Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްޕްރީމްކޯޓުގެ އެސްޖީ ސަސްޕެންޑްކުރުން

ސީސީޓީވީ ބޭނުންކޮށްގެން ފަނޑިޔާރުންނަށް ފާރަލީކަމުގެ ތުހުމަތުގައި ސްޕްރީމްކޯޓުގެ އެސްޖީ ސަސްޕެންޑްކޮށްފި

އެސްޖީގެ މަސްއޫލިއްޔަތުތައް ހަވާލުކޮށްފައިވަނީ އެކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ އާއި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 31 މާރިޗު 2022 | ބުރާސްފަތި 15:56
ސްޕްރީމް ކޯޓުގެ އެސްޖީ ޑރ ހުސައިން ފާއިޒު

ސްޕްރީމް ކޯޓުގެ އެސްޖީ ޑރ ހުސައިން ފާއިޒު

ސްޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލް (އެސްޖީ)ކަމުގެ މަގާމުގައި ހުންނެވި ޑރ ހުސައިން ފާއިޒު އެކޯޓުގެ ސީސީޓީވީ ކެމެރާ ސިސްޓަމް ބޭނުންކޮށްގެން ފަނޑިޔާރުންނަށް ފާރަލުމުގެ މައްސަލައެއްގައި ސަސްޕެންޑްކޮށްފިއެވެ.

އެކަމާއި ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ޑީޖޭއޭއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސްޕްރީމް ކޯޓުގެ އެސްޖީ ބުރާސްފަތި ދުވަހު ސަސްޕެންޑްކޮށްފައިވާކަމަށެވެ. ތަހުގީގުކުރަމުންދަނީ ފަނޑިޔާރުންނަށް ފާރަލުމުގެ އިތުރުން ކޯޓުން ބޭރަށް މައުލޫމާތު ފޯރުކޮށްދޭކަމުގެ ތުހުމަތުގެ މައްސަލައެކެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ވަގުތީގޮތުން އެސްޖީގެ މަސްއޫލިއްޔަތުތައް ހަވާލުކޮށްފައިވަނީ އެކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ އާއެވެ.

ޑރ. ފާއިޒް ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. ސެކްރެޓަރީ ޖެނެރަލްއަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އައްޔަންކުރައްވާ ފަރާތެކެވެ.

މީގެކުރިން 2019 ވަނަ އަހަރުގެ ނޮވެމްބަރ މަހު ޑރ. ހުސައިން ފާއިޒަށް އޭރު އުއްތަމަ ފަނޑިޔާރުކަމުގައި ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ ވަޒީފާއިން ވަކިކުރާނެ ކަމަށް ވިދާޅުވެ ދިން އިންޒާރާއެކު, އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމިއެވެ. އެކަމާއި ގުޅިގެން އޭރުގެ އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ހަވާލުކޮށްފައިވަނީ ރާއްޖޭގެ އަދުލު އިންސާފު ގާއިމު ކުުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަމަށްވާއިރު، ކޯޓުތަކުގެ އެތެރޭގެ އިދާރީ ހިންގުމާ ބެހޭ އުސޫލުތައް ކަނޑައަޅާ އަންގާ އެންގުމަށް ރިޢާޔަތްކޮށް ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޑރ. ފާއިޒް އުއްތަމަ ފަނޑިޔާރުގެ ހުއްދަ ނުހޯދާ، އެންގުމެއް ނެތި ސުޕްރީމް ކޯޓުގެ މުވައްޒަފުންނާއި ބައްދަލުކޮށް ކޯޓު ހިންގުމުގެ އިސްވެރިއަކީ އުއްތަމަ ފަނޑިޔާރެއް ނޫންކަމަށާއި، އެއީ އޭނާ ކަމަށް ވިދާޅުވެ ދުސްތޫރީ އަދި ޤާނޫނީ މާއްދާތަކުގެ ބާރު ކެނޑޭ ގޮތަަށް އަމަލުކުރައްވާފައިވާ ކަމަށެވެ.

އެފަދަ ގޮތަކަށް ފާއިޒުގެ އަމަލުތައް ހުރުމުން އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން ޑރ. ފާއިޒު އަށް ނަސޭޙަތްދީ އެފަދަ އަމަލެއް ތަކުރާރު ނުކުރެއްވުމަށް އަންގަވާފައިވާނެ ކަމަށް ބަޔާނުގައިވެއެވެ.

އަދި މަސްލަހަތު ނަގައިލެވޭ ގޮތަށް އެފަދަ ކަންތައް ކުރައްވަނާމަ ފިޔަވަޅު އެޅުމަށް ހުރަހެއް ނޯންނާނެ ކަމަށް ދަންނަވާފައިވާ ކަމަށް އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައިވެއެވެ.

އަދި އޭގައި އެއްވެސް ގޮތަށް އޭނާ އަށް އިންޒާރު ދިންކަމުގައި ބެލެވޭނެ އެއްވެސް ހަމައެއް ނޯންނާނެކަމާއި، އަދި އެއީ ސުލޫކީ މައްސަލައެއް ކަމުގައި ބަލާނެ އެއްވެސް އަސާސެއް ނޯންނާނެ ކަމަށް ޑރ. ދީދީ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2025

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން
28 ޖޫން 2025

ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

28 ޖޫން 2025
ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.
04 ޖޫން 2025

ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

04 ޖޫން 2025
ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި
05 މެއި 2025

މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

05 މެއި 2025
މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި
16 ފެބުރުއަރީ 2025

މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި

16 ފެބުރުއަރީ 2025
މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު