Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމ

ތަހުޤީޤީ ދާއިރާ ކޯހުގެ 10 ބެޗް ކޮލެޖުން ހިންގަން ޖެހޭނެ: ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މަސްއޫދު

ކޮންމެ ބެޗެއްގައި ގާތްގަޑަށް 30 ފަރާތް ބައިވެރި ކުރަން ޖެހޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 28 މާރިޗު 2022 | ހޯމަ 00:54
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު މަސްއޫދު

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު މަސްއޫދު

އިންވެސްޓިގޭޓިންގ އޮފިސަރުންނަކީ ޑިޕްލޮމާ ސަނަދު ހާސިލްކޮށްފައިވާ މީހުންނަށްވާން ޖެހޭނެ ކަމަށް ޤަވާއިދު ބުނާއިރު އެ މަޤްސަދު ހާސިލްކުރުމަށްޓަކައި ތަހުޤީޤީ ދާއިރާއަށް 10 ބެޗް ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު މަސްއޫދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަސްއޫދު ވިދާޅުވީ މިގޮތުން ކޮންމެ ބެޗެއްގައި ތިރީހަކަށް ފަރާތް ބައިވެރި ކުރަން ޖެހޭނެ ކަމަށެވެ. އަދި އެކަމަށްޓަކާ ކޮލެޖުން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވއެވެ.  

Advertisement - newsAdvertisement

މަސްއޫދު ވިދާޅުވީ ކުޅުއްދުއްފުއްޓާއި އައްޑޫގައި ވެސް ޑިޕްލޮމާ ޕްރޮގްރާމުތައް ކުރިއަށްދާ ކަމަށާއި ކްރިމިނަލް އިންވެސްޓިގޭޝަން ދާއިރާއަށް އަޒާމުކޮށްގެން ވެސް އެކި ޕްރޮގްރާމުތަކާއި ސްކިލްސް ޕްރޮގްރާމުތައް ވެސް ކުރިއަށްދާ ކަމަށެވެ.

ތަމްރީން ފޯރުކޮށްދިނުމުގައި ކޮލެޖްގެ ފޯކަސް ހުންނާނީ ހަމައެކަނި ފުލުހުންނަށް ނޫންކަން ފާހަގަކުރައްވާ މަސްއޫދު ވިދާޅުވީ ކޮލެޖްގެ ފޯކަސް ހުންނާނީ މުޅި ސެކިއުރިޓީ ސެކްޓަރ އަށް ކަމަށެވެ. އަދި އެ ފަރާތްތަކަށް އަމާޒުކޮށް ތަފާތު ޓްރެއިނިންގ ޕްރޮގްރާމުތައް ހިންގާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮލެޖްގައި ތަމްރީނު ލިބިފައި ތިބި އިންސްޓްރަކްޓަރުންނާއި ލެކްޗަރާއިން ތިބެން ޖެހޭއިރު އެކަން ވެސް ހަމަޖެހިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. މިހާރު ވެސް ޓްރެއިނިންގ ޕްރޮގްރާމުތަކުގައި ކިޔަވައިދެއްވަނީ ފުލުހުންކަން ފާހަގަކުރައްވާ ވިދާޅުވީ ކޮންމެ ދާއިރާއަކަށް ބެލިނަމަވެސް ކިޔަވައިދެއްވަން ފުލުހުން ތިބޭނެ ކަމަށެވެ،

މީގެ އިތުރުްން ބޭރުގެ ފަރާތްތަކާއި ގުޅިގެން ވެސް ބައެއް ޓްރެއިނިންގ ޕްރޮގްރާމުތައް ކުރިއަށް ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އިންޑިއާގެ ޔުނިވަރސިޓީ އަކާއެކު ޓްރެއިނިންގ ޕްރޮގްރާމުތައް ހިންގުމަށް ވެސް މަޝްވަރާ ކުރަމުންދާ ކަމަށް މަސްއޫދު ވިދާޅުވިއެވެ.

މަސްއޫދު އިތުރަށް ވިދާޅުވީ ތަހުޤީޤީ ދާއިރާގައި ހިމެނޭ ބައެއް މުއައްސަސާތަކަށް ޓްރެއިނިންގ ޕްރޮގްރާމުތައް މިހާރު ވެސް ކުރިއަށްދާ ކަމަށާއި މެއި މަހު އިމިގްރޭޝަނަށް ވެސް އިތުރު ޓްރެއިނިންގ ޕްރޮގްރާމެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިހާރު ތަމްރީނުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވާ މަސްއޫދު ވިދާޅުވީ  ކޮމިޝަނަރ އޮފް ޕޮލިސްގެ އަމާޒަކީ މިހާރުކުރިޔަށް ގެންދާ ޓްރެއިންގތަކުގައި ޒަމާނީ ޑިމޮކްރެޓިކް ވެއްޓެއްގައި ފުލުހުން ޚިދުމަތްދޭނެ ގޮތް ތަނަވެސް ކޮށްދިނުން ކަމަށެވެ. އަދި އެކަންތައްތަކަށް ސަމާލުކަން ދެއްވާ ކަމަށް ވިދާޅުވިއެވެ.

އަސާސީ ތަމްރީނު ފުރިހަމަކުރުމަކީ ލާޒިމްކަމަށްވާއިރު އެ ތަމްރީނަށް ވެސް ބޮޑެތި ބަދަލުތަކެއް ފުލުހުންގެ އިދާރާ އިން ވަނީ ގެނެސްފައެވެ.  

މީގެއިތުރުން ފުލުހުންގެ ހިދުމަތަކީ ވަރަށް ބޮޑަށް މަދަނީ ޚިދުމަތެއް ކަމަށާއި މިހާރު ފޯރުކޮށްދޭ ޓްރެއިނިންގ ޕްރޮގްރާމަކީ ޒަމާނީ ގޮތަށް ބައްޓަންވެފައިވާ ޕްރޮގްރާމުތަކެއް ކަމަށް މަސްއޫދު ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްފަލަ ސުރުޚީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު