Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ދިރާގު

ދިރާގު 2026 ކަލަންޑަރ - ދައްކުވައިދެނީ ކަނޑުފަޅުތަކާއި ރާއްޖޭގެ ރީތި ގުޅުން

ދިރާގު ގެ 2026 ވަނަ އަހަރުގެ ކަލަންޑަރު ތައާރަފް ކޮށްފައި ވަނީ ކަނޑުފަޅުގެ ގުޅުންތަކު ގެ އަހަރެއް މި ޝިއާރުގެ ދަށުން.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2025 | އަންގާރަ 10:08
ދިރާގު ގެ 2026 ވަނަ އަހަރު ގެ ކަލަންޑަރ ތައާރަފްކުރުން

ދިރާގު ގެ 2026 ވަނަ އަހަރު ގެ ކަލަންޑަރ ތައާރަފްކުރުން

ދިރާގު ގެ 2026 ވަނަ އަހަރު ގެ ކަލަންޑަރ ތައާރަފް ކޮށްފި އެވެ.

މި ކަލަންޑަރ އެކުލަވާލާފައި ވަނީ "ކަނޑުފަޅުގެ ގުޅުންތަކުގެ އަހަރެއް" މި ޝިއާރުގެ ދަށުންނެވެ.

މި ކަލަންޑަރު ހަދާފައި ވަނީ ކަނޑު ފަޅުތަކުގެ ދިރުންތައް އެކަތި އަނެކައްޗަށް ބަރޯސާ ވާ ފަދައިން، ދިވެހިރާއްޖޭގައި އެކަކު އަނެކަކު ގުޅުވައިދިނުމުގައި ދިރާގު އަދާކުރަމުންދާ މުހިންމު ދައުރާއި ހުރި މާނަވީ ގުޅުމުގެ މައްޗަށް ބިނާކޮށެވެ. 

މި ކަލަންޑަރު ތައާރަފް ކުރުމަށް ހޯމަ ދުވަހު ގެ ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި މި ކަލަންޑަރު ތައާރަފްކޮށްދެއްވައިފައި ވަނީ ދިރާގުގެ ސީ.އީ.އޯ އަދި އެމް.ޑީ އިސްމާއީލް ރަޝީދެވެ. މި ހަފްލާގައި ކަނޑުތަކާއި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ބައެއް ފަރާތްތައް ވަނީ ބައިވެރިވެފަ އެވެ.

ދިރާގު ގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މިރްޝާން ހަސަން ވިދާޅުވީ ދިރާގު ގެ މަގުސަދަކީ މި ކަލަންޑަރުގެ އެހީގައި ވަށައިގެންވާ ތިމާވެށި ދެމެހެއްޓިނިވި ގޮތެއްގައި ރައްކާތެރިކުރުމަށް ކަނޑުފަޅުގެ ދިރުންތަކުގެ މުހިންމުކަން އަންގައިދިނުން ކަމަށެވެ.

"ބޭނުމަކީ ކަނޑުތައް ރައްކާތެރިކުރުމަށް ބާރުއެޅުން. އަދި ކަނޑުތައް ރައްކާތެރިކުރުމަކީ ދިރާގުގެ ސީ.އެސް.އާރުގެ ތެރެއިން ވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ދާއިރާއަކަށް ވާ އިރު އަޅުގަނޑުމެންގެ އުންމީދަކީ މި ކަލަންޑަރުގެ އެހީގައި މި ކަމަށް ހޭލުންތެރިކަން އިތުރުކުރުން." މިރްޝާން ވިދާޅުވި އެވެ.

މި ކަލަންޑަރު ގައި ރާއްޖޭގެ ކަނޑު އަޑީގެ ދިރުންތަކުގެ ރީތިކަން ދައްކުވައިދޭ ކުރެހުންތައް ހިމެނޭ އިރު ކަލަންޑަރު ގެ ކޮންމެ މަހެއް ހާއްސަކޮށްފައި ވަނީ ކަނޑު ގައި ދިރިއުޅޭ ތަފާތު ދިރޭ ބާވަތްތައް އެކަތި އަނެކަތީގެ ދިރިހުރުމަށް އެއްބާރުލުންދޭ ގޮތުގެ މައްޗަށް ބިނާކޮށެވެ. 

ދިވެހިރާއްޖޭގެ ގުޅުމުގެ ހައިސިއްޔަތުން، ދިރާގަކީ ދިވެހިރާއްޖެ ގުޅުވައިލަދިން ކުންފުންޏެވެ. އަދި ކަނޑަކީ ދިވެހިރާއްޖޭގައި އެކަތި އަނެކައްޗާއި ލާމެހިފައިވާ ގުޅުން ދައްކުވައިދޭ އެންމެ ވަރުގަދަ އެއް މިސާލެވެ. ރައްތަކުގެ ތިމާވެށި ދެމެހެއްޓުމަށް ވިލު، ފަޅު އަދި ކަނޑުގެ މެރިން އިކޯސިސްޓަމްގައި ދިރިއުޅޭ މަސްމަހާމެއްސާއި ސޫފާސޫފީގެ މެދުގައި އޮތް ގުޅުން މުހިންމު ވާ ފަދައިން، އެކަކު އަނެކަކާ ގުޅުވާލަދީ، ފުރުސަތުތަކަށް މަގުފަހިކޮށްދިނުމަށާއި، މުޖުތަމައުގެ ކުރިއެރުމަށް ދިރާގަކީ މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ.

ދިރާގުއިސްމާއިލް ރަޝީދުމިރްޝާން ހަސަންކަނޑުފަޅުގެ ރައްކާތެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި

08 ޑިސެމްބަރު 2025
ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް

ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް

27 ނޮވެމްބަރު 2025
ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި

ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި

25 ނޮވެމްބަރު 2025
ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި

ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި

07 ނޮވެމްބަރު 2025
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު