Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންނާއެކު ފެނުނު ބިދޭސީ މުވައްޒަފު

ބިދޭސީ މުވައްޒަފުގެ ފޮޓޯ އާންމު ކުރުމުން އޭނާއަށް ދަނީ އިންޒާރު ލިބެމުން: ފުލުހުން

26 މާރިޗު 2022 | ހޮނިހިރު 14:09

މުޒާހަރާގައި މުވައްޒަފު މަސައްކަތް ކޮށްފައިވަނީ ފުލުހުންގެ މެޑިކަލް ޓީމާއެކު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 މާރިޗު 2022 | ހޮނިހިރު 14:09
ބިދޭސީ މުވައްޒަފު

ބިދޭސީ މުވައްޒަފު

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުންގެ ޓީމާއެކު ހަރަކާތްތެރިވި ބިދޭސީ މީހެއްގެ ފޮޓޯ އާންމު ކުރުމުން އޭނާއަށް އިންޒާރު ލިބެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެމީހާ އަކީ ފުލުހުންގެ ޚިދުމަތުގެ ވަޒީފާގައި ސިއްހީ ހިދުމަތް ދޭ ބަހާގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފެއް ކަމަށެވެ. އަދި 25 މާރޗު 2022 ގައި ބޭއްވި މުޒާހަރާގައި މުވައްޒަފު މަސައްކަތް ކޮށްފައިވަނީ ފުލުހުންގެ މެޑިކަލް ޓީމާއެކުގައި ކަމަށާއި ބައެއް ނޫސްތަކުން އެ މުވައްޒަފުގެ ފޮޓޯ އަދި މައުލޫމާތު ހާމަކުރި ގޮތުގެ ސަބަބުން މުވައްޒަފަށް އިންޒާރު ލިބެމުންދާކަމަށް މުވައްޒަފުގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

Advertisement - newsAdvertisement

ފުލުހުން ބިދޭސީ މީހާއަކީ ކޮން ޤައުމަކަށް ނިސްބަތްވާ މީހެއްކަން ހާމަކޮށްފައިނުވާއިރު ބައެއް މީޑިއާތަކުން ބުނަމުން ގެންދަނީ އޭނާއަކީ އިންޑިއާ މީހެއް ކަމަށެވެ.

ހުކުރު ދުވަހުގެ މުޒާހަރާގެ ތެރެއިން 11 މީހަކު ފުލުހުން ހައްޔަރުކޮށްފައިވެއެވެ. ރާއްޖެއެމްވީއަށް މައުލޫމާތުދެމުން އިތުބާރު ހުރި ފަރާތަކުން ބުނީ ރައީސް ޔާމީން މި މުޒާހަރާގައި ބައިވެރިވެވަޑައިނުގެންނެވީ ސެކިއުރިޓީ ސަބަބުތަކާއި ހުރެ ކަމަށެވެ. ނަމަވެސް މީގެ ކުރިން ވެސް އެމަނިކުފާނު ވަނީ އިންޑިއާ އައުޓް ކެމްޕެއިންގައި ރަށްރަށަށް ކުރި ދަތުރުތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެމަނިކުފާނު ވަނީ މިފަދަ އެއްވުންތަކުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

ހުކުރު ދުވަހުގެ މުޒާހަރާ ކުރިއަށް ގެންދިޔަ ގޮތާމެދު ހިތްހަމަނުޖެހިގެން އެ ޕާޓީގެ އާންމު މެމްބަރުން ތިބީ ރުޅިގަދަވެފައިކަމަށާއި މި މުޒާހަރާއަށް ރަށްރަށުން ވެސް ބައެއް މީހުން މާލެ އައިސްފައިވާއިރު، މުޒާހަރާގެ އަމާޒަށް ވާސިލް ނުވެ އެމީހުން ފުރަން ޖެހުމުން ރުޅި އައިސް ތިބި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ޕާޓީއަށް ހެޔޮ އެދިގެން މަސައްކަތް ކުރާ މެމްބަރުން ދުރުކުރުމަށްފަހު، ރަނގަޅަށް އިރުޝާދު ނުދީ، މުޒާހަރާއަށް ނުކުމެފައިވާ ކަމަށާއި، އެ މެމްބަރުން ތިބީ އެކަމާމެދުވެސް ހިތްހަމަނުޖެހިފައިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފަރާތުން ބުނީ ޕާޓީގެ ލީޑަރޝިޕާއި މެމްބަރުންގެ މެދުގައި ވެސް މައްސަލަތައް ޖެހިފައިވާ ކަމަށެވެ. ހުކުރު ދުވަހު އިދިކޮޅުން ބޭއްވި މުޒާހަރާ ވެސް ނިމިގެން ދިޔައިރު އިދިކޮޅުން ބޭއްވީ އެޕާޓީން ބުނި ފަދަ "ބޮޑު މުޒާހަރާ" އެއް ނޫންކަން ވަނީ ފެނިގެން ގޮސްފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް