Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިޔާއާ ރާއްޖެއާ ދެމެދު ވެވުނު އެއްބަސްވުން

ކޮވިޑް ވެކްސިނޭޝަން ސެޓްފިކެޓް އިންޑިޔާގައި ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި

ދިވެހިރާއްޖޭގެ ހަޔަރ އެޑިއުކޭޝަން ނެޓްވޯރކާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯރކާ ދެމެދު ގާއިމްކުރެވުނު އެއްބަސްވުމެއް ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 މާރިޗު 2022 | ހޮނިހިރު 17:43
އިންޑިޔާއާ ރާއްޖެއާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރުން

އިންޑިޔާއާ ރާއްޖެއާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރުން

މުހިއްމު 2 އެއްބަސްވުމެއްގައި ދިވެހިރާއްޖެއާ އިންޑިޔާއާ ދެމެދު ސޮއިކޮށްފިއެވެ.

އިންޑިޔާ ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކަކީ, އެއްގައުމުގެ ވެކްސިނޭޝަން ސެޓްފިކެޓްތައް އަނެއް ގައުމުގައި ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާބެހޭ އެއްބަސްވުމާއި، ދިވެހިރާއްޖޭގެ ހަޔަރ އެޑިއުކޭޝަން ނެޓްވޯރކާއި އިންޑިޔާގެ ނޭޝަނަލް ނޮލެޖް ނެޓްވޯރކާ ދެމެދު ގާއިމްކުރެވުނު އެއްބަސްވުމެވެ.

މިނިސްޓްރީ އޮފް ހެލްތާއި އިންޑިޔާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފއަރއާ ދެމެދު ގާއިމްކުރެވުނު ވެކްސިން ސެޓްފިކެޓާގުޅޭ އެއްބަސްވުމާއެކު ދިވެހިންނަށް އިންޑިޔާއަށް ދަތުރުކުރުމުގައި މިހާރަށްވުރެ ގިނަ ފަސޭހަތައް ލިބިގެންދާނެއެވެ. މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމެވެ. އަދި އިންޑިޔާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރުއެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެއިން ކޮވިޑް ސޭފް ވެބްސައިޓް (www.covidsafe.gov.mv) މެދުވެރިކޮށް ދޫކުރާ ޑިޖިޓަލް ވެކްސިން ސެޓްފިކެޓާއި، އިންޑިޔާގެ ކޮވިން ޕްލެޓްފޯމް މެދުވެރިކޮށް ދޫކުރާ ސެޓްފިކެޓް އަނެއް ގައުމުން ބަލައިގަންނާނެއެވެ.

މިއަދު ދިވެހިރާއްޖޭގެ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ)އާ، އިންޑިއާގެ ނޭޝަނަލް އިންފޮރމެޓިކްސް ސެންޓަރ (އެން.އައި.ސީ)އާ ދެމެދު ސޮއިކުރެވުނު ޕިއަރިންގ އެގްރިމެންޓަކީ މި ދެ މުއައްސަސާގެ މެދުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދެގައުމުގެ ޚާރިޖީ ވަޒީރުން ވަނީ ހަޔަރ އެޑިއުކޭޝަން ނެޓްވޯރކް އޮފް މޯލްޑިވްސްއާއި އިންޑިޔާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކް އާ ދެމެދު ރަސްމީކޮށް ގުޅުން ގާއިމްކޮށްދެއްވާފައެވެ.

މީގެ އިތުރުން ގުޅުން ބަދަހިކުރުމާއި، މީހުން ބިނާކުރުމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާބެހޭ އެއްބަސްވުމެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އިންޑިއާގެ ސަރްދާރް ވައްލަބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރެވޭނެއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ޖައިޝަންކަރު ދިވެހިރާއްޖެއަށް ކުރައްވާ 2 ދުވަހުގެ ރަސްމީ ދަތުރުފުޅަކީ ފޮރިން މިނިސްޓަރ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

އިންޑިއާ ސަރުކާރުއިންޑިއާގެ ޚާރިޖީ ވުޒާރާއިންޑިއާ އިން މޯލްޑިވްސްދިވެހި ރާއްޖެ-އިންޑިއާގެ ގުުޅުންޚާރިޖީ ވުޒާރާފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދުކޮވިޑް-19ކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމް

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު