Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމްޝާތިރުގެ ކޮލަމް

އެން.ސީ.އައި.ޓީ.އަށް 19 އަހަރު - ދައުލަތް ހިންގުން ޒަމާނީ ކުރުމަށް އެންމެބޮޑު ޚިދުމަތްތަކެއް ގައުމަށް ކޮށްދިން މުއައްސަސާ!

26 މާރިޗު 2022 | ހޮނިހިރު 04:15

އެން.ސީ.އައި.ޓީ.އަށް 19 އަހަރު ފުރުނު އުމުރަށް އައިއިރު އެން.ސީ.އައި.ޓީ. ވަނީ ދައުލަތް ހިންގުން ޒަމާނީ ކުރުމަށް އެންމެ ބޮޑު ޚިދުމަތްތަކެއް ގައުމަށް ކޮށްދިން މުއައްސަސާ ކަމުގައިވެފަ

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު | 26 މާރިޗު 2022 | ހޮނިހިރު 04:15
ނޭޝަނަލް ސެންޓަރ ފޮރ އިންޕޮމޭޝަން ޓެކްނޯލޮޖީ (އެން.ސީ.އައި.ޓީ)

ނޭޝަނަލް ސެންޓަރ ފޮރ އިންޕޮމޭޝަން ޓެކްނޯލޮޖީ (އެން.ސީ.އައި.ޓީ)

ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި މުޅި ދައުލަތުގެ ހިންގުން ހަރުދަނާކުރުމާއި، އިންޕޮމޭޝަން ޓެކްނޯލޮޖީ ރޮނގުން ދިވެހި ގައުމު ކުރިއެރުވުމުގެ މުހިންމު ކަން، ދެހާހުގެ އަހަރުތައް ނުވަތަ މިސާސްކަފު ފެށުނުއިރު ވަރަށް ބޮޑަށް ފާހަގަކުރެވި އެކަމުގެ ފިޔަވަޅުތައް އަޅަން ފެށުނެވެ.

މިގޮތުން 25 މާރޗް 2003ގައި އުފެދުނު ނޭޝަނަލް ސެންޓަރ ފޮރ އިންޕޮމޭޝަން ޓެކްނޯލޮޖީ (އެން.ސީ.އައި.ޓީ)އަކީ މިކަމުގެ ގައުމީ މަރުކަޒެވެ.

އެން.ސީ.އައި.ޓީ.އަށް 19 އަހަރުފުރި ތަސައްރަފު ފުރުނު އުމުރަށް އައިއިރު އެން.ސީ.އައި.ޓީ. ވަނީ ދައުލަތް ހިންގުން ޒަމާނީ ކުރުމަށް އެންމެބޮޑު ޚިދުމަތްތަކެއް ގައުމަށް ކޮށްދިން މުއައްސަސާ ކަމުގައިވެފައެވެ.

މިގޮތުން ބަލާއިރު އީ_ގަވަރުމެންޓްގެ ދާއިރާއިންނާއި ދައުލަތުގެ އޮފީސްތަކުން އޮންލައިންކޮށް ދެވޭ ޚިދުމަތްތަކުގެ ދާއިރާތަކާއި ރޮނގުތަކުން އެން.ސީ.އައި.ޓީ.އިން ކޮށްދިން ޚިދުމަތްތައް ގިނަގުނައެވެ. އެން.ސީ.އައި.ޓީ.ގެ ހީވާގި ހުނަރުވެރި މުއައްޒަފުންނަށް ފަށްފަށުން ޝުކުރާއި ތައުރީފު ހައްގެވެ.

ސަރުކާރުގެ ކޮމްޕިއުޓަރ ވިއުގައެވެ. އީގަވަރުމެންޓު ނިޒާމެވެ. ގަވަރުމެންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)އެވެ. އެކިއެކި އޮންލައިން ޕޯޓަލްތަކެވެ. އީއެޑްމިން އާއި އީ_ފާސްއެވެ. މިގޮތުން އެން.ސީ.އައި.ޓީ.ގެ ޚިދުމަތްތައް އަދަދު ނުކުރެވޭހާ ގިނަގުނައެވެ. ދައުލަތުގެ އެންމެހައި އިދާރާތަކެއްގައެވެ. ސިޓީތަކާއި އަތޮޅުތަކާއި އިދާރީ ހުރިހާ ރަށެއްގައެވެ.

ގަވަރުމެންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)ގެ ސަަބަބުން ފާއިތުވެދިޔަ 12 ވަރަކަށް އަހަރު ދައުލަތުގެ އިދާރީ އެންމެހައި ސިޓީބިޓީތަކާއި ލިޔެކިޔުންތައް އީ_ނިޒާމުން މިވަނީ ފޮނުވި އަދި ރައްކާތެރި ކުރެވިފައެވެ. އޮފީސްތަކުން ޕިޔޯނުން ސިޓީ ހިފައިގެން  ދިޔަދިޔުން ހުއްޓި ޒަމާނީ ކުރެވުނީވެސް އެން.ސީ.އައި.ޓީ. ގާއިމުވުމުގެ ސަބަބުންނެވެ. އެން.ސީ.އައި.ޓީ.ގެ ޚިދުމަތުންނެވެ. އައްސަރިބަހާސާބަހެވެ.

މިސަރުކާރުން އެން.ސީ.އައި.ޓީ. އިތުރަށް ކުރިއަރުވައި ތަރައްގީ ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. މިގޮތުން މިހާރު މިވަނީ އެން.ސީ.އައި.ޓީގެ މުއައްޒަފުން މަސައްކަތް ކުރެއްވުމަށް އެކަށޭނަ މާހައުލެއް މުޅިން އަލަށް ގާއިމުކުރެވިފަައެވެ. އަދި ހަމައެހެންމެ އެކަށޭނަ ޒަމާނީ ވަސީލަތްތައް ގާއިމުކޮށްދީ ފުރިހަމަކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ.

ރައީސް ޞާލިޙުގެ ސަރުކާރުގެ މި 3 އަހަރުގެ ތެރޭގައި، އެން.ސީ.އައި.ޓީ.ގެ އިމާރާތަށް ގެނެވުނު ފުރިހަމަ ބަދަލަކީ މީގެކުރިން އެއްވެސް ދައުރެއްގައި މިފަދަ ކުރުމުއްދަތެއްގައި ނުގެނެވޭފަދަ ފުރިހަމަ ބަދަލެއްކަން އިމާރާތް ބަލާލި ކޮންމެ މީހަކަށްވެސް ސާބިތުވާނެއެވެ!

ކަމާބެހޭ ޒަމާނީ އާލާތްތަކާއި ވަސީލަތްތައް ފުރިހަމަ މަސައްކަތުގެ މާހަޢުލެކެވެ.

ކޮވިޑުގެ މިހާލަތުގައި އެން.ސީ.އައި.ޓީ.ގެ މުހިންމުކަން މުޅި ގައުމަށް އިތުރަށް މިވަނީ ވަޒަން ކުރެވިފައެވެ.މުވައްޒަފުން ގޭގައިތިބެގެން އޮންލައިންކޮން އޮފީހުގެ މަސައްކަތް ކުރުމުގެ ފަސޭހަކަން އިތުރަށް އާންމުވެ ހާމަވެގެން ގޮސްފައެވެ.

ވީމާ ސަރުކާރާއި ޓެކްނޮލޮޖީ މިނިސްޓްރީން އެން.ސީ.އައި.ޓީ. ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތްތައް ބާރުދުވެއްޔެއްގައި ހަލުވިސުޕީޑުގައި ދާނީ ކުރިއަށެވެ.

ސަރުކާރުގެ އިދާރާތަކަށް އޮންލައިންކޮށް މެސެޖުކުރުމުގެ ޚިދުމަތް 14 ސެޕްޓެމްބަރ 2021ގައި، ރައީސް ޞާލިޙު ވަނީ އިފުތިތާޙުކޮށްދެއްވާފައެވެ.

ނޭޝަނަލް ސެންޓަރ ފޮރ އިންޕޮމޭޝަން ޓެކްނޯލޮޖީ (އެން.ސީ.އައި.ޓީ)

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2023

ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތަޖުރިބާކޮށްލުމަށް ހުޅުވާލި ފުރުސަތަށް ބޮޑު ތަރުހީބެއް

22 ފެބުރުއަރީ 2023
ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތަޖުރިބާކޮށްލުމަށް ހުޅުވާލި ފުރުސަތަށް ބޮޑު ތަރުހީބެއް
08 ޑިސެމްބަރު 2022

މި މަހުގެތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ކާޑް ބޭނުންކުރަން ފަށަނީ

08 ޑިސެމްބަރު 2022
މި މަހުގެތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ކާޑް ބޭނުންކުރަން ފަށަނީ
23 ޑިސެމްބަރު 2021

ބަންގާޅު-ދިވެހި ގުޅުން: ހާސްއަހަރުވީ ތާރީޚީ ގުޅުމެއް

23 ޑިސެމްބަރު 2021
ބަންގާޅު-ދިވެހި ގުޅުން: ހާސްއަހަރުވީ ތާރީޚީ ގުޅުމެއް
14 އޮކްޓޯބަރު 2021

ދިވެހިރާއްޖެއަށް އިންޓަނެޓު ތައާރަފުވިތާ 25 އަހަރުގެ ރިހިޔޫބީލު މުނާސަބަތު!

14 އޮކްޓޯބަރު 2021
ދިވެހިރާއްޖެއަށް އިންޓަނެޓު ތައާރަފުވިތާ 25 އަހަރުގެ ރިހިޔޫބީލު މުނާސަބަތު!
07 އޮކްޓޯބަރު 2021

ދިވެހި ގައުމިއްޔަތަށް 895 އަހަރު ވެއްޖެއެވެ.

07 އޮކްޓޯބަރު 2021
ދިވެހި ގައުމިއްޔަތަށް 895 އަހަރު ވެއްޖެއެވެ.
20 ސެޕްޓެމްބަރު 2021

އދ.ގައި ރާއްޖެ ބައިވެރިވިތާ 56 އަހަރު ފުރެނީއެވެ.

20 ސެޕްޓެމްބަރު 2021
އދ.ގައި ރާއްޖެ ބައިވެރިވިތާ 56 އަހަރު ފުރެނީއެވެ.
09 ސެޕްޓެމްބަރު 2021

ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް މިއަދު 115 އަހަރު

09 ސެޕްޓެމްބަރު 2021
ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް މިއަދު 115 އަހަރު
26 އޯގަސްޓު 2021

އެއްގަމުގޭ ވެރިކަމާއި މަހާރެހެންދިކަމުގެ 100 އަހަރު

26 އޯގަސްޓު 2021
އެއްގަމުގޭ ވެރިކަމާއި މަހާރެހެންދިކަމުގެ 100 އަހަރު
21 އޯގަސްޓު 2021

ފުރަތަމަ ބަޣާވާތަށް 68 އަހަރުވީއެވެ. ގައުމު އެދި ގޮވަނީ އިންސާފަށެވެ.

21 އޯގަސްޓު 2021
ފުރަތަމަ ބަޣާވާތަށް 68 އަހަރުވީއެވެ. ގައުމު އެދި ގޮވަނީ އިންސާފަށެވެ.
12 އޯގަސްޓު 2021

ދިވެހިރާއްޖޭގެ އިސްލާމްކަމަށް 895 ވަނަ އަހަރު

12 އޯގަސްޓު 2021
ދިވެހިރާއްޖޭގެ އިސްލާމްކަމަށް 895 ވަނަ އަހަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް