Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ދިރާގުގެ އަހަރީ އާންމު ޖަލްސާ

ހިއްސާއަކަށް 6.20ރ. ބަހަން ދިރާގުން ފާސްކޮށްފި

މި ޖަލްސާގައި 85 ހިއްސާދާރުން ބައިވެރިވެފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 25 މާރިޗު 2022 | ހުކުރު 02:47
ދިރާގުގެ 33 ވަނަ އަހަރީ އާންމު ޖަލްސާ

ދިރާގުގެ 33 ވަނަ އަހަރީ އާންމު ޖަލްސާ

ހިއްސާއަކަށް 6.20 ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ބަހަން ދިރާގުން ފާސްކޮށްފިއެވެ.

މިގޮތަށް ނިންމާފައިވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި އެ ކުންފުނީގެ 33 ވަނަ އަހަރީ އާންމު ޖަލްސާގައެވެ. މިއަހަރުގެ ޖަލްސާ ބާއްވާފައިވަނީ 'ހައިބްރިޑް' މޮޑެލްއަކަށެވެ. މިދިޔަ ދެ އަހަރެކޭވެސް އެއްފަދައިން މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވޯޓު ނަގައިފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޑެޓުގެ "ފަހިވޯޓު" މެދުވެރިކޮށް އޮންލައިންކޮށެވެ.  

ދިރާގުން ބޭއްވި 33 ވަނަ އަހަރީ އާންމު ޖަލްސާގައި 85 ހިއްސާދާރުންނާއެކު 71,369,648 (ހަތްދިހަ އެއް މިލިއަން ތިންލައްކަ ފަސްދޮޅަސްނުވަހާސް ހަސަތޭކަ ސާޅީސް އަށް) ހިއްސާ ތަމްސީލުކޮށް، ހުށަހަޅާފައިވާ ފަސް ރިޒޮލިއުޝަނެއް ފުރިހަމަ އަޣުލަބިއްޔަތުން ވަނީ ފާސްވެފައެވެ.

ކުންފުނީގެ މާލީ ހާލަތަށް ރިއާޔަތްކުރުމާއެކީގައި، ޑިޓެކްޓަރުންގެ ބޯޑުން ހުށަހަޅައި މުޅި އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 6.20 ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ބެހުމަށްވަނީ ނިންމާފައެވެ. މުޅި އަހަރުގެ ޑިވިޑެންޑް ބިނާވެގެންވަނީ 33 ވަނަ އޭޖީއެމްއަށް ބޯޑުން ހުށަހަޅާފައިވާ ފައިދާއިން ހިއްސާއަކަށް 4.13 ރުފިޔާގެ ފައިނަލް ޑިވިޑެންޑްއާއި 2022 ވަނަ އަހަރުގެ ކުރީކޮޅު އިއުލާންކޮށްފައިވާ ހިއްސާއަކަށް 2.07 ރުފިޔާގެ އިންޓެރިމް ޑިވިޑެންޑް ހިމެނޭ ގޮތަށެވެ. 2021 ވަނަ އަހަރުގެ ޑިވިޑެންޓްއަކީ 2020 ވަނަ އަހަރާއި އަޅާކިޔާއިރު ހިއްސާއަކަށް 1.03 ރުފިޔާ މަދު އަދަދެކެވެ.

2021 ވަނަ އަހަރު ކުންފުނީގެ ޖުމްލަ އާމްދަނީއަށް 2.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މީ 2020 ވަނަ އަހަރާއި އަޅާކިޔާއިރު، 1.8 އިންސައްތަ މަތީ އަދަދެކެވެ. ކުންފުނީގެ މުހިންމު ވިޔަފާރިތަކަށް ބަލާއިރު އެންމެ ބޮޑު އާންމުދަނީއެއް ލިބިފައިވަނީ ފިކްސްޑް ބުރޯޑްބޭންޑް އަދި އެންޓަޕްރައިޒް ޚިދުމަތުންނެވެ. މި ކުރިއެރުމުގެ އެންމެ ބޮޑު ނަތީޖާއަކީ ރާއްޖޭގެ އިގުތިސާދު ހީނަރުކަމުން އަރައިގަތުމުގެ ދަތުރު ފަށާފައިވުމާއި، ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅުވަމުން އައުމުގެ ސަބަބުންކަމަށް ދިރާގުން ބުނެއެވެ. 2021 ވަނަ އަހަރު ޓެކްސް އުނިކުރުމަށްފަހު ޖެހޭ ސާފު ފައިދާގެ ގޮތުގައި 813 މިލިއަން ރުފިޔާ ލިބިފައިވީއިރު، މިއީ 2020 ވަނަ އަހަރާއި އަޅާކިޔާއިރު 11 އިންސައްތަ މަތީ އަދަދެކެވެ.

މީގެ އިތުރުން، މި ޖަލްސާގައި، އާންމު ހިއްސާދާރުން ތަމްސީލުކުރުމަށް 84 ވޯޓާއެކު، އަހުމަދު މުހައްމަދު ދީދީ ވަނީ އައު ޕަބްލިކް ޑިރެކްޓަރުގެ ގޮތުގައި ބޯޑަށް އައްޔަންކޮށްފައެވެ.

ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަށްފަހު 2021 ވަނަ އަހަރު ވެގެންދިޔައީ ރިކަވަރީގެ އަހަރަކަށްކަން ދިރާގުން ފާހަގަކުރެއެވެ. ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ހޯދައިދިނުމަށާއި، ޑިޖިޓަލް ހަމަހަމަކަން ކުރިއަރުވާ، ޑިޖިޓަލް ފަރަގު ނައްތާލަން ގިނަ މަސައްކަތްތަކަކާއި އިންވެސްޓްމެންޓުތަކެއްވަނީ ކޮށްފައެވެ. ގޭބިސީތަކަށް ދޭ އިންޓަރނެޓްގެ ޚިދުމަތާއި މޯބައިލް ޑޭޓާގެ އަގު ހެޔޮކުރުމަށް ސަރުކާރުން ފަށާފައިވާ "ނެޓްހެޔޮ" ސިޔާސަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، ބްރޯޑްބޭންޑް އަދި މޯބައިލް ޑޭޓާ ޕޯޓްފޯލިއޯއަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނެސްފައިވާކަމަށާއި، ނަތީޖާއެއްގެ ގޮތުން ކުންފުނީގެ މާލީ ހާލަތު ރަނގަޅުވެފައިވާކަމަށް ދިރާގުން ބުނެއެވެ.

ދިވެހިރާއްޖޭގައި ޓެލެކޮމިއުނިކޭޝަންސް ހިދުމަތުގެ ތަރައްގީއަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، 2021 ވަނަ އަހަރު ދުނިޔޭގެ ވަރުގަދަ މުޢާސަލާތީ އަދި ޓެކްނޮލޮޖީ، 13 ކުންފުންޏެއް ހިމެނޭ ކޮންސޯޓިއަމް އާއި ގުޅި، ރާއްޖެ ސީމީވީ 6 ސަބްމެރިން ކޭބަލް ސިސްޓަމާއި ގުޅާލުމަށް އެއްބަސްވުމެއްގައި ސޮއިކޮށް އެމަސައްކަތް އަމަލީ ގޮތުން ފަށާފައިވާކަމުގައި ދިރާގުން ބުނެއެވެ. ޑިޖިޓަލް ޚިދުމަތްތަކަށް ބޭނުންވެފައިވައި މިންވަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި، މި ސަބްމެރިން ކޭބަލް ސިސްޓަމްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓަރްކްޗަރ އިތުރަށް ވަރުގަދަވެ ބައިނަލްއަގުވާމީ ޑިޖިޓަލް ހަބަކަށް ވުމަށް އިތުރު ބާރެއްލިބިގެންދާނެ ކަމަށްވެސް ދިރާގުން ބުނެއެވެ.

ދިރާގު

ކޮމެންޓް

އިތުރަށް ކިޔާލަން

ދިރާގު 2026 ކަލަންޑަރ - ދައްކުވައިދެނީ ކަނޑުފަޅުތަކާއި ރާއްޖޭގެ ރީތި ގުޅުން

ދިރާގު 2026 ކަލަންޑަރ - ދައްކުވައިދެނީ ކަނޑުފަޅުތަކާއި ރާއްޖޭގެ ރީތި ގުޅުން

23 ޑިސެމްބަރު 2025
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި

08 ޑިސެމްބަރު 2025
ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް

ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް

27 ނޮވެމްބަރު 2025
ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި

ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި

25 ނޮވެމްބަރު 2025
ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި

ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި

07 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު