Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުލުނބޮލުގެ އަގު ބޮޑުވުން

ލުނބޯގެ އަގު ހައިރާންވާހާ މައްޗަށް

މާރުކޭޓުން ލުނބޯ ކިލޯއެއް ވިއްކަނީ އެންމެ ދަށްވެގެން 100 ރުފިޔާއަށް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 31 މާރިޗު 2022 | ބުރާސްފަތި 09:07
ލުނބޯ

ލުނބޯ

ބާޒާރުގައި ލުނބޮލުގެ އަގު އިންތިހާއަށް ބޮޑުވެއްޖެއެވެ.

ރާއްޖެއަށް ބޭނުންވާ ލުނބޯ އިމްޕޯޓުކުރަމުން އަންނަނީ އިންޑިޔާ އަދި ލަންކާ ފަދަ ގައުމުތަކުންނެވެ. އެހެންނަމަވެސް އެގައުމުތަކުން މިހާރު ކުރިމަތިލަމުންދަނީ ހޫނު މޫސުމާއި ކަމުން އެގައުމުތަކުގައި ލުނބޮލުގެ ސަޕްލައި ވަރަށް ބޮޑަށް ދަށްވެފައިވާކަމަށް ބޭރުގެ މީޑިއާތަކުންވެސް ދަނީ ބުނަމުންނެވެ. މިއާއެކު އެ ގައުމުތަކުގައިވެސް ލުނބޮލުގެ އަގު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ރާއްޖޭގެ ބާޒާރުގައިވެސް ލުނބޮލުގެ އަގު ވަރަސް ބޮޑުވެފައިވާއިރު، ރާއްޖެއަށް ލުނބޯ ސަޕްލައި ކުރާ ފަރާތަކުން ރާއްޖެ އެމްވީއާއި ވާހަކަދައްކަމުން ވަނީ ލުނބޯ މިހާރު އެއްވެސް ވަރަކަށް ނުލިބޭ ކަމަށެވެ. އަދި ލިބޭ އެތިކޮޅުވެސް ލިބެނީ ވަރަށް ބޮޑު އަގުގައި ކަމަށް އޭނާ ބުނިއެވެ.

މިކަމާއި ގުޅޭގޮތުން މާލޭގެ ލޯކަލް މާރުކޭޓުން ވާހަކަދެއްކި މީހަކު ބުނީ އެމީހުންނަށްވެސް ލުނބޯ ލިބުން ވަރަށް ދަތި ކަމަށެވެ. އަދި ރޯދައަށްވެސް ލުނބޯ ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ.

ވިޔަފާރިވެރިންނަށް ލުނބޯ ލިބޭ އަގު ބޮޑުވިނަމަވެސް މާރުކޭޓުގެ ބައެއް ގޮޅިތަކުން 100 ރުފިޔާއަށް ލުނބޯ ވިއްކަމުންދެއެވެ. މާރުކޭޓުން ވާހަކަދެއްކި އިތުރު ވިޔަފާރިވެރިއަކުވެސް ވަނީ އެމީހުންނަށްވެސް އެއްވެސް ވަރަކަށް ލުނބޯ ނުލިބޭކަމަށް ބުނެފައެވެ. މިހާރު އެގޮޅީގައި ވިއްކަން ހުރި ލުނބޮލަކީ ލަންކާއިން އެތެރެކޮށްފައިވާ ލުނބޯކަމަށް އޭނާ ބުނެފައިވެއެވެ. އަދި ލުނބޯ ކޭހެއްގެ އަގަކީވެސް 1،000 ވަރަކަށް ރުފިޔާކަމަށް އޭނާ ބުނެފައިވެއެވެ. އަދި ލުނބޯ ކޭހެއް ހޯދަންވެސް ދަތިކަމަށް އޭނާ ބުނެފައިވެއެވެ.

މާރުކޭޓުން ލުނބޯ ކިލޯއެއް އެންމެ ބޮޑުވެގެން 150 ރުފިޔާއަށް ވިއްކަމުންދާއިރު، މާލެ ތެރޭގެ ފިހާރަތަކުން ލުނބޯ ކިލޯއެއް ވިއްކަމުންދަނީ 170 ރުފިޔާއަށެވެ.

މީގެއިތުރުން މުޅި ލޯކަލް މާރުކޭޓުވެސް ރޯދަ މަހަށް ތައްޔާރުވަމުންދާއިރު، ރޯދަ މަސް ފެށެން ވާއިރަށް މާރުކޭޓަށް ބޭނުންވާ ހުރިހާ ބާވަތްތަކެއް ލިބޭނެ ކަމަށް މާރުކޭޓޫން ވާހަކަދެއްކި މީހުން ބުނެއެވެ. އަދި މިހާރުވެސް ބައެއް ތަކެތި ލިބެމުންދާކަމަށާއި، ލުނބޯ ފިޔަވައި އެހެން ހުރިހާ ބާވަތެއްވެސް ފަސޭހަކަމާއެކު ލިބޭކަން އެމީހުން ފާހަގަކުރެއެވެ.

ލޯކަލް މާރުކޭޓް

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި ވިލިމާލޭގައި މާރުކޭޓެއް އަޅައިދިން ކުންފުންޏަކަށް ފައިސާ ދިނުމަށް، ސިޓީ ކައުންސިލްގެ މައްޗަށް ހުކުމްކޮށްފި

06 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި ވިލިމާލޭގައި މާރުކޭޓެއް އަޅައިދިން ކުންފުންޏަކަށް ފައިސާ ދިނުމަށް، ސިޓީ ކައުންސިލްގެ މައްޗަށް ހުކުމްކޮށްފި
03 އޯގަސްޓު 2025

ކުދި ވިޔަފާރިވެރިން ބަނގުރޫޓްވަނީ، ދުވާލެއްގެ މައްޗަށް 300 ރުފިޔާވެސް ނުލިބޭ މާރުކޭޓް ގޮޅިތައް އެބަހުރި!

03 އޯގަސްޓު 2025
ކުދި ވިޔަފާރިވެރިން ބަނގުރޫޓްވަނީ، ދުވާލެއްގެ މައްޗަށް 300 ރުފިޔާވެސް ނުލިބޭ މާރުކޭޓް ގޮޅިތައް އެބަހުރި!
26 މާރިޗު 2023

ބާޒާރުގެ އަގުތަކަށް ބަދަލުތަކެއް: ލުނބޯގެ އަގު ތިރިއަށް، ކެރެޓުގެ އަގު މައްޗަށް

26 މާރިޗު 2023
ބާޒާރުގެ އަގުތަކަށް ބަދަލުތަކެއް: ލުނބޯގެ އަގު ތިރިއަށް، ކެރެޓުގެ އަގު މައްޗަށް
01 މާރިޗު 2023

ހަތަރު މަސް ދުވަހަށް ވިލިމާލޭ މާރުކޭޓް ގޮޅިތަކުގެ ކުލި މާފުކޮށް، މާލޭގެ މާރުކޭޓް ގޮޅިތަކުގެ ކުލި ކުޑަކޮށްފި

01 މާރިޗު 2023
ހަތަރު މަސް ދުވަހަށް ވިލިމާލޭ މާރުކޭޓް ގޮޅިތަކުގެ ކުލި މާފުކޮށް، މާލޭގެ މާރުކޭޓް ގޮޅިތަކުގެ ކުލި ކުޑަކޮށްފި
24 ޖޫން 2022

ޖޫރިމަނާ ދެއްކުމުން ބިދޭސީން ތިބުމުން ބަންދުކުރި ގޮޅިތައް ހުޅުވަން ހުއްދަ ދީފި

24 ޖޫން 2022
ޖޫރިމަނާ ދެއްކުމުން ބިދޭސީން ތިބުމުން ބަންދުކުރި ގޮޅިތައް ހުޅުވަން ހުއްދަ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު