Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީދޫ ބަނދަރު ހުޅުވުން

ރައީސް ސޯލިހު އައްޑޫ ސިޓީ މީދޫ ބަނދަރު ރަސްމީކޮށް ހުޅުވައިދެއްވައިފި

މިއީ 36.5 މިލިއަން ރުފިޔާގެ މަޝްރޫއެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 މާރިޗު 2022 | ހޯމަ 06:58
ރައީސް މީދޫ ބަނދަރު ހުޅުވައިދެއްވަނީ

ރައީސް މީދޫ ބަނދަރު ހުޅުވައިދެއްވަނީ

އައްޑޫ ސިޓީ މީދޫގެ ބަނދަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

ހޯމަ ދުވަހުގެ ހެނދުނު މީދޫގައި އަލަށް ތަރައްގީ ކުރި ބަނދަރު ސަރަހައްދުގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސް ސާލިޙްގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި، މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނާއެކު ސަރުކާރުގެ އިސް ބައެއްބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. މި ރަސްމިއްޔާތުގައި މީދޫ ބަނދަރު ވަނީ އައްޑޫ ސިޓީ ކައުންސިލާއި ހަވާލުކޮށްފައެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީއިން ކުރާ މަސައްކަތަކީ ރައީސް ބޭނުންފުޅުވާ ގޮތަކަށް ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އެތައް ވެރިޔަކު ރާއްޖޭގެ ވެރިކަމަށް އައިސް ގޮސްފި ކަމަށާއި، މިއަދު ފެންނަ ތަރައްގީއަކީ ރައީސްގެ ވައުދުފުޅާއެކު ކޮންމެ ރަށްރަށުގައި ކުރިއަށްދާ މަސައްކަތް ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އޮކްޓޯބަރު މަހުން ފެށިގެން ރާއްޖޭގައި އެމްޓީސީސީން މަސައްކަތް ނުކުރާ ރަށެއް ނޯންނާނެ ކަމަށެވެ. މިހާރުވެސް 103 މަޝްރޫއެއް ކުރިއަށް ގެންދާ ކަމަށާއި، 98 މަޝްރޫއުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. މިއީ 3.5 ބިލިއަން ރުފިޔާގެ މަސައްކަތް ކަމަށާއި، މިހާރު ހަވާލުކުރެވިފައިވާ މަސައްކަތުގެ އަގު 6 ބިލިއަން ރުފިޔާއަށް އަރާކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ރައީސްގެ އިރުޝާދާއެކު ކޮންމެ ކަމެއް ވެސް ހާސިލް ކުރެވޭނެ ކަމަށާއި، މިވަގުތު ވެސް 3 އެއަރޕޯޓް، 3 ކޯޒްވޭ އަދި ލިންކްރޯޑްގެ މަސައްކަތާއި، 43 ބަނދަރާއި ޖެޓީގެ މަސައްކަތުގެ އިތުރުން 7 ޕޯޓް، 33 ބިންހުއްކުން އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ އިތުރުން ނަރުދަމާ ނިޒާމުގެ 7 މަސައްކަތާއެކު ފެނުގެ ޕްރޮޖެކްޓެއް ވެސް ކުރިއަށް ގެންދާ ކަމަށެވެ. އާޒިމް ވިދާޅުވީ ރައީސްގެ ދައުރުގެ ތެރެއިން ހަވާލުކުރެވުނު ހުރިހާ މަސައްކަތެއް ނިންމަވާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ކޮވިޑްގެ އިމްތިހާނުން ރައީސް ސޯލިހު ފާސްވެވަޑައިގެންފައިވާ ކަމަށާއި، އެކަމުގެ އެއް ހެއްކަކީ ކޮވިޑުގެ ލޮޅުމާއެކު އިގްތިސާދު ކުރިއަރަމުން އަންނަ ގައުމުތަކުގެ 5 ވަނައިގައި ރާއްޖެ ހިމެނުން ކަމަށެވެ. ރޮޒައިނާ ވިދާޅުވީ ރައީސް ގެންދަވަނީ އާބާދީއެއް ރަށެއް ބެލުމެއް ނެތި ކަންކަން ކޮށްދެއްވަމުން ކަމަށާއި، އެކަމުގެ މިސާލަކީ ޅ. ނައިފަރު ކަމަށެވެ. މީގެ އިތުރުން ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ރައީސް ވާދަކުރައްވާ ނަމަ، މީދޫގެ މެޖޯރިޓީ ރައީސްއަށް ލިބިވަޑައިގަންނަވާނެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މީދޫ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް 31 މެއި 2021 ވަނަ ދުވަހު ވަނީ ނިންމާލާފައެވެ. މި މަޝްރޫއުއަކީ 23 ޖޫން 2019 ވަނަ އަހަރު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުުގެ އަގަކީ 36.5 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއުގެ ދަށުން، ސ. މީދޫ ބަނދަރު ފުންކުރުމާއި، ބަނދަރުގެ ނެރު ފުންކުރުމާއި، 621 މީޓަރު އެއްގަމު ތޮށި ލުމާއި، އެއްގަމު ތޮށި ވަށައިގެން 3,125 އަކަމީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރުގައި ރޭމްޕެއް ހަދާފައިވެއެވެ. އަދި ނެރުބައްތި ހަރުކުރުމާއި ބަނދަރު ސަރަޙައްދުގައި ބައްތި ހަރުކުރުމުގެ އިތުރުން، ބަނދަރުގައި މުއަރިންގ ހުކްސް ހަރުކުރުމާއި، ބޮލާޑް ހަރުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.

މި ބަނދަރަކީ އާންމުކޮށް ރާއްޖޭގައި ތަރައްގީކުރަމުން އަންނަ ބަނދަރުތަކުގެ ޑިޒައިނާ ތަފާތު ހިތްގައިމު ބަނދަރެއް ކަމަށް އެމްޓީސީސީން ބުނެއެވެ. މިގޮތުން ވާ އައްސާ ކުޅިތަކުގެ އިތުރުން ވާ އައްސާނެ ބޮލާރޑް ވެސް ހަރުކުރެވިފައިވާ ކަމަށާއި ބަނދަރު ޑިޒައިން ކޮށްފައިވާނީ ކުރިން މީދޫ ގައި ދިމާވި ބޮޑުދިޔައިގައި ރަށަށް ރާޅުއެރުމުގެ މައްސަލަ ދިމާނުވާނެ ގޮތަށް އުސްކޮށް ކަމަށް ބުނެއެވެ.

އެމްޓީސީސީގެ ފަރާތުން އައްޑޫ ސިޓީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ހުޅުދޫ ބަނދަރު ތަރައްގީކުރުމާއި، ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަސައްކަތާއި، ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީކުރުމާއި މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އިތުރުން ހިތަދޫގެ ކުރީގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢުތަކަށް ގާތްގަނޑަކަށް 237 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. އެމްޓީސީސީން ބުނީ މިނޫނަސް އައްޑޫ ސިޓީގައި އިތުރު ތަރައްގީގެ މަޝްރޫއުތައް ކައިރި މުސްތަގުބަލެއްގައި ފެށުމަށް ރޭވިފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުހުޅުމީދޫމީދޫރޮޒައިނާ އާދަމްއެމްޓީސީސީއާދަމް ޢާޒިމް

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ހެދުމަށް ސަރުކާރާއި މަޖިލީހަށް އެމްޑީޕީ އިން ގޮވާލައިފި

އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ހެދުމަށް ސަރުކާރާއި މަޖިލީހަށް އެމްޑީޕީ އިން ގޮވާލައިފި

25 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު