Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާފިލްގެ ކުއްލި މަރު

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

މެޑިކަލް ޓެސްޓުން ފެއިލްވި ނަމަވެސް ބައެއްފަހަރު ފުރުސަތު ދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 28 މާރިޗު 2022 | ހޯމަ 16:27
ނިޔާވި މުހައްމަދު ރާފިލް

ނިޔާވި މުހައްމަދު ރާފިލް

އެމްއެންޑީއެފްގެ ޓްރެއިނިންގ އެއްގައި އުޅެނިކޮށް ކުއްލި ގޮތަކަށް މަރުވެފައިވާ މުހައްމަދު ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް ކަމަށް ރާއްޖެއެމްވީއަށް ކަށަވަރުވެއްޖެއެވެ.

އިތުބާރު ހުރި ފަރާތަކުން ރާއްޖެއެމްވީއަށް ވިދާޅުވީ ރާފިލް މާފިލާފުއްޓަށް ޓްރެއިނިންއަށް ގެންދިޔައީ ކޮން އުސޫލަކުންކަން ނޭނގޭ ކަމަށާއި، ރާފިލް ހެދި މެޑިކަލް ޓެސްޓުން ފެއިލްވެފައިވާ ކަމަށެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް އެބޭފުޅާ ވިދާޅުވީ ސިފައިންގެ ޓްރެއިނިންއަށް ގެންދާ ޒުވާނުންގެ ތެރެއިން މެޑިކަލް ޓެސްޓުން ފެއިލްވާ ޒުވާނުންނަށް މަދުން ނަމަވެސް ޓްރެއިނިންއަށް ދިއުމުގެ ފުރުސަތު ދޭ ކަމަށެވެ. މިއީ އެތެރެއިން ކުރާ ކަމެއް ކަމަށާއި، އެމީހުން ޓްރެއިނިންގ ފުރިހަމަކޮށް ސިފައިންގެ ވަޒީފާ އަދާކުރަމުންދާ ކަމަށެވެ. މިއީ އަބަދުވެސް ހިނގަމުންދާ ކަމެއްގެ ގޮތުގައި އެބޭފުޅާ ތުހުމަތުކޮށްފައިވާއިރު، މިމައްސަލަ ތަހުގީގުކޮށްފިނަމަ ސާބިތުވާނެ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅޭގޮތުން ރާފިލްގެ ބައްޕަ އަހްމަދު ރަބީލު ބުނީ ރާފިލް ސިފައިންގެ ވަޒީފާއަށް ވަނުމަށް ހެދި އެއްވެސް ޓެސްޓަކުން ފެއިލްވި ކަން އަންގާފައިނުވާ ކަމަށެވެ. އަދި ސިފައިންގެ ރެކްރޫޓުގައި އުޅެފައިވަނީ ފާސްވިކަން އެންގުމުން ކަމަށް އޭނާގެ ބައްޕަ ބުންޏެވެ. މިހާދިސާ ހިނގާދިޔަ ގޮތުގެ ތަހުގީގު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނިކަމުގައި ވިޔަސް މިއަދާ ހަމައަށް އައިލާއަށް މިކަމާއި ބެހޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވެއެވެ. އަދި ރާފިލްގެ މަރާގުޅޭ ރިޕޯޓާއި، ނިޔާވި ދުވަހު ކަން ހިނގާ ދިޔަ ގޮތުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިނުވާ އިރު މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށް ރާފިލްގެ ބައްޕަ ބުންޏެވެ.

މިހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނެފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައިވާނަމަ ޓްރެއިނިންގއަށް ނުގެންދާނެ ކަމަށެވެ. ނަމަވެސް ރާފިލްގެ ކޭސްގައި ކަން ހިނގާފައިވާ ގޮތް ނޭނގޭ ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އަދި މިމައްސަލަ ޚާއްސަ ކޮމެޓީއަކުން ތަހުގީގު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނި ނަމަވެސް މިއަދާ ހަމައަށް އެއްވެސް އަޕްޑޭޓެއް ނެތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޓްރެއިނިންއަށް ރާފިލް މާފިލާފުއްޓަށް ފުރާފައިވަނީ 5 މާޗް 2022 ވީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ފުރިއިރު ހުރީ ވަރަށް ގަދައަށް ހުންވެސް އައިސްފައެވެ. ހުން ގަދަވެވުމާއެކު ރާފިލް އާ ހަވާލުވެހުރި އެމްއެންޑީއެފްގެ ބޭފުޅާއަށް ގުޅާ މެސެޖްކޮށްފައިވެއެވެ. މާޗް މަހުގެ 6 ވަނަ ދުވަހު މާފިލާފުށީގައި ހުރިއިރު މާޗް މަހުގެ 7 ވަނަ ދުވަހު ހާލު ސީރިއަސްވުމާއި ގުޅިގެން ޅ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައެވެ. ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދެއެވެ. ރާފިލް ނިޔާވެފައިވަނި 7 މާޗް 2022 ގައެވެ.

ރާފިލްގެ މަރާއި ގުޅިގެން އެ އާއިލާއިން ވެސް އެމްއެންޑީއެފްއަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވެއެވެ.

ރާފިލް އެމްއެންޑީއެފް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު