Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަލު ހިންގުން

ކޮވިޑް-19އާއި ގުޅިގެން ދިމާވި ގޮންޖެހުންތަކާއެކު ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް

25 މާރިޗު 2022 | ހުކުރު 07:45

ސިއްހީ ފަރުވާ ގައިދީންނަށް ހަމަޖައްސައި ދެވުނު

އަމްނާ އިމާދު
އަމްނާ އިމާދު | 25 މާރިޗު 2022 | ހުކުރު 07:45
އެކްސެލިންގ ބިޔޯންޑް އެމާރޖިންގ ޗެލެންޖާރސް – ކަރެކްޝަންސް އާފްޓަރ ގްލޯބަލް ޕެންޑެމިކްގެ ނަމުގައި ހިންގި ޓްރޭނިންގ ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެކްސެލިންގ ބިޔޯންޑް އެމާރޖިންގ ޗެލެންޖާރސް – ކަރެކްޝަންސް އާފްޓަރ ގްލޯބަލް ޕެންޑެމިކްގެ ނަމުގައި ހިންގި ޓްރޭނިންގ ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޖަލުތަކެއް ހިންގުމަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި، ކޮވިޑް-19އާއި ގުޅިގެން ދިމާވި ގޮންޖެހުންތަކާއެކު ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރު މިހެން ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމް (ޖީއެމްސީޕީ) އިން ސްރީލަންކާގެ ޕްރިޒަން އޮފިސަރުންނަށާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޕްރިޒަން އޮފިސަރުންނަށް އެކްސެލިންގ ބިޔޯންޑް އެމާރޖިންގ ޗެލެންޖާރސް – ކަރެކްޝަންސް އާފްޓަރ ގްލޯބަލް ޕެންޑެމިކްގެ ނަމުގައި ހިންގި ޓްރޭނިންގ ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

ކޮމިޝަނަރު ވިދާޅުވީ ޖަލުތަކެއް ހިންގުމަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި، ކޮވިޑް-19އާއި ގުޅިގެން ވެސް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. ނަމަވެސް ހުރިހާ އިންތިޒާމެއް ވެސް ވަރަށް ފުރިހަމައަށް ހަމަޖެހިގެންދިޔަ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

ކޮމިޝަނަރު ވިދާޅުވީ އެފަދަ ހާލަތުގައި ގައިދީންނާއި ބަންދު މީހުންނަށް ލިބެންވާ އަސާސީ އަދި އިންސާނީ ހައްގުތައް ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން މެދުނުކެނޑި ފޯރުކޮށްދެވުނު ކަމުގައެވެ. އެގޮތުން ވީޑީއޯ ކޯލް، ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ޓެލެކޮންސަލްޓޭޝަން، އޮންލައިންކޮށް ޝަރީޢަތުގައި ބައިވެރިވުން، އޮންލައިންކޮށް ފައިސާ ފޮނުވުން ފަދަ ހައްލުތައް ހޯދުނު ކަމަށެވެ. މި ޒަމާނީ ހައްލުތަކުގެ ސަބަބުން ގައިދީންނާއި ބަންދުމީހުން އެއްތަނުން އަނެއްތަނަށް އުފުލުމުގައި ހިނގާ ޚަރަދުތަކާއި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުނުކަމަށް ކޮމިޝަނަރު ފާހަގަކުރެއްވިއެވެ. އަދި ޕްރިޒަން އޮފިސަރުންވެސް ޖަލުގައި ބަންދުވެ ތިބެގެން ކުރި އަގުހުރި ޚިދުމަތުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

05 ދުވަހަށް ކުރިއަށް ގެންދިޔަ މި ޓްރޭނިންގ ޕްރޮގްރާމަށް އިޝާރަތް ކުރައްވައި ކޮމިޝަނަރު ވިދާޅުވީ މި ޓްރޭނިންގގެ ސަބަބުން އަވައްޓެރި ސްރީލަންކާގައި ކޮވިޑް-19 ޕެންޑެމިކްގެ ޙާލަތާއި އެގައުމުގެ ޕްރިޒަން އޮފިސަރުންގެ ތަޖުރިބާތައް އެމްސީއެސްގެ އޮފިސަރުންނާއި ޚިއްސާކޮށް، ދެފަރާތުންވެސް ކަންތައްތައް ދަސްކުރުމުގެ ފުރުސަތު ލިބުނު ކަމަށެވެ. މީގެއިތުރުން މި ޓްރޭނިންގއަކީ މީގެ ފެށުންކަމަށާއި، އިތުރު ގައުމުތަކާއި ގުޅިގެން މިފަދަ ޓްރޭނިންގ ޕްރޮގްރާމްތައް މުސްތަގުބަލްގައި ކުރިއަށް ގެންދަވާނެކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

ޔޫއެންއޯޑީސީގެ ފަރާތުން އެސޯސިއޭޓް ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް އޮފިސަރ މރ. ޖޯޝުއާ އާޓޭޓާ ގޮންޒާލީޒް ވިދާޅުވީ މިފަދަ ޓްރޭނިންގ ޕްރޮގްރާމެއް ލަންކާ އާއި ރާއްޖޭގެ ޕްރިޒަން އޮފިސަރުންނަށް ކުރިއަށް ގެންދިއުމަކީ ގުޅުން ބަދަހިކުރުމަށް ލިބޭ އިތުރު ބާރެއް ކަމަށެވެ. އެމްސީއެސްއަށާއި ލަންކާގެ ޑިޕާރޓްމަންޓް އޮފް ޕްރިޒަންސްއަށް ޝުކުރު އަދާކުރައްވަމުން ވިދާޅުވީ ޖަލު ހިންގުމުގެ ނިޒާމު ކުރިއެރުވުމަށް މުސްތަގުބަލްގައި ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މާފުށީގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި ބައިވެރިންނަށް ޓްރެއިނިންގ ފުރިހަމަ ކުރިކަމުގެ ލިޔުން ހަވާލުކޮށްފައިވެއެވެ.

މި ޓްރޭނިންގ ޕްރޮގްރާމް ހިންގުމުގެ ބޭނުމަކީ ޕްރިޒަން އޮފިސަރުން ތަމްރީން އަދި ތަރައްގީކޮށް ޔޫއެންގެ މިނިމަމް ސްޓޭންޑަޑް ފޯ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަސް – ދަ ނެލްސަން މަންޑޭލާ ރޫލްސް އަށް އަހުލުވެރިކޮށް، ކޮވިޑް-19 ފަދަ ބަލިތައް ފެތުރުމުގެ ސަބަބުން ދިމާވެދާނެ މައްސަލަތަކާއި ގޮންޖެހުންތަކަށް ތައްޔާރުވެ، އެކަންކަން ހައްލުކުރާނެ އުކުޅުތައް ދަސްކޮށްދިނުމެވެ. އެގޮތުން މި ޓްރޭނިންގ ޕްރޮގްރާމްގައި ސްރީލަންކާގެ 09 ޕްރިޒަން އޮފިސަރުންނާއި ރާއްޖޭގެ 08 ޕްރިޒަން އޮފިސަރުން ބައިވެރިވެފައިވެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2024

ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

09 އޮކްޓޯބަރު 2024
ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ
01 އޮކްޓޯބަރު 2024

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ

01 އޮކްޓޯބަރު 2024
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ
25 ޖުލައި 2024

ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް

25 ޖުލައި 2024
ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް
01 އެޕްރީލު 2024

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

01 އެޕްރީލު 2024
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ
21 ޑިސެމްބަރު 2023

ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން

21 ޑިސެމްބަރު 2023
ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން
06 ޑިސެމްބަރު 2023

ޖަލުތަކުގައި އުމްރާނީ ވަސީލަތްތައް އެކަށީގެންވާ ވަރަށް ގާއިމުކުރެވިފައިނުވޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް

06 ޑިސެމްބަރު 2023
ޖަލުތަކުގައި އުމްރާނީ ވަސީލަތްތައް އެކަށީގެންވާ ވަރަށް ގާއިމުކުރެވިފައިނުވޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް
01 ނޮވެމްބަރު 2023

ކަރެކްޝަންސް އިން ޔާމީނަށް އިންޒާރު ދީފި، ތަކުރާރުވާނަމަ އިގުރާރު ބާތިލުކުރަނީ

01 ނޮވެމްބަރު 2023
ކަރެކްޝަންސް އިން ޔާމީނަށް އިންޒާރު ދީފި، ތަކުރާރުވާނަމަ އިގުރާރު ބާތިލުކުރަނީ
01 ނޮވެމްބަރު 2023

ޖަލުތަކާއި ޕެރޯލް ޤާނޫނާ ޚިލާފަށް ޔާމީނު ސިޔާސީ ޙަރަކާތުގައި…

01 ނޮވެމްބަރު 2023
ޖަލުތަކާއި ޕެރޯލް ޤާނޫނާ ޚިލާފަށް ޔާމީނު ސިޔާސީ ޙަރަކާތުގައި…
31 އޮކްޓޯބަރު 2023

އެމްސީއެސްގެ ސީނިއަރ އޮފިސަރުން ބެލްޖިއަމްގައި ބޭއްވި އައިސީޕީއޭ އެނުއަލް ކޮންފަރަންސްގައި ބައިވެރިވެއްޖެ

31 އޮކްޓޯބަރު 2023
އެމްސީއެސްގެ ސީނިއަރ އޮފިސަރުން ބެލްޖިއަމްގައި ބޭއްވި އައިސީޕީއޭ އެނުއަލް ކޮންފަރަންސްގައި ބައިވެރިވެއްޖެ
29 އޮކްޓޯބަރު 2023

ކުރީގެ ރައީސް ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް

29 އޮކްޓޯބަރު 2023
ކުރީގެ ރައީސް ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް