Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސޯލާ ޕީވީ މަޝްރޫއު

ސޯލާ ޕީވީ ހަރުކުރާނެ ތަންތަން ކަނޑައެޅީ އާންމުންގެ ޚިޔާލު ހޯދުމަށްފަހު: ނުޒުހަތު

31 މާރިޗު 2022 | ބުރާސްފަތި 04:25

މިއީ މިހާތަނަށް އެއް ކޮންޓްރެކްޓެއްގެ ދަށުން އެންމެ ގިނަ އަދަދަކަށް ސޯލާ ޕީވީ ނިޒާމު ޤާއިމުކުރާ މަޝްރޫއު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 31 މާރިޗު 2022 | ބުރާސްފަތި 04:25
އެންވަޔަރަމެންޓް މިނިސްޓްރީގެ އެސްޕަޔަރ އަދި އެރައިޒް މަޝްރޫއުގެ ސަސްޓެއިނަބަލް އެނާޖީ ސްޕެޝަލިސްޓް ނުޒުހަތު އަހްމަދު

އެންވަޔަރަމެންޓް މިނިސްޓްރީގެ އެސްޕަޔަރ އަދި އެރައިޒް މަޝްރޫއުގެ ސަސްޓެއިނަބަލް އެނާޖީ ސްޕެޝަލިސްޓް ނުޒުހަތު އަހްމަދު

11 މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމު ޤާއިމުކުރުމަށް ނިންމާފައިވާއިރު ސޯލާ ޕީވީ ހަރުކުރާނެ ތަންތަން ކަނޑައަޅާފައިވާނީ އާންމުންގެ ޚިޔާލު ހޯދުމަށްފަހު ކަމަށް އެވަޔަރަމެންޓް މިނިސްޓްރީގެ އެސްޕަޔަރ އަދި އެރައިޒް މަޝްރޫއުގެ ސަސްޓެއިނަބަލް އެނާޖީ ސްޕެޝަލިސްޓް ނުޒުހަތު އަހްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނުޒުހަތު ވިދާޅުވީ ސޯލާ ޕީވީ ހަރުކުރާ ތަންތަން ކަނޑައަޅާފައިވާނީ އާންމުންގެ ޚިޔާލު ހޯދުމަށްފަހު ކަމަށްވާއިރު އެ ޚިޔާލުތައް ވެސް ބަލައިގެންފައިވާ ކަމަށެވެ. އަދި ކުދި ރަށްތަކުގައި އާންމުން ދިރިއުޅޭއިރު އިންޖީނުގެ އެމީހުން ދިރިއުޅޭ ގެތަކުގެ ކައިރީގައި ހުރުމުން އުނދަގޫވާ ކަމަށާއި ސޯލާ ޕީވީ ހަރުކުރުމުން މިކަން ވެސް ހައްލު ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނުޒުހަތު ވިދާޅުވީ މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން ލީޓަރަކަށް 10 ރުފިޔާގެ ރޭޓުން ބަލާނަމަ ދައުލަތުން ތެލަށްކުރާ ހޭދައިން ގާތްގަނޑަކަށް އަހަރަކަށް 55 މިލިއަން ދިވެހި ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި މި މަޝްރޫޢޫގެ ސަބަބުން އަހަރަކަށް 12،694 މެޓްރިކްޓަނުގެ ވިހަގޭސް މަދުކުރެވޭނެ ކަމަށް ނުޒުހަތު ވިދާޅުވިއެވެ.

އެކްސަލަރޭޓިންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓްއިން ރިނުއުވަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން އައްޑޫ ސިޓީ ގުޅިފައިވާ ރަށްތައް ހިމެނޭގޮތަށް 6 ރަށެއްގައި ޕަވަރ ޕަރޗޭސިންގ އެގްރީމަންޓްގެ ދަށުން 11 މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމު ޤާއިމުކުރުމަށް މެލޭޝިއާގެ މެގަ ފަސްޓް ޕަވަރ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދް އަދި ޕަވަރ ޗައިނާ ހުއަޑޮންގ އިންޖިނިއަރިންގ ކޯޕަރޭޝަން ޖޮއިންޓް ވެންޗަރއާ މިނިސްޓްރީން ވަނީ ހަވާލުކޮށްފައެވެ.

މިއީ ދިވެހިރާއްޖޭގައި މިހާތަނަށް އެއް ކޮންޓްރެކްޓެއްގެ ދަށުން އެންމެ ގިނަ އަދަދަކަށް ސޯލާ ޕީވީ ނިޒާމު ޤާއިމުކުރާ މަޝްރޫޢެވެ.

މި މަޝްރޫޢުގެ ދަށުން 11 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމު ޤާއިމުކުރުމަށް ނިންމާފައިވަނީ

މި މަޝްރޫއުގެ ދަށުން އުފައްދާ ކަރަންޓް ވިއްކުމަށް ހުށަހަޅާފައިވަނީ 15 އަހަރުގެ މުއްދަތަށް ޔުނިޓަކަށް 9.888 ޔޫއެސް ސެންޓެވެ. މިއީ މިހާތަނަށް ރާއްޖޭގައި ޕަވަރ ޕާޗޭސިން އެގްރީމެންޓުގެ ދަށުން ކަރަންޓުގެ ޙިދުމަތްދޭ ކުންފުންޏަށް ސޯލާ ހަކަތައިން އުފައްދާ ކަރަންޓު ގަންނަން ލިބޭ އެއްމެ ހެޔޮ އަގެވެ. އަދި މިއީ އެވްރެޖްކޮށް ޑީސަލުން ކަރަންޓު އުފައްދާ އަގުގެ %50 އަށް ވުރެކުޑަ އަގެކެވެ. 

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައެވެ. އަދި މަސައްކަތްތައް ނިންމައި ކަރަންޓު ފޯރުކޮށްދޭން ފަށާނީ 2023 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. މި މަޝްރޫޢުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 18 މިލިއަން ޔުނިޓްގެ ކަރަންޓް އުފައްދާނެއެވެ. އޭގެ ސަބަބަނުން އަހަރަކު ކަރަންޓް އުފައްދަން ބޭނުންކުރާ ޑީސަލުން ގާތްގަނޑަކަށް 4.8 މިލިއަން ލީޓަރުގެ މަދުކުރެވި ޑީސަލް ގަންނަން ކުރާ ހޭދައިން 39 މިލިއަން ދިވެހި ރުފިޔާ ކުޑަ ކުރެވޭނެއެވެ.

މިނިސްޓްރީން ހިންގާ އެސްޕަޔަރ އަދި އެރައިސް މަޝްރޫޢަކީ، ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރާއި މިކަމަށްކުރާ ޚަރަދު ކުޑަކޮށް ދިވެހިރާއްޖޭގައި އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕްރައިވެޓް އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ވޯލްޑް ބޭންކްގެ އެހީގައި ހިންގާ މަޝްރޫޢެކެވެ. މިގޮތުން ޕްރައިވެޓް އިންވެސްޓްމަންޓްތައް ގެނައުމަށް ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދައި، އިންވެސްޓްކުރުމަށް ފަސޭހަ މާޙައުލެއް ޤާއިމުކުރުމަށް މަސައްކަތް ކުރުމާއިއެކު މިކަމަށް ފުރުޞަތުތައް ހުޅުވައިދިނުމާއި އަދި މިކަމާއި ގުޅޭ ތަމްރީން ދިނުން މި މަޝްރޫޢުގައި ހިމެނެއެވެ.

ފަލަ ސުރުޚީއެންވަޔަރަމަންޓް މިނިސްޓްރީ

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް

18 ޑިސެމްބަރު 2025
ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް
17 ނޮވެމްބަރު 2025

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!
12 ނޮވެމްބަރު 2025

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ
17 އޮކްޓޯބަރު 2025

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި
09 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް
24 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު

24 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު
11 ސެޕްޓެމްބަރު 2025

މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް

11 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް
07 ސެޕްޓެމްބަރު 2025

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި
07 ސެޕްޓެމްބަރު 2025

ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު

07 ސެޕްޓެމްބަރު 2025
ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު
03 ސެޕްޓެމްބަރު 2025

ސިސްޓަމެޓިކް ގޮތެއްގައި ރައްޔިތުން ބިކަ ކުރުމަށް ދަނީ މަސައްކަތް ކުރަމުން، މުޅި ރާއްޖޭގައި އޮތީ ޝަކުވާ: ޝިފާޒު

03 ސެޕްޓެމްބަރު 2025
ސިސްޓަމެޓިކް ގޮތެއްގައި ރައްޔިތުން ބިކަ ކުރުމަށް ދަނީ މަސައްކަތް ކުރަމުން، މުޅި ރާއްޖޭގައި އޮތީ ޝަކުވާ: ޝިފާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް