Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާ-ރަޝިއާ ގުޅުން

ޗައިނާ-ރަޝިއާ ގުޅުން އިތުރަށް ބަދަހި ކުރަނީ

ދެ މިނިސްޓަރުންވެސް ވަނީ ރަޝިއާ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ހުޅަނގުން ރަޝިއާ އާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް ކުށްވެރިކުރައްވާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 30 މާރިޗު 2022 | ބުދަ 16:01
ޗައިނާގެ ފޮރިން މިނިސްޓަރު ވަންގ ޔީ ވަނީ ބުދަ ދުވަހު ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯވްއާ ބައްދަލުކުރައްވާފައި

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގ ޔީ ވަނީ ބުދަ ދުވަހު ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯވްއާ ބައްދަލުކުރައްވާފައި

ޗައިނާ އާއި ރަޝިއާ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ދެގައުމުގެ ފޮރިން މިނިސްޓަރުން މަަޝްވަރާކުރައްވައިފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގ ޔީ ވަނީ ބުދަ ދުވަހު ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯވް އާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ޗައިނާގެ ފޮރިން މިނިސްޓަރު ޔީ ވަނީ ޗައިނާ އާއި ރަޝިއާ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ދެގައުމުގެ ދެމެދު އޮތް ބައިލެޓަރަލް ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުުރުން ދެގައުމުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރުކުރަން ތައްޔާރަށް ހުންނެވި ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ދެ މިނިސްޓަރުންވެސް ވަނީ ރަޝިއާ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ހުޅަނގުން ރަޝިއާ އާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް ކުއްވެރިކުރައްވާފައެވެ.

ރަޝީއާ އާއި ޗައިނާގެ ފޮރިން މިނިސްޓަރުން ބައްދަލުކުރައްވާފައި މިވަނީ ޗައިނާގެ އިރުމަތީ ޕްރޮވިންސް އެއްކަމަށްވާ އަންހުއި ގައެވެ. ޗައިނާ އިން ދަނީ އެ ޕްރޮވިންސްގައި އަފްގާނިސްތާނުގެ މައްސަލައާ ގުޅިގެން ވެސް މަލްޓިލެޓެރަލް ބައްދަލުވުންތަކެއް ބާއްވަމުންނެވެ.

ޗައިނާރަޝިއާ

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
09 ސެޕްޓެމްބަރު 2025

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
02 އޯގަސްޓު 2025

 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

02 އޯގަސްޓު 2025
 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު