Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޫސާ ނާޝިދުގެ ހަނދާންތައް

މޫސާ ނާޝިދުގެ ހަނދަންތައް: މިއަދު ލިބޭ ފުރުޞަތުތައް އަޅުގަނޑުމެންނަށް ލިބުނު ނަމަ

29 މާރިޗު 2022 | އަންގާރަ 11:34

މިހާރުގެ ކުޅުންތެރިންނަށް ފުރުޞަތުތައް ލިބޭތީ އުފާވޭ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 29 މާރިޗު 2022 | އަންގާރަ 11:34
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު

ކުޅިވަރުގެ ވަޞީލަތްތައް ޤާއިމްކުރުމުގައި ސަރުކާރުގެ ސްޕީޑް ބާރެވެ. މާލެއާއި އަތޮޅުތަކުގައި ކުޅިވަރުގެ ވަޞީލަތްތައް ޤާއިމްކުރަމުން ދަނީ ހުރިހާ ކުޅިވަރުތަކަށް ސަމާލުކަން ދީގެންނެވެ. އެކަން ކުރީގެ ކުޅިވަރުގެ ލެޖެންޑުން ދަނީ ފާހަގަކުރަމުންނެވެ. އެސޯސިއޭޝަންތަކުގެ ވެރިން އެކަން ފާހަގަކުރެއެވެ. އޭގެތެރެއިން އެއްބޭފުޅަކީ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދެވެ. އޭނާއަކީ އޭނާގެ ދުވަސްވަރު ޗެމްޕިއަން އެވެ.

އޭރުގެ ހަނދާންތައް އާކުރައްވަމުން މޫސަ ގުޅުވާލެއްވީވެސް މިއަދުގެ ކުޅުންތެރިންނަށް ލިބިފައިވާ ފުރުޞަތުތަކާއެވެ. އެފުރުޞަތުތައް ލިބުނު ނަމަ އޭރު ހޯއްދެވޭނެކަމަށް ބެލެވޭ ކާމިޔާބީތައް ސިފަކުރެއްވިއެވެ. މޫސާ ނާޝިދު ވިދާޅުވީ ކުޅުއްވި ދުވަސްވަރުގެ މާހައުލާއި, ކުޅެން އުޅުނު ހާލަތު ހަނދާނަށް އަންނަކަމަށެވެ. މޫސަ ވިދާޅުވީ މިހާރުގެ ކުޅުންތެރިންނަށް ލިބިފައިމިވަނީ ވަރަށް އެހެންކަހަލަ ފުރުޞަތުތަކެއްކަމަށެވެ. އެކަމަކު އެކަމާ ދެރަނުވާކަމަށާއި, އޭގެ ޒާތުގައި ހިތްހަމަޖެހުން އިހުސާސްކުރެއްވޭކަމަށެވެ.

މޫސަ ވިދާޅުވީ އެފަދަ ހިޔާލުތަކެއް އުއްމީދުތަކެއް ކުރެވުނު ނަމަވެސް މިހާރުގެ ކުދިންނަށް އެފުރުޞަތު ލިބިގެންދާތީ އުފާވެރިކަންވެސް އިހުސާސްކުރެއްވޭކަމަށެވެ. އޭރުގެ ހަނދާންތަކުގެ ތެރެއިން އެންމެ ބޮޑަށް ހަނދާނުގައި ހުންނަ ކަންކަން ފާހަގަކުރައްވަމުން ވިދާޅުވީ އޭރު އޮންނަ ގާތް އެކުވެރި ގުޅުން ވަރަށް ބޮޑަށް ހަނދާން ހުންނަ ކަމަށެވެ. ބެޑްމިންޓަން ނޫންކަމުގައި ވިޔަސް އޭރު އެއްކޮށް ކުޅުނު ކުޅުންތެރިން ފެނުމުން މިހާރުވެސް ހިތަށް ފިނިކަންލިބި, ހިތްހަމަޖެހުން އިހުސާސްކުރެއްވޭކަމަށް މޫސަ ވިދާޅުވިއެވެ. ދެވަނަ ކަމަކަށް މޫސަ ފާހަގަކުރެއްވީ އޭރު ދަނޑުތަކަށް ނުވަތަ ކޯޓްތަކަށް ނިކުންނަމުން ދިޔައިރު މޫސަމެންގެ ސީނިއަރ ލެވެލްއެއްގައި ރާއްޖެ ތަމްސީލު ކުރަމުން ދިޔަ ކުޅުންތެރިން ދިން ނަސޭހަތްތަކެވެ. ސީނިއަރ ކުޅުންތެރިންނާ ވަރަށް ކައިރިން ކުޅިވަރުގެ އެކިއެކި ކަންކަން ތަޖުރިބާކުރުމުގެ ފުރުޞަތު ލިބިގެންދިއުމާއި, ސީނިއަރ ކުޅުންތެރިން ދިން އެކިއެކި ނަސޭހަތް އެއީ އަބަދުވެސް ކަންފަތުގައި ދައުރުވެވޭވޭ ހުންނަ އެއްޗެއްކަމަށް މޫސަ ވިދާޅުވިއެވެ. ޚާއްޞަކޮށް އޭރުގެ ތަރިންކަމުގައިވާ އިބްރާހީމް އިސްމާއީލް, ސައްޔިދު އަލީ ފަދަ ބޭފުޅުންގެ ނަން މޫސަ ފާހަގަކުރެއްވިއެވެ. އެބޭފުޅުންނާ ދިމާވެ, އެކިޝުޢޫރުތައް ފާޅުކުރެއްވުމުން މިހާރުވެސް ޚާއްޞަ އުފަލެއް އިހުސާސްކުރެއްވޭކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އޭރުއެއްކޮށް ކުޅުނު ކުޅުންތެރިންނާއި, އެއްކޮށް އުޅެވުނު މުޖުތަމައުގެ ތެރޭގައި އުޅުނު މީހުން މިހާރުވެސް ފެނިލީމަ ވަރަށްބޮޑު ހިތްހަމަޖެހުމެއް އިހުސާސްކުރެއްވޭކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

01 މެއި 2025

ބެޑްމިންޓަން އެސޯސިއޭޝަންގެ ޤައުމީ ހައިސިއްޔަތު ނަގައި، ސަސްޕެންޑު ކޮށްފި

01 މެއި 2025
ބެޑްމިންޓަން އެސޯސިއޭޝަންގެ ޤައުމީ ހައިސިއްޔަތު ނަގައި، ސަސްޕެންޑު ކޮށްފި
22 މާރިޗު 2024

އޭސީސީ ވަނުމުން ބެޑްމިންޓަން އިންތިހާބު ހުއްޓާލައިފި

22 މާރިޗު 2024
އޭސީސީ ވަނުމުން ބެޑްމިންޓަން އިންތިހާބު ހުއްޓާލައިފި
21 މާރިޗު 2024

އޭސީސީން ވެސް އެންގީ ބެޑްމިންޓަން އިންތިޚާބު މަޑު ޖައްސާލުމަށް

21 މާރިޗު 2024
އޭސީސީން ވެސް އެންގީ ބެޑްމިންޓަން އިންތިޚާބު މަޑު ޖައްސާލުމަށް
19 މާރިޗު 2024

ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭސީސީން ތަހުގީގުކުރަނީ

19 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭސީސީން ތަހުގީގުކުރަނީ
19 މާރިޗު 2024

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރަނީ އަޖުފާން އަދި އިޝްފާން

19 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރަނީ އަޖުފާން އަދި އިޝްފާން
18 މާރިޗު 2024

ބެޑްމިންޓަން އެސޯސިއޭޝަންގެ އަސާސީ ޤަވާއިދަށް ބަދަލު ގެންނަން އަންގައިފި

18 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަންގެ އަސާސީ ޤަވާއިދަށް ބަދަލު ގެންނަން އަންގައިފި
14 މާރިޗު 2024

ކޮމިޝަނަރު އެންގީ ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބު މަޑު ޖައްސާލުމަށް!

14 މާރިޗު 2024
ކޮމިޝަނަރު އެންގީ ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބު މަޑު ޖައްސާލުމަށް!
13 މާރިޗު 2024

ބެޑްމިންޓަންގެ އިންތިޚާބު އައްޑޫގައި ބާއްވާތީ ކުލަބުތަކުގެ ކަންބޮޑުވުން

13 މާރިޗު 2024
ބެޑްމިންޓަންގެ އިންތިޚާބު އައްޑޫގައި ބާއްވާތީ ކުލަބުތަކުގެ ކަންބޮޑުވުން
13 މާރިޗު 2024

ބެޑްމިންޓަން އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ އައްޑޫގައި ބާއްވަން ނިންމައިފި

13 މާރިޗު 2024
ބެޑްމިންޓަން އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ އައްޑޫގައި ބާއްވަން ނިންމައިފި
30 އޯގަސްޓު 2023

އައިއޯއައިޖީ: ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން ގަދަ 16 އަށް

30 އޯގަސްޓު 2023
އައިއޯއައިޖީ: ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން ގަދަ 16 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް