Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސެނެގާލް ވޯލްޑްކަޕަށް

މާނޭއާއި، މެންޑީ ވޯލްޑްކަޕަށް! ސަލާހަށް ޖާގައެއް ނެތް!

30 މާރިޗު 2022 | ބުދަ 02:58

ކުރިއަށް އޮތް ވޯލްޑްކަޕުން ސަލާހު ނުފެންނާނެ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 30 މާރިޗު 2022 | ބުދަ 02:58
ސެނެގާލްއާއި މިޞްރު ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-ފުޓްބޯލް ސެނެގާލް

ސެނެގާލްއާއި މިޞްރު ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-ފުޓްބޯލް ސެނެގާލް

ލިވަޕޫލްގެ ފޯވާޑް މާނޭއާއި, ޗެލްސީގެ ކީޕަރު މެންޑީ ސެނެގާލް ވޯލްޑްކަޕްގެ ޖާގައެއް ޔަޤީންކޮށްފިއެވެ. މިއާއެކު ލިވަޕޫލް ފޯވާޑް މުޙައްމަދު ސަލާހަށް ކުރިއަށް އޮތް ވޯލްޑްކަޕްގެ ދޮރު ބަންދުވީއެވެ.

ސެނެގާލް ވޯލްޑްކަޕްގެ ޖާގައެއް ޔަޤީންކުރީ އެފްރިކާ ބައްރުގެ ޕްލޭއޮފްގެ ދެ ލެގުން މިޞްރުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފުރަތަމަ ލެގު މިޞްރުގައި ކުޅެ 1-0 ން މިޞްރު ކާމިޔާބުކުރީ ސަލާހުގެ އެހީތެރިކަމާއެކުއެވެ. އެއް ލަނޑުގެ އެޑްވާންޓޭޖާއެކު ދެވަނަ ލެގަށް ސެނެގާލްގައި ނިކުއިން ނަމަވެސް މެޗުގެ 90 މިނިޓާއި, ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފްވެސް ނިމުނީ 1-0 ން ސެނެގާލް ކުރީގައި އޮވެގެންނެވެ. ވޯލްޑްކަޕްގެ ޖާގަ ލިބޭ ޓީމެއް ޔަޤީންކުރަން ޖެހި ޕެނަލްޓީގައި ސެނެގާލް ކުރި ހޯދީ 3-1 ނެވެ.

މެޗުގެ ތެރެއިން ސެނެގާލްގެ ލަނޑު ކާމިޔާބުކުރީ ބުލޫޔޭ ޑިޔާއެވެ. އޭނާ ވަނީ މެޗު ފަށައިގެން ތިންވަނަ މިނިޓްގައި ގޯލް ޖަހާފައެވެ. ޕެނަލްޓީގައި ދެޓީމުންވެސް ފުރަތަމަ ދެ ޕެނަލްޓީ ނާކާމިޔާބުވިއެވެ. އޭގެތެރޭގައި މިޞްރު ކެޕްޓަން ސަލާހުގެ ޕެނަލްޓީ ހިމެނެއެވެ. ސަލާގެ ޕެނަލްޓީ ގޯލާ އަމާޒެއް ނުވިއެވެ. މިޞްރަށް ކާމިޔާބުކުރެވުނީ އަމްރު އަލް ސޮލިއާ ޖެހި ތިންވަނަ ޕެނަލްޓީއެވެ. ސެނެގާލުން ވަނީ ފަހު ތިން ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އެއީ ސާއާއި, ބަމްބާ ޑިއަންގއާއި, މާނޭއެވެ. މާނޭ ޖެހި ފަހު ޕެނަލްޓީ ކާމިޔާބުކުރުމުގެ ކުރިން މެންޑީ ވަނީ މިޞްރުގެ މުޙައްމަދު މުސްތަފާ ޖެހި ޕެނަލްޓީ މަތަކޮށްފައެވެ.

މިއަހަރު ސެނެގާލުން އެފްރިކަޕް ކަޕް އޮފް ނޭޝަންސްވެސް އުފުލާލީ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން މިޞްރު ބަލިކޮށްފައެވެ. އެފަހަރުވެސް ޕެނަލްޓީ ޝޫޓް އައުޓްގައި ސެނެގާލްގެ ފަހު ޕެނަލްޓީ ކާމިޔާބުކުރީ މާނޭއެވެ. އަދި މެންޑީ ޕެނަލްޓީ މަތަކުރިއެވެ. އެފްރިކާ ބައްރުން ގާނާއާއި, މޮރޮކޯއާއި ކެމަރޫންވެސް ވަނީ ވޯލްޑްކަޕްގެ ޖާގަ ޔަޤީންކޮށްފައެވެ.

މިޞްރުމުހައްމަދު ސަލާހުސަޑިއޯ މާނޭ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
11 ނޮވެމްބަރު 2025

ދިވެހި ދައުލަތުގެ އިއްޒަތް ޑިމްސް ޞާލިހަށް

11 ނޮވެމްބަރު 2025
ދިވެހި ދައުލަތުގެ އިއްޒަތް ޑިމްސް ޞާލިހަށް
14 އޮކްޓޯބަރު 2025

ސުލްޙަވެރިކަން ޤާއިމު ކުރެވޭނެ ހަމައެކަނި މަގަކީ ދެ ދައުލަތުގެ ޙައްލު: އަލް ސީސީ

14 އޮކްޓޯބަރު 2025
ސުލްޙަވެރިކަން ޤާއިމު ކުރެވޭނެ ހަމައެކަނި މަގަކީ ދެ ދައުލަތުގެ ޙައްލު: އަލް ސީސީ
12 އޮކްޓޯބަރު 2025

ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއިން، މެކްރޮން މިޞްރަށް ވަޑައިގަންނަވަނީ

12 އޮކްޓޯބަރު 2025
ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއިން، މެކްރޮން މިޞްރަށް ވަޑައިގަންނަވަނީ
11 އޮކްޓޯބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލަން ވެފައިވާ އެއްބަސްވުން ދެމި އޮންނާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

11 އޮކްޓޯބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލަން ވެފައިވާ އެއްބަސްވުން ދެމި އޮންނާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
07 އޮކްޓޯބަރު 2025

ހަމާސް އާއި އިސްރާއީލްއާ ދެމެދު ފުރަތަމަ ބުރުގެ މަޝްވަރާތައް ބާއްވައިފި

07 އޮކްޓޯބަރު 2025
ހަމާސް އާއި އިސްރާއީލްއާ ދެމެދު ފުރަތަމަ ބުރުގެ މަޝްވަރާތައް ބާއްވައިފި
05 އޮކްޓޯބަރު 2025

ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާ އަށް ޓްރަމްޕްގެ މަންދޫބުން މިޞްރަށް

05 އޮކްޓޯބަރު 2025
ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާ އަށް ޓްރަމްޕްގެ މަންދޫބުން މިޞްރަށް
15 ސެޕްޓެމްބަރު 2025

ބާންލީ އަތުން ފަހު ވަގުތު ލިވަޕޫލް މޮޅު ކޮށްދިނީ ޞަލާޙު

15 ސެޕްޓެމްބަރު 2025
ބާންލީ އަތުން ފަހު ވަގުތު ލިވަޕޫލް މޮޅު ކޮށްދިނީ ޞަލާޙު
14 އެޕްރީލު 2025

ހަނގުރާމަ ހުއްޓާލާ ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބުނު

14 އެޕްރީލު 2025
ހަނގުރާމަ ހުއްޓާލާ ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބުނު
19 މާރިޗު 2025

އެއްބަސްވުމާ ޚިލާފަށް، އިސްރާއީލުން ޣައްޒާ އަށް ދިން ޙަމަލާތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކަންބޮޑުވުން

19 މާރިޗު 2025
އެއްބަސްވުމާ ޚިލާފަށް، އިސްރާއީލުން ޣައްޒާ އަށް ދިން ޙަމަލާތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކަންބޮޑުވުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް