެއެެވެ. ހަމައެހެންމެ ކަޅުބިލަމަސް ގަނެފައިވާ މިންވަރުވެސް %3.6 ދަށްވުންކަމަށް ތަފާސްހިސާބުތަކުން އެނގެއެވެ.

މިފްކޯއިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި 2022 ވަނަ އަހަރަކީ މިފްކޯއިން އެންމެ ގިނައިން މަސްކިރައި އެންމެ ގިނަ އަދަދަކަށް މަސްވެރިންނަށް ފައިސާ ދޫކުރި އަހަރެވެ. އެހެންކަމަށް ވާއިރު މިފްކޯގެ ތަފާސްހިސާބުތަކުން އެނގޭގޮތުގައި 2022 ވަނަ އަހަރުގެ ތެރޭގައި މިފްކޯއިން ވަނީ މަސްވެރިންގެ އަތުން 63،579 މެޓްރިކް ޓަނުގެ މަސް ގަނެފައެވެ.

މަސްވެރިންއެމްއެމްއޭފިޝަރީސް މިނިސްޓްރީފިނޭންސް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލެ އިން 49 ދޯންޏާއެކު ފެށި، ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން މާލެ އަށް

ހުޅުމާލެ އިން 49 ދޯންޏާއެކު ފެށި، ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން މާލެ އަށް

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު