Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ފުވައްމުލައް ސިޓީއަށް ވަޑައިގަތުން

ރައީސަކަށް މީގެކުރިން ދަންނަވާފައި ނުވާވަރުގެ މަރުހަބާއެއް ފުވައްމުލައް ސިޓީން ރައީސް ސާލިހަށް

އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި އާންމު ރައްޔިތުން ވަނީ މުޅި އެއާރޕޯޓް ފުރާލާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 25 މާރިޗު 2022 | ހުކުރު 14:05
ރައީސް ސާލިހު ފުވައްމުލައް ސިޓީއަށް ވަޑައިގަތުމުން އެމަނިކުފާނަށް އާންމުން މަރުހަބާ ދަންނަވަނީ

ރައީސް ސާލިހު ފުވައްމުލައް ސިޓީއަށް ވަޑައިގަތުމުން އެމަނިކުފާނަށް އާންމުން މަރުހަބާ ދަންނަވަނީ

އެއްވެސް ރައީސަކަށް މީގެ ކުރިން ދަންނަވާފައި ނުވާވަރުގެ މަރުހަބާއެއް ފުވައްމުލައް ސިޓީން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ދަންނަވައިފިއެވެ.

އެމަނިކުފާނު ހުކުރު ދުވަހުގެ ހަވީރު ފުވައްމުލައް ސިޓީއަށް ވަޑައިގެންފައިވާއިރު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި އާންމު ރައްޔިތުން ވަނީ މުޅި އެއާރޕޯޓް ފުރާލާފައެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ހަރަކާތަށް އެކަނިވެސް ގާތްގަނޑަކަށް 30 މިނެޓް ހޭދަވިއިރު ރައީސް ވަޑައިގަންނަވާތީ އެރަށު ރައްޔިތުންވަނީ މުޅި ރަށް ޒީނަތްތެރިކޮށްފައެވެ. އަދި ގިނަ އަދަދެއްގެ އާންމުން ވަނީ ރައީސާއެކު ފޮޓޯ ނަގާފައެވެ.

Advertisement - newsAdvertisement

ރައީސްގެ މިދަތުރުފުޅުގައި ފުވައްމުލައް ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ބައްދަލުކުރައްވާނެއެވެ. މީގެއިތުރުން ރައީސްގެ ދެކަނބަލުން ފުވައްމުލައް ސިޓީގެ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާ، ހޮސްޕިޓަލުގެ ހާލަތު ބައްލަވާލައްވާނެއެވެ.

ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ގިރާ ސަރަހައްދުގެ އިތުރުން ބަނދަރުގެ ސަރަހައްދު ބައްލަވާލެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ފުވައްމުލައް ސިޓީގައި މިވަގުތު ތަރައްޤީގެ މަޝްރޫއުތައް ކުރިއަށްދާ ގޮތަށް ބަލާއިރު 4 މަޝްރޫއެއް ނިމިފައިވާއިރު 8 މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި 3 މަޝްރޫއެއް ކޮންޓްރެކްޓްކޮށްފައިވާއިރު 4 މަޝްރޫއެއް ވަނީ ޓެންޑަރކޮށްފައެވެ. މީގެއިތުރުން 2 މަޝްރޫއެއް ވަނީ އެވޯޑްކޮށްފައެވެ.

ފުވައްމުލައް ސިޓީގައި ނިމިފައިވާ ހަތަރު މަޝްރޫއަކީ އެމްޖޭއެމް ސްކޫލްގެ މަލްޓިޕާރޕަސް ހޯލް ހެދުމާއި ހޮސްޕިޓަލް އަޕްގްރޭޑް ކުރުމާއި އައުޓްޑޯރ ޖިމް ޤާއިމުކުރުމުގެ އިތުރުން ފްލެޓް ސަރަހައްދުގެ ލޭންޑްސްކޭޕް އަދި ފެންސްގެ މަޝްރޫއުއެވެ.

ރައީސްގެ މިދަތުރުފުޅުގައި އައްޑޫސިޓީއަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މާރޗް 25 އިން 28 ރައީސް ފުވައްމުލަކާއި އައްޑޫސިޓީއަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވާނީ 28 ވަނަ ދުވަހުކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު