Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑު

ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތަޖުރިބާކޮށްލުމަށް ހުޅުވާލި ފުރުސަތަށް ބޮޑު ތަރުހީބެއް

4 ގަޑިއިރުން 500 އަށްވުރެ ގިނަ ރިކުއެސްޓް ލިބިފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2023 | ބުދަ 11:34
ޑިޖިޓަލް އައިޑީ

ޑިޖިޓަލް އައިޑީ

އީފާސް އެޕްލިކޭޝަން މެދުވެރިކޮށް ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތަޖުރިބާކޮށްލުމަށް ބޮޑު ތަރުހީބެއް ލިބި، ޚިދުމަތަށް އެދުމުގެ ފުރުސަތު ބަންދުކޮށްފިއެވެ.

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލިޖީ (އެންސީއައިޓީ) އިން ވަނީ އީފާސް މެދުވެރިކޮށް ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތަޖުރިބާކޮށްލުމުގެ ފުރުސަތު އެންޑްރޮއިޑް ޑިވައިސް ބޭނުންކުރާ ފަރާތްތަކަށް ހުޅުވާލާފައެވެ. އެގޮތުން 500 މީހުންނަށް އެ ފުރުޞަތު ހުޅުވާލިއެވެ.

Advertisement - newsAdvertisement

މި ފުރުސަތު ހުޅުވާލިތާ 4 ގަޑިއިރު ތެރޭގައި 500 އަށްވުރެ ގިނަ ރިކުއެސްޓް ލިބިފައިވާކަމަށް އެންސީއައިޓީން ވަނީ ބުނެފައެވެ، އަދި މިހާރު މި ފުރުސަތު ވަނީ ބަންދުކޮށްފައެވެ.

އެންސީއައިޓީން ބުނީ ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑުގެ މަސައްކަތްތައް ނިންމައި މާޗް މަސް ތެރޭގައި މި ޕްލެޓްފޯމް އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.

ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސައި އަންނަ މަހު ޑިޖިޓަލް އައިޑީ ތައާރަފްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ހިދުމަތްތައް ބޭނުންވެގެން ތަކުރާރުކޮށް އައިޑީކާޑާއި، އެކި ލިޔުންތަކުގެ ކޮޕީ ސަރުކާރަށް ހުށަހަޅަން ޖެހުމަކީ ރައްޔިތުންނަށް ދިމާވާ އުނދަނގުލެއް ކަމަށެވެ. މީގެ އިތުރުން ޚިދުމަތް ލަސްވެ، އޮޅުންބޮޅުންވުމަށް މެދުވެރިވުމުގެ ސަބަބުން އެކަމުގައި ތާށިވެ ރައްޔިތުން ތިބެންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 

އަންނަ މާރޗް މަހު ޑިޖިޓަލް އައިޑީ ލޯންޗު ކުރަނީ އެފަދަ ކަންކަމަށް ލުޔެއް ހޯދާދިނުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޞާލިހު އިތުރަށް ވިދާޅުވީ މާލެ، އައްޑޫ އަދި ފުވައްމުލަކުގައި ގާއިމްކުރެވޭ ފިޒިކަލް އެކްސްޕީރިއަންސް ސެންޓަރުތައް އެކުލަވާލަން ނިންމާފައި ވަނީ އޮންލައިންކޮށް ޚިދުމަތް ލިބިގަންނަން ދަތި ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ދިނުމުގެ ގޮތުން ކަމަށެވެ. ރައީސް ވަނީ މިހާރު މުޅި ރާއްޖެ މިދަނީ ޑިޖިޓަލައިޒްވުމާ ގާތަށް ކަމަށް ވެސް ވިދާޅުވެފައެެވެ.

މިހާރު ބޭނުންކުރަމުން އަންނަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އައިޑެންޓިޓީ ކާޑަކީ ޑިޖިޓަލް ފީޗަރ ތައް ހިމެނޭ ކާޑެއް ނޫނެނެވެ. ނަމަވެސް އަލަށް ބޭނުންކުރުމަށް ތައްޔާރުވަމުން އަންނަ ޑިޖިޓަލް އައިޑެންޓިޓީ ކާޑަކީ ސެކިއުރިޓީ ގިނަ ފީޗަރ ތަކެއް ހިމެނޭނެ ކާޑެކެވެ.

ނޭޝަނަލް ސެންޓަރ ފޮރ އިންޕޮމޭޝަން ޓެކްނޯލޮޖީ (އެން.ސީ.އައި.ޓީ)ޑިޖިޓަލް އައިޑެންޓިޓީ ނިޒާމް

ކޮމެންޓް

އިތުރަށް ކިޔާލަން

ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތަޖުރިބާކޮށްލުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިފި

ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތަޖުރިބާކޮށްލުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިފި

22 ފެބުރުއަރީ 2023
މި މަހުގެތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ކާޑް ބޭނުންކުރަން ފަށަނީ

މި މަހުގެތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ކާޑް ބޭނުންކުރަން ފަށަނީ

08 ޑިސެމްބަރު 2022
އެން.ސީ.އައި.ޓީ.އަށް 19 އަހަރު - ދައުލަތް ހިންގުން ޒަމާނީ ކުރުމަށް އެންމެބޮޑު ޚިދުމަތްތަކެއް ގައުމަށް ކޮށްދިން މުއައްސަސާ!

އެން.ސީ.އައި.ޓީ.އަށް 19 އަހަރު - ދައުލަތް ހިންގުން ޒަމާނީ ކުރުމަށް އެންމެބޮޑު ޚިދުމަތްތަކެއް ގައުމަށް ކޮށްދިން މުއައްސަސާ!

26 މާރިޗު 2022
ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި

ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި

22 ފެބުރުއަރީ 2022

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު