Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަރިޔަމް ނަޒާހާގެ މައްސަލަ

ފިރިމީހާ މަރާލި މައްސަލައިގައި ނަޒާހާ: ވަޅި އިސް ކުރެވުނީ އައިސްދާނެ ހަމަލާއެއްގެ ބިރުގައި

މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ 31 މެއި 2015 ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 31 މާރިޗު 2022 | ބުރާސްފަތި 09:27
ކުރީގެ ފިރިމީހާ މަރާލި ކަމުގެ ކުށުގައި އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފައިވާ ހެންވޭރު ބައިކެނޑިގޭ މަރިޔަމް ނަޒާހާ

ކުރީގެ ފިރިމީހާ މަރާލި ކަމުގެ ކުށުގައި އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފައިވާ ހެންވޭރު ބައިކެނޑިގޭ މަރިޔަމް ނަޒާހާ

ކުރީގެ ފިރިމީހާ މަރާލި ކަމުގެ ކުށުގައި އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފައިވާ, ހެންވޭރު ބައިކެނޑިގޭ މަރިޔަމް ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އެ ކޯޓުން ބަލައިގެންފައިވާއިރު، އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ނަޒާހާގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމުން ކޯޓުގެ ރަޖިސްޓްރާ ފުރަތަމަ ނިންމެވީ މައްސަލަ ބަލައިނުގަތުމަށެވެ. ސަބަބަކީ ނަޒާހާގެ ފަރާތުން މި މައްސަލަ އިސްތިއުނާފު ކުރަން ހުށައެޅީ މައްސަލަ ނިންމިތާ 6 އަހަރާއި، 1 މަހާއި 5 ދުވަސް ފަހުން 5 ޖުލައި 2021 ގައި ކަމަށްވާތީއެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް ނަޒާހާގެ ފަރާތުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމާއެކު، އިޖުރާއީ ގޮތުން އަޑުއެހުން ބާއްވައި، ބަލަންޖެހޭ ކަންކަން ބެލުމަށްފަހުު، ސުޕްރީމް ކޯޓުން މި މައްސަލަ ބަލައިގަތުމަށް ނިންމީއެވެ.

މި މައްސަލައިގައި ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ނަޒާހާގެ ފަރާތުން އޭނާގެ ވަކީލު ނިޔާހަތު ވަނީ އިސްތިއުނާފު ހުށައަޅާފައެވެ. އެގޮތުން 5 ނުކުތާއެއް ވަނީ ހުށައަޅާފައެވެ.

ނަޒާހާގެ ވަކީލު ވަނީ ޚުލާސާ ގޮތެއްގައި އިސްތިއުނާފީ ނުކުތާތަކަށް ވާހަކަވެސް ދައްކަވާފައެވެ. އެގޮތުން ފުރަތަމަ ނުކުތާއާއި ގުޅިގެން ވަކީލު ވިދާޅުވީ، ޙާދިސާ ހިނގީ 22 ޖޫން 2010 ގައި ކަމަށާއި، އެ ދުވަހު ނަޒާހާއާއި ސުވާލު ކުރެވި އޭނާގެ ތަހުގީގު ބަޔާނެއް ނެގިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ކޯޓުގައި ނަޒާހާ ހަނު ހުރުމުގެ ޙައްޤުގެ ބޭނުން ހިފާފައިވާކަން ފާހަގަކުރައްވައި ވަކީލު ވިދާޅުވީ، ތަހުގީގު ބަޔާނުގައި ސޮއި ކުރިއިރު އޭނާ ހުރީ އެފަދަ ބަޔާނެއް ކިޔައި، ދެނެގަތުމުގެ ނަފްސާނީ ޤާބިލުކަމެއްގައި ނޫން ކަމަށެވެ.

އޭގެ އިތުރުން، ނަޒާހާ ދެއްކި ވާހަކަތަކުގެ މާނަ އޮޅޭ ގޮތެއް ގިނަ އިބާރަތްތަކެއް ބަޔާނުގައި ހުރިކަމަށާއި، ބަޔާނުގައި ހުރި އެއްޗެއް ފަހުމު ނުވާކަމަށް އޭނާގެ ފަރާތުން ފަހުން ކޯޓުގައިވެސް ބުނެފައިވާކަމަށް ވަކީލު ވިދާޅުވިއެވެ. ނަޒާހާ ވަނީ އެ ޙާދިސާ ހިނގި ދުވަހު ޝާހިދު އޭނާއަށް ތަކުރާރުކޮށް ގުޅި ކަމަށާއި، އޭނާއާ ދިމާވުމުން އަނިޔާކުރާނެ ކަމުގެ އިންޒާރު ދިންކަމަށް ބުނެފައެވެ.

އަބަދުވެސް ޝާހިދު އައުމަށްފަހު އޭނާއަށް އަނިޔާކުރާތީ އެކަން އޭނާގެ ސިކުނޑީގައިވެސް އިންކަން ނަޒާހާ ވަނީ ދަށު ކޯޓުގައި ފާހަގަކޮށްފައެވެ.

ނަޒާހާގެ ވަކީލު ވިދާޅުވާ ގޮތުގައި އޭރުވެސް ނަޒާހާއަށް ޝާހިދުގެ ފަރާތުން ގިނަ އަނިޔާތަކެއް ލިބިފައިވެއެވެ. އެ ލަކުނުތައްވެސް ހުއްޓެވެ. ހަމައެއާއެކު، އެ ލަކުނުތައް އޭނާގެ ގާތް މީހުންނަށްވެސް ފެނިފައިވާކަން ވަކީލު ފާހަގަ ކުރެއްވިއެވެ.

އޭނާ ޝާހިދުއަށް ވަޅިން ޙަމަލާދިނީ އެ ބިރުވެރިކަމުގެ މަތީގައި ސެލްފް ޑިފެންސްގައިކަން ދަށު ކޯޓުގައި ނަޒާހާގެ ފަރާތުން ބުނިކަންވެސް ވަކީލު ފާހަގަ ކުރެއްވިއެވެ. އޭރުވެސް ވަޅި އިސްކުރެވުނީ އެ ޙާލަތުގައިކަމަށް ނަޒާހާގެ ފަރާތުން ބުނެފައިވެއެވެ.

ނަޒާހާގެ ވަކީލު ވިދާޅުވި ގޮތުގައި އޭނާ ޝަރީއަތުގެ މަޖިލީހުގައި ވީ އިއުތިރާފަކީ އޭނާއަށް ޙަމަލާ ދެވުނުކަމަށް ބުނެ ވެފައިވާ އިއުތިރާފެކެވެ. ވަކީލު ވިދާޅުވާ ގޮތުގައި އެއީ އޭނާ ގެންގުޅުނު ވަޅި ޝާހިދުގެ ގަޔަށް ހެރުނުކަމަށް ވީ އިއުތިރާފެކެވެ. ނަމަވެސް ޝާހިދު މަރާލުމުގެ ޤަސްދެއް ނަޒާހާގެ ކިބައިގައި ނެތްކަމަށާއި، އަދި ޝާހިދަށް ވަޅިން ޙަމަލާ ދެވުނު ޙާލަތަކީ އެތަކެއް ހަގީގަތްތަކެއް އެއާ ގުޅިފައިވާ ޙާލަތެއްކަމަށްވެސް ވަކީލު ވިދާޅުވިއެވެ. މިއިން އެއްވެސް ކަމެއްގެ ހަގީގަތަށް ވާސިލުވުމަށް ދަށު ކޯޓުން މަސައްކަތް ކޮށްފައިނުވާކަމަށްވެސް ވަކީލު ފާހަގަކުރެއްވިއެވެ.

ނަޒާހާގެ ފަރާތުން 3 ދިފާއެއް ނެގި ނަމަވެސް، ދަށު ކޯޓުން އެކަމަށް ރިއާޔަތް ނުކޮށް، މައްސަލަ ނިންމާފައިވާކަމަށް ވަކީލު ވިދާޅުވިއެވެ.

ދެވަނަ އިސްތިއުނާފީ ނުކުތާއަށް ވާހަކަ ދައްކަވަމުން ނަޒާހާގެ ވަކީލު ވިދާޅުވީ، ޝާހިދުގެ ވާރިސުންގެ ތެރެއިން އެކަކު ފިޔަވައި އެންމެންވެސް ބުނެފައިވަނީ ޤިސާސްވެސް މަރުގެ ދިޔަވެސް ބޭނުން ނުވާކަން ކަމަށެވެ. އެ މުޅި އާއިލާއަށްވެސް ނަޒާހާއަށް ލިބެމުންދިޔަ އަނިޔާގެ ކަންކަން އެނގޭކަމަށް ވަކީލު ވިދާޅުވިއެވެ.

ވަކީލު ވިދާޅުވާ ގޮތުގައި ޤިސާސް ނުހިފޭ ޙާލަތުގައި ކަނޑައެޅޭ އުމުރަށް ޖަލަށް ލުމުގެ ތައުޒީރީ އަދަބަކީ، ބައެއް ޙާލަތްތަކުގައި ލުއި ދެވިގެން ދާނެ އަދަބެކެވެ. މި ޙާލަތަށް ބަލާއިރުވެސް އޭނާގެ މައްޗަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ޙުކުމަށް ލުއި ދެވެން އޮތްކަން ހައިކޯޓުގެ ޙުކުމުން އެނގެއެވެ. ނަމަވެސް ހަމަ އެ ކޯޓުން ކުރި ޙުކުމުގައި އެ ޙާލަތްތަކަށް ރިއާޔަތް ކޮށްފައިނުވާކަން ވަކީލު ފާހަގަ ކުރެއްވިއެވެ.

ތިންވަނަ ނުކުތާއާ ގުޅޭގޮތުން ވަކީލު ވިދާޅުވީ، ބަޔާންތަކުގައި ގިނަގުނަ ފުށުއެރުންތަކެއް ހުރިނަމަވެސް، އެ ހެކިން ޝަރީއަތަށް ހާޒިރު ކޮށްފައިނުވާ ކަމަށެވެ. އޭގެ ބަދަލުގައި ޝަރީއަތުން ބުރަވެފައި އޮތީ މައްސަލައިގައި ލިބިފައިވާ އެހެނިހެން ބަޔާންތަކަށްކަން ވަކީލު ފާހަގަ ކުރެއްވިއެވެ.

ވަކީލު ވަނީ ބައެއް ފުށުއެރުންތަކަށްވެސް އަލިއަޅުވާލައްވާފައެވެ. މި ފުށުއެރުންތަކަކީ މައްސަލައިގެ ނިންމުމަކަށް ވާސިލު ވުމުގެ ކުރިން ކޯޓުން ސާފުކުރަންޖެހޭ ކަންކަން ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

ވަކީލު ވިދާޅުވި ގޮތުގައި ޙާދިސާ ހިނގި ދުވަހު ފެމިލީ ކޯޓުގެ އޮފިސަރަކު ނަޒާހާގެ ގެއަށް ޗިޓެއް ޙަވާލު ކުރުމަށް އައެވެ. އެހެންނަމަވެސް ކޯޓު އޮފިސަރު އައީ ޝާހިދުއާއެކު ކަމަށާއި، އެއީ ކޮން އިޖުރާއަތެއްގެ ދަށުން ހިނގި ކަމެއްކަންވެސް މިއަދާ ހަމައަށްވެސް ނޭނގޭކަމަށް ވަކީލު ވިދާޅުވިއެވެ. މި ހުރިހާ ކަމަކުންވެސް އެނގިގެން ދަނީ މި މައްސަލައިގެ ތަހުގީގު ފުރިހަމަނުވާކަން ކަމަށްވެސް ވަކީލު ފާހަގަ ކުރެއްވިއެވެ.

މި އަޑުއެހުމުގައި 3 އިސްތިއުނާފީ ނުކުތާއެއް ޚުލާސާ ގޮތެއްގައި ހުށައަޅާފައިވާއިރު، ބާކީ އޮތް 2 ނުކުތާއަށް ވާހަކަ ދެއްކުން ވަނީ އެހެން ދުވަހަކަށް ފަސްކޮށްފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާންއާއި، ފަނޑިޔާރު އައިޝާ ޝުޖޫންއާއި، ފަނޑިޔާރު މުޙައްމަދު އިބްރާހިމްއާއި، ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރުގެ އިތުރުން، ފަނޑިޔާރު އަލީ ރަޝީދު ހުސައިންއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު