Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޓީސީސީން ބޭރުގެ ޕްރޮޖެކްޓްތައް ހިންގާނެ

ކުރިއަށް އޮތް ހައެއްކަ އަހަރުގެ ތެރޭގައި ބައިނަލްއަޤުއާމީ މަޝްރޫއުތައް އެމްޓީސީސީއަށް ހިންގޭނެ - އާޒިމް

28 މާރިޗު 2022 | ހޯމަ 10:23

މިވަގުތު ސަރުކާރުގެ 6 ބިލިއަން ރުފިޔާގެ މަޝްރޫއެއް ކުރިއަށްގެންދޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 28 މާރިޗު 2022 | ހޯމަ 10:23
އާދަމް އާޒިމް - އެމްޓީސީސީގެ ސީއީއޯ

އާދަމް އާޒިމް - އެމްޓީސީސީގެ ސީއީއޯ

ކުރިއަށް އޮތް ހައެއްކަ އަހަރުގެ ތެރޭގައި ބައިނަލްއަޤުއާމީ މަޝްރޫއުތައް އެމްޓީސީސީން ހިންގަން ފެށޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ އައްޑޫ ސިޓީ މީދޫގެ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ކުންފުނި މިހާރު މިސްރާބު ޖަހާފައިވަނީ، ރާއްޖެއިން ބޭރުގެ ޕްރޮޖެކްޓްތަކަށް ދެވޭ ފެންވަރުގެ ކުންފުންޏެއްގެ ގޮތުގައި ކުންފުނި ތަރައްގީކޮށް، އެ މަސައްކަތް ފެށުމަށްކަމަށާއި، ކުރިއަށް އޮތް 5-6 އަހަރު ތެރޭ އެފަދަ މަޝްރޫއުތައް ކުންފުނިން ހިންގާނެކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މިއަދު ގައުމުގެ ވެރިއަކީ އެ މިސްރާބަށް ކުންފުނި ގެންގޮސްދެއްވާނެ ވެރިއެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެންމެ ފުރަތަމަ ރައީސް އިރުޝާދު ދެއްވީ ކުންފުނި މިހާރު އޮތް ހިސާބުން އެހެން ހިސާބަކަށް ގެންދިޔުމަށް ކަމަށާއި، އެކަން ކުރައްވާނެ ކަމުގެ ޔަގީކަން އާޒިމް ދެއްވިއެވެ.

އެމްޓީސީސީން ކުރަމުން އަންނަ ކޮންމެ މަސައްކަތަކީ ރައީސްގެ ވައުދު ފުއްދުމަށްޓަކައި ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި، އެ މަސައްކަތްތައް ކުރިއަށްގެންދަނީ ރައީސް ބޭނުންފުޅުވެވަޑައިގަންނަވާ ގޮތަށް ކަމަށް އާޒިމް ވިދާޅުވިއެވެ. މިއަދު ޤައުމުން މި ފެންނަނީ ރައީސަކު ގައުމު ތަރައްޤީ ކުރުމަށް އަޒުމް ކަނޑައަޅުއްވައިފިނަމަ އެކަމެއް ވާނެކަން ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކުންފުނީގެ ތާރީޚުގައިވެސް ނުހިންގާހާ ގިނަ މަޝްރޫއުތައް މި ދައުރުގައި ހިންގަމުން އަންނަ ކަމަށާއި، މިވަގުތު ޖުމްލަ 103 މަޝްރޫއުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި 98 މަޝްރޫއެއްގެ މަސައްކަތް ނިމިފައިވާއިރު، މީގެތެރޭގައި ބޮޑު އަދި ކުދި މަޝްރޫއުތައްވެސް ހިމެނޭ ކަމަށެވެ. އާޒިމް ވިދާޅުވި މި ތިން އަހަރުތެރޭ ނިންމި މަޝްރޫއުތަކުގެ އަގު 3.5 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ.

މިވަގުތު ސަރުކާރުގެ 6 ބިލިއަން ރުފިޔާގެ މަޝްރޫއު އެކުންފުނިން ކުރިއަށްގެންދާކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ ކުންފުނީގެ އަމާޒަކީ، ފަށާފައިވާ ބޮޑެތި މަސައްކަތްތައް އަންނަ އަހަރުގެ ނިޔަލަށް ނިންމުން ކަމަށެވެ. އަދި އެމްޓީސީސީގެ މަސައްކަތެއް ފެންނަން ނެތް ރަށެއް ރާއްޖޭގައި ނޯންނާނެކަމަށް އާޒިމް ވިދާޅުވިއެވެ.

ސަރުކާރުގެ ހުރިހާ މުއައްސަސާތަކުން އެއްވިޝަނެއްގައި އެއް އަމާޒަކަށް މަސައްކަތް ކުރަމުން އަންނައިރު، ހުރިހާ މުއައްސަސާއަކުންވެސް އެމްޓީސީސީއަށް ބޭނުންވާ އެހީތެރިކަން ލިބެމުން އަންނަކަންވެސް އާޒިމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އާދަމް ޢާޒިމްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއެމްޓީސީސީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
15 ނޮވެމްބަރު 2025

ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް

15 ނޮވެމްބަރު 2025
ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް
15 ނޮވެމްބަރު 2025

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް

15 ނޮވެމްބަރު 2025
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް